ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސްޕެއިން ލީގްގައި ކުޅޭ ސެލްޓަވީގޯއާ އެކު އެއްބަސްވުމަކަށް އަންނަން އުޅޭ އިރު އެ ޓީމުގެ ހާލަތު ގޯސްވެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ފްރެން އެސްކުރީބާ މަގާމުން ވަކި ކޮށްފި އެވެ.
އެސްކުރީބާ މަގާމުން ވަކިކޮށްފައިވަނީ ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ސެލްޓާ ބަލިވުމުންނެވެ.
"ފްރެން އެސްކްރިބާ ވަނީ މަގާމުން ވަކި ކުރެވިފައި. އޭނާއާއި އޭނަގެ ކޯޗިންގް ސްޓާފު ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރުވެރިވަން. އެދެނީ ކުރި މަގުގައި ރަނގަޅު ގޮތް މެދުވެރިވުން." ރޭގެ މެޗަށް ފަހު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ސީޒަންގައި ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ އެންމެ ނުވަ ޕޮއިންޓެވެ. އެއީ ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެގެން ލިބުނު އަށް ޕޮއިންޓެވެ. ލީގުގައި ވިދިވިދިގެން ލިބުނު ހަތަރު ބައްޔާ އެކު ސެލްޓާ މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.
މިއަހަރު މާޗް މަހު ސެލްޓާގެ ކޯޗް ކަމާ ހަވާލުވެ އެސްކުރީބާ ވަނީ އެ ޓީމު ރެލިގޭޓް ނުވެ ސަލަމާތްކޮށް ދީފަ އެވެ. ސެލްޓާގެ ކޯޗު މަގާމުން ވަކި ކުރި އިރު ލަލީގާގައި ދެން އެޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރަށުން ބޭރުގައި ސެލްޓާ ވާދަ ކުރާނީ ޗެމްޕިއަން ބާސެލޯނާއާ އެވެ. އެ މެޗަށް ސެލްޓާއިން ނުކުންނާނީ ރާއްޖޭގެ ސްޕޮންސަރޝިޕާ އެކު ޖާޒީގައި ވިޒިޓް މޯލްޑިވްސް ޖަހައިގެންނެވެ.
ސެލްޓާގެ ކޯޗު ކަމަށް ގެންނަން ޝޯޓްލިސްޓް ކުރެވޭނެ ކަމަށް ބެލެވެނީ މަލަގާ އާއި އިނގިރޭސި ކްލަބް ވެޓްފޯޑްގެ ކުރީގެ ކޯޗް ހާވީ ގުރާސިއާއާއި ރެއާލް ބެޓިސްއަށް މިދިޔަ ސީޒަންގައި ކޯޗް ކޮށްދިން ކީކޭ ސެޓިއަންގެ އިތުރުން ޗައިނާގެ ސުޕަ ލީގްގެ ކުލަބު ޗޮންގްކްއިން ޑަންގްޑައި ލިފާން ގެ ކޯޗް ޖޯޑީ ކްރައިފް އެވެ.
ރާއްޖެ އިން ސެލްޓާވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމްގެ އިތުރުން އެޓީމާއި ގުޅުންހުރި އެއްޗެހިތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ ކަމަށް ބެލެވެ އެވެ.
ނެތީތަ އަހަރެމެންގެ ގައުމު އިޝްތިހާރު ކޮށްދޭނެ ޓީމުގަނޑެއްވެސް؟ ދުނިޔެމަތީގެ ސުވަރުގެ ކަމަށްބުނާ ގައުމެއް އިޝްތިހާރުކޮށްދޭން މިލިބުނީ ޔޫރަޕުންވެސް ރެލިގޭޓްވެފަ އޮތް ޓީމެއް. ސަހަރޯ.
އަލީ ވަހީދުމެން ކަހަލަ މީހުން ތިމަގާމަށްލީމާ ވާނެ ގޮތް ތިއީ. ތިލާރިން ދުނިޔެގެ އެންމެ ގިނަ މީހުން ބަލާ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ހޭދަ ކޮއްލި ނަމަ މާފައިދާ ބޮޑުވީސް މިރާއްޖެއަށް.
سبحان الله
އަހަރުން އޭރުވެސް ހިތަށްއެރި އަލީ ވަހީދު ކުރީ ދައުރުގައި ނުހޮވުމުން ހުންނާނީ ވވވ ބަނޑު ހުސްކޮށް، ހައި ބޮޑުވެފައޭ... ހަމަ އެހެން މިވަނީ ރައްޔިތުންގެ ފައިސާ ރެލިގޭޝަން ޓީމަކަށް ޖީބަށް ބޮޑުވާ ގޮތަށް ޑީލު ހެދުމަށްވުރެ ރާއްޖޭގެ ކުލަބުތަކުގެ ދަރަނި ފުއްދާލަދިންނަމަ ވވ ސަޅިވީސް
ދިއްދޫ ދަނޑުތައް ހަލާކުކުރާ ޓީމު (ސިފައިންގެ 3 މީހުން ކުޅުނު) ޓީމު މިއޮތީ ޖޯޒީޔާއި އިސްޓާކީނު، އަދި ޖަންގިޔަލުގަ ވެސް 900،000 ޑޮލަރަށް 10 އަހަރަށް ވިޔަސް ތިބުނާ ވިޒިޓު މޯލްޑިވުސް ލޯގޯ މަތިމައްޗަށް ޖަހައިގެން ވިޔަސް ކުޅެން ތައްޔާރަށް...
ދިއްދޫބެ، ސިފައިން ވަރަށް މޮޅުވާނެ ތަންތަން ހަލާކުކުރަން.. އަލިފާން ރޯވި އެއޮށް ބޮޑުގެ ހަލާކުކޮށްލަން ނެގީ 24 ގަޑި އިރު ވިއްޔާ