މިފެށޭ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބާސެލޯނާއާއި ދެކޮޅަށް ސެލްޓަ ވިގޯ އިން ކުޅޭ ސްޕެނިޝްލީގުގެ މެޗްގައި އެޓީމުން ނިކުންނާނީ ރާއްޖޭ އިޝްތިހާރު ކުރާ ޖާޒީގައި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙިދު ވިދާޅުވެއްޖެއެވެ.

މިއަދު ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލަކުރައްވަމުން އަލީ ވަޙީދު ވިދާޅުވީ، ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ދުނިޔޭގެ މޮޅު ކްލަބެއް ކަމަށްވާ ބާސެލޯނާއާއި ދެކޮޅަށް ސެލްޓަ ވިގޯ ނިކުންނާނީ ރާއްޖެ އިޝްތިހާރު ކުރާ ޖާޒީ ލައިގެން ކަމަށެވެ. އަދި މި ދުވަސް ވެގެންދާނީ ހުރިހާ ދިވެހި ރައްޔިތުންނަށް ބޮޑު ދުވަހަކަށް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަންނަ މަހުގައި ކުޅެން ހަމަޖެހިފައިވާ މެޗުން ފެށިގެން ސެލްޓާގައި މުޅިން ގޮތަކަށް ބޭނުން ކުރަމުން އަންނާނީ ރާއްޖެ އިޝްތިހާރު ކުރާ އެއްޗެހި ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓު ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް މެޗު ޖޯޒީ، ޓްރެއިނިން ޖޯޒީ، ސްޓާފުންނާއި އަދި ޓްރެއިން ސްޓާފުންގެ ޔުނީފޯމުގައި ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުން ކުރެވެމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އެ ޓިމު މެޗްތަކަށް ދާން އޮންނަ ބަހުގައިވެސް ރާއްޖެ ލޯގޯ ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެޓީމުގެ އަމިއްލަ ދަނޑުގައިވެސް ހަމަ ރާއްޖޭގެ ވީޑިއޯތައް އަޅުވާފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެލްޓާއާއި އެކު ރާއްޖެ ހަދާފައިވާ އެއްވަސްވުން 3 އަހަރަށް ހަދާފައިވާއިރު ޓެކްސް އާއި ވީއައިޓީއާ އެއްކޮށް ލިބިފައިވަނީ 9 ލައްކަ ވަރަކަށް ޑޮލަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެ ޓޫރިޒަމް އިތުރަށް ފުޅާވެގެން ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެ މަޝްހޫރު ވެގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރީން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސީ

    ސެލްޓަވީގޯގެ އޮފިސިއަލްސައިޓްގައިނީ އެހެންބަޔަކު ސޮޕޮންސާކުރިވާހަކަ ލާ ރިގަންޑެއް ކާލާ 3ވަނަޕާޓީއަކައް އެއްޗެއްދިނީކަމައް ބޮޑައްބެލެވެނީ