ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސް އިން ވޯލްޑް ކަޕަށް އަމާޒުކޮށްގެން ދެމުންދާ އިންޒާރުތަކުގެ ތެރެއިން ރަޝިއާގެ ރައީސް ލެޑްމިއާ ޕޫޓިންއަށް އިންޒާރު ދީފިއެވެ.

އެ ޖަމާއަތުން އެންމެ ފަހުން ނެރުނު ޕްރޮޕެގަންޑާ ޕޯސްޓަރުގައި ދައްކާާލާފައި ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު ފުޓުބޯޅަ ސްޓޭޑިއަމްއެއްގެ ތެރޭގައި އޭކޭ47 ބަޑިއައެއް ހިފަހައްޓައިގެން ހުއްޓިގެން ހުންނަ މަންޒަރެވެ. އެ ޕޯސްޓަރުން ފެނިގެން ދަނީ ސްޓޭޑިއަމް ތެރޭގައި ބޮމެއް ގޮއްވާލާ މަންޒަރެވެ.

އެ ޕޯސްޓަރުގައި ރަޝިއާގެ ރައީސް ލެޑްމިއާ ޕޫޓިންގެ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ. އަދި އޭނާއަށް ނިސްބަތްކޮށް އޭގައި ވަނީ އިންޒާރު ދީފައެވެ. އެ ޕޯސްޓަރުގައި ލިޔެފައި އޮތީ "ކާފަރު ޕޫޓިންއެވެ. މުސްލުމުން މެރުމުގެ އަގު ކަލޭ ދައްކަން ޖެހޭނެ!" ކަމަށެވެ.

މި އިންޒާރަކީ ރަޝިއާއިން ސީރިއާގައި އެގައުމުގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ގުޅިގެން ދެމުންދާ ހަމަލާތަކުގައި އެތަކެއް ކުށެއް ނެތް މުސްލުމުން މަރުވަމުންދާތީ އެކަމާ ގުޅިގެން ދިން އިންޒާރެއް ކަމަށް ވަނީ ބެލެވިފައެވެ.

މި ޕޯސްޓަރަކީ އައި އެސް ޖަމާއަތުުުގެ ޕްރޮޕެގެންޑާ ފަތުރާ "ވަފާ މީޑިއާ ފައުންޑޭޝަން" އިން ޓެލެގްރާމް މެދުވެރިކޮށް އާންމު ކޮށްފައިވާ ޕޯސްޓަރުތަކުގެ ތެރެއިން އެއްމެ ފަހުން އާންމު ކުރި ޕޯސްޓަރެވެ.

މީގެ ކުރިންވެސް ވޯލްޑް ކަޕަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު އައިއެސް އިން ދީފައިވާއިރު އެ ޖަމާއަތުން ވަނީ މެސީ، ނޭމާ އަދި ރޮނާާލްޑޯ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    އިސްރާއީލުން ފަލަސްޠީން ރައްޔިތުންގެ ތެރެއިން ހަތިޔާރުނެތް އަންހެނުންނާ ފިރިހެނުންނާ ކުޑަކުދިން މަރަމުންދާއިރު އައިއެސް ޖަމާޢަތަށް އެތަން ނުފެންނަނީ ކީއްވެބާ؟ ޔަހޫދީންނަކީ ކާފަރުންނެއް ނޫންބާ؟ އަދި ފަލަސްތީން ރައްޔިތުން މެރުމަކީ ބޮޑުކުށަކަށް ނުވަނީބާ؟

    • ކަޅުބޯ

      އައިއެސް ތަ ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ތެދުނުވެވިގެން މިއުޅެނީ؟ ކޮބާ ތޯ މިސްރު؟ ޖޯޑަން؟ ސައުދި އަރަބިއްޔާ؟ ޤަތަރު؟ ބަހުރައިން؟ އޮމާން؟ ޔުނައިޓެޑް އަރަބި އެމެރޭޓްސް؟ އެންމެ ދުރުން ތުރުކީ؟ ކޮބާ ތޯ؟ ހަތިޔާރު ނެތީ ތޯ؟ ސިފައިން ނެތީތޯ؟ ޤާބިލްކަމެއް ނެތީ ތޯ މުސްލިމު އަޙުންނާއި އުހުތުންގެ ހިމާޔަތުގައި ތެދުވާން؟

    • ޢަލީ

      ތާއިދު

  2. އަދުލީ

    އެ ޕޯސްޓަރުގައި ލިޔެފައި އޮތީ "ކާފަރު ޕޫޓިންއެވެ. މުސްލުމުން މެރުމުގެ އަގު ކަލޭ ދައްކަން ޖެހޭނެ!" ކަމަށެވެ. ރަގަޅު ވާހަކައެއް ދެންކޮބާ އެއީ ޕޮރެޕެގަންޑާ އަކަށްވެފައި