ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަގްސަދުގައި ސްޕެނިޝް ލަ ލީގާގެ ކްލަބެއް ކަމުގައިވާ ސެލްޓަ ވީގޯއާއެކު އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.

ސްޕެއިންގެ، ވީގޯގައި ހުންނަ، ސެލްޓާގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓަ ވީގޯގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯސް މޮއުރީނިއޯ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލް އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޝްއަދު އަލީ (އަޑުބަރޭ) ވެސް ބައިވެރިވަޑައިގަތެވެ.

ރާއްޖެއިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު މުއްދަތަކަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ އިން ހަރަދު ކުރާނެ އެވެ. މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓަ ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމްގެ އިތުރުން އެޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ ސްލެޓަ ވީގޯއާއެކުއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އަށް ދިގުދެމިގެންދާފަދަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ސްޕެނިޝް ލަލީގާގެ އެންމެ ބޮޑު އަދި ދުނިޔޭގައި އެންމެ ރަނގަޅު އެއް އެކަޑަމީ ހިންގާ ކްލަބް ސެލްޓަ ވީގޯއަކީ، އަލުގަނޑުމެންގެ އަމާޒަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގްބަލު އެހެން ހަރު ފަތަކަށް ގެންދަން، އެހެންވެ މުއްސަގުބަލުގައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ޓީމުގެ ސްލެކްޝަނެއް ގާއިމް ކުރަން، ޕްރޮފެޝަނަލް ފުޓުބޯޅައިގައި ބޭނުންވޭ މިހާރު 13 އަހަރުގައި ތިބި ކުދިން، މީގެ ފަސް އަހަރު ފަހުން ގައުމީ ޓީމުގެ އެންމެ މަތީ ފަންތީގައި ތިބެން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯއާއެކުވީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހި ވެގެންދާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓާއާ އެކު އެއްބަސްވުމަކަށް އައި އިރު އެ ޓީމުގެ ހާލަތު އޮތީ އެންމެ ރަނގަޅު ފައްތަރުގައެއް ނޫނެވެ. ލީގުގައި ސެލްޓާ އިން ނެރެމުން އަންނަ ނަތީޖާތައް ދަށްވެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ފްރެން އެސްކުރީބާ ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

އެސްކުރީބާ މަގާމުން ވަކިކޮށްފައިވަނީ ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ސެލްޓާ ބަލިވި މެޗައްފަހު އެވެ. މި ސީޒަންގައި ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ އެންމެ ނުވަ ޕޮއިންޓެވެ. އެއީ ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެގެން ލިބުނު އަށް ޕޮއިންޓެވެ. ލީގުގައި ވިދިވިދިގެން ލިބުނު ހަތަރު ބައްޔާ އެކު ސެލްޓާ މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހްމަދު

  ގޯހެއްނޫން މިސަރުކާރުވެސްމިއޮތީހަމަ ރެލިގޭޝަންގަ

  10
 2. ޓަގު

  ކޮރަޕްޝަންގެ އައްޕަތައް!

 3. ރައްޔިތުން އަތާއަނގަޔާ

  ރައްޔިތުން އަތާއަނގަޔާ ދިމާވެފަ ފައިދާ އޮތިއްޔާ ހަމައުކަންވީ ފައިސާ!