އަންހެނުންގެ ފުޓުބޯޅަ މެެޗެއް ކުރިއަށް ދަނިކޮށް، ބުރުގާ އަޅައިގެން ހުރި ކުޅުންތެރިޔަކުގެ ބުރުގާ ވެއްޓުމުން، އިދިކޮޅު ޓީމުގެ 5 ކުޅުންތެރިއަކު ކުޅުން ހުއްޓާލައި، އެ ކުޅުންތެރިޔާގެ ޢައުރަ ޙިމާޔަތް ކޮށްދިނުމަށް އޭނާއަށް އެހީތެރިވެއްޖެއެވެ.

މުސްލިމް ޤައުމެއް ކަމަށްވާ އުރުދުން ގައި މި މަހުގެ ތެރޭގައި ކުޅެވުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން އައްމާން ކްލަބުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ކުރިއަށް ދަނިކޮށް، ޝަބާބް-އަލް އުރްދަން ކްލަބުގެ ކުޅުންތެރިއަކު އޭނާ އަތުން ބޯޅަ ހޯދަން ވިއްދި ގަޑީގައި އައްމާން ކްލަބުގެ ކުޅުންތެރިއާގެ ބުރުގާގެ ބައެއް ބޭރަށް ނުކުމެ، އިސްތަށިގަނޑުން ބައެއް ފެނުނެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން އިދިކޮޅު ޓީމުގެ 5 ކުޅުންތެރިން ވަނީ ވަގުތުން ކުޅުން ހުއްޓާލުމަށްފަހު، ބުރުގާ ބޭލުނު ކުޅުންތެރިޔާގެ ވަށައިގެން ބުރެއް ހަދާފައެވެ. އެ ބުރު ހަދައިގެން އެމީހުން 30 ސިކުންތު ވަންދެން މަޑުކުރިއެވެ. އެއީ އޭނާ ބުރުގާ އެޅެންދެން، މެޗު ބަލަން ވަދެ ތިބި އެތައް ސަޕޯޓަރުން ކިބައިން އޭނާގެ ޢައުރަ ރައްކާތެރިކޮށްދިނުމުގެ ގޮތުންނެވެ.

އެ ވީޑިއޯ އިން ދައްކާ ތަންކޮޅުން ބުރުގާ އަޅައިގެން ކުޅެން ހުރި ހަމަ އެކަނި އެ ކުޅުންތެރިޔާ އެވެ. ދެން ތިބި ހުރިހާ ކުޅުންތެރިން ކުޅުނީ ބުރުގާ ނާޅައެވެ. އުރުދުންގެ އަންހެނުންގެ ފުޓުބޯޅަ ލީގުގެ އެންމެ ފަހު މެޗުގައި ހިނގާދިޔަ މި ހާދިސާގެ ވީޑިއޯ ވަރަށް ގިނަ ފުޓުބޯޅަ ސަޕޯޓަރުން ބަލާފައިވާ އިރު، އެމީހުން ދަނީ އަންހެން ފުޓުބޯޅާ ކުޅުންތެރިންގެ އެ ނަމޫނާ ޢަމަލަށް ތައުރީފް ކުރަމުންނެވެ.

"ވަރަށް ބޮޑަށް އަހަރެން އުފާވެއްޖެ، އިދިކޮޅު ކުޅުންތެރިންނަށް ވީގޮތް ވިސްނުނީމަ، އަދި އެއީ އޭނާއަށް ކިހާ މުހިއްމު ކަމެއް ކަން އެނގުނީމަ. ވަރަށް ސަޅި." ވީޑިއޯ ބަލާފައި މާގަރެތް ޓުވީޓު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    .ދެންތިބިިިިމި.ިހުންގެއައުރައެއް ނެތިި.ިތަ؟

    10
    31
    • ހޫ

      އެމީހުން އައުރައެއް ނެތަކަސް އެކޮށްދިނީ ކިހާބޮޑު ކަމެއް އެކުއްޖާއަށް. އައުރަ ނެތީމަ އޭގެ މާނައަކީ ކިތަންމެ ރަނގަޅު ކަމެއް ކޮށްދިނަސް އެޕްރިޝިއޭޓް ނުކުރާށޭތަ. ބައެއް ދިވެހިންގެ ވިސްނުން ހުންނަގޮތް މިފެންނަނީ.

      50
      3
    • ޙަމަހަމަ

      ހަދީސް ބަސްފުޅެއްގެ މާނައިގައިވަނީ ، އެއްވެސް ހެޔޮ އަމަލެއް އެއީ ކުޑަކަމެއްގޮތުގައި ނުދެކުމަށް. ބުޅަލަކަށް ހެޔޮކޮށް ހިތައިގެން ސުވަރުގެޔަށް ވަން މީހަކާއި ، ގޯސްކޮށް ހިތައިގެން ނަރަކައަށް ވަން މީހެއްގެ ހަދީސްވެސް ވެ. އެހެންވީމަ އިންސާނަކަށް ހެޔޮކޮށްހުތުން މާ އައުލާކަން ބޮޑު ނޫންތޯ ؟

      ތިމާއަށްވެސް ހެޔޮމަގު ދެއްކެވީ އަމިއްލަ މޮޅުކަމަކުން ނޫން. ޢެކަމަށް ބޮޑާނުވެ ށުކުރުކޮށްފަ އެމީހުންނަށްވެސް ތެދުމަގު ދައްކަވާ ހެޔޮރަހުމަތް ލެއްވުމަށް ދުއާކުރުން މާ ރަންގަޅު.

      12
  2. ނަން

    ވެރީ ފަނީ.. އައުރަ ނިވާކުރަން އުޅޭ އަންހެނަކު ފުޓްބޯޅަ ކުޅެން ފިރިހެނުން ކުރިމައްޗަށް ދަނޑަށް އަރާނެތަ؟

    12
    43
  3. ޙިމްބެއަހުމަދު

    .ދެންތިބިިމިިި.ިހުންގެއަުރަނެތި.ިތަ

    5
    36
  4. ބޮންދުމޭން

    ހޫ ކެއަރ

    2
    33
  5. ވަޒީރެއާލާ

    މީހާގެ ވަނާތައް ފާޅުވާގޮތަށް ގަޔަށްބާރު ހެދުން ލައިގެން ބުރުގާ އެޅިއަސް އެއީ އައުރަ ނިވާކުރުން ކަމުގައި ނުވާނެ.

    21
    4