ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތް ބާސެލޯނާ ފަހަތައް ޖައްސާލުމަށްފަހު ތާވަލުގެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ލަލީގާ ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލުނީ ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު އެއްވަރުވުމުންނެވެ. ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ރޭ ރެއާލްއާ ވާދަވެރި ބާސެލޯނާ ވަނީ ލެވަންޓޭ އަތުން 3-1 އިން ބަލިވެފައެވެ.

ބާސާ ބަލިވުމުން އެޓީމަށް 11 މެޗުން ހަމަކުރެވިފައި އޮތީ 22 ޕޮއިންޓެވެ. ބެޓިސް އަތުން މޮޅުވެގެން ބާސާ ދެވަނަ އަށް ވައްޓާލުމުގެ ބާރު ރެއާލަށް ލިބުނު ނަމަވެސް ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމަށް 11 މެޗުން ލިބެނީ 22 ޕޮއިންޓެވެ. ބާސާ އަށް އަދިވެސް ތާވަލުގެ ކުރި ލިބެނީ ފަައިދާ ލަނޑު ގިނަވުމުގެ ސަބަބުންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށްވެސް 21 ޕޮއިންޓް ލިބިފައިވާއިރު ރޭ ސެވިއްޔާގެ ދަނޑުގައި މިދެޓީމު ވާދަކުރި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ރޭ ބާނެބެއުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަައިނިދީން ޒިދާން ވަރުގަދަ ފުރަތަމަ އެގާރައެއް ނެރުނުއިރު މި މެޗުގަައި މެޑްރިޑްގެ ކުޅުންތެރިންނަށް ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެ އެވެ. މިއިން ފުރުސަތެއްގަައި އެޓީމުގެ ހަތް ނަންބަރު އެޑެން ހަޒާޑް ބެޓިސްގެ ގޯލު ފޫއަޅުވާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މީގެ އިތުރުން ކެޕްޓަން ސާޖިއޯ ރާމޮސް އަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައިރު އިދިކޮޅު ގޯލާއި ކައިރިން އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ބެޓިސްގެ ކީޕަރު ރޮބްލްސް އެވެ.

ދެވަނަ ޙާފުގައި މެޑްރިޑްގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޒިދާން ވަނީ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިއާ ވިނީޝިއަން ޖޫނިއާ ކުޅެން އަރުވާފައެވެ. ވިނީޝިއަސް އަށް ވެސް މެޑްރިޑަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްނުވި އެވެ. އޭނާ އަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިގައީ މެޗުގެ ފަހުކޮޅުގައި މެޑްރިޑުން އުފެއްދި ހަމަލާއެއްގައި ލެފްޓް ބެކް ފާލެންޑް މެންޑީ ނެގި ހުރަސް ބެޓިސްގެ އޭރިއާ ތެރޭގައި ހުރި ވިނީޝިއަސް އަށް ލިބުމުންނެވެ. ގޯލު ކައިރީގައި ހުސްކޮށް ހުރެފައި 19 އަހަރުގެ ފޯވަޑް ފޮނުވާލި ބޯޅަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮބްލްސް ވަނީ މަތަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އާލިމް

  މީ ދުނިޔޭގެ ނަންބާ ވަން............

 2. ހުމެއިދު

  ވާނީވެސް އެހެން ހަމަ!!!

 3. އަތޫފް

  އެންމެ ފުލުން ދޯ..........

 4. އަތުފް

  ހަމަސުމެއް މެޑްރިޑަކީ ބާސެލޯނާ ކައިރީގަ