ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އަތުން 0-3 އިން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.

ރޯމާ މުބާރާތުގެ ސެމީ އަށް ކޮލިފައިވީ ދެ ލެގުގެ އެގްރިގޭޓު 4-4 އިން އެއްވަރުވެ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-4 އިން ކާމިޔާބުކުރީ ބާސާ އިންނެވެ.

ރޯމާގެ ފަރާތުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ރޯމާ އިން ދިޔައީ ބާސާގެ ގޯލަށް ކައިރިކައިރީ ނުރައްކާ ކުރަމުންނެވެ. އެގޮތުން ޒެކޯ އާއި ކޮލޮރޯވް އަދި ޝިކް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރޯމާ އިން ނިންމާލިއިރު މެޗުގެ 58 ވަނަ މިނެޓްގައި ރޯމާ އިން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ރޯމާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޑިރޮސީއެވެ.

ޑިރޮސީގެ މި ގޯލާއެކު ސެމީ އަށް ދިޔުމަށް ރޯމާ އަށް ދެން ބޭނުންވެފައި އޮތީ އެންމެ ގޯލެކެވެ. އެ ގޯލު ކާމިޔާބުކުރުމަށް ރޯމާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު އެޓީމުގެ އަލްޝަރާވީ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ރޯމާ އަށް ނުހިފުނު ނަމަވެސް މެޗުގެ 82 ވަނަ މިނެޓްގައި މަނޯލަސް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީ އިން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިރޭގެ މެޗުގައި ބާސާގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ރޯމާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ބާސާ ކަޓުވާލުމަށްފަހު ރޯމާ ސެމީ އަށް ދަތުރުކުރިއިރު މިއީ 1984 ވަނަ އަހަރަށްފަހު އެޓީމު މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސެމީގައި ރޯމާ ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އާމިރު

    ކޮބައިތަ މޮޅު މެސީ މިރޭ ޖާދޫ ދައްކައި ނުލެވުނޭނުން

    • އަހުމަދު

      މިކަހަލަ މެޗުތަކުގަ ގެއްލުމަކީ ޖާދުލެއް ނޫންތަ؟

  2. 3ނިރު

    މެސީގެ މޮޅުކަމެއް ނުފެނޭ ބޭނުންހިފަންޖެހޭ ވަގުތުތަކެއްގައެއް ނުދެކެން

  3. Anonymous

    މެސީގެ މޮޅުކަމެއް ނުފެނޭ ބޭނުންހިފަންޖެހޭ ވަގުތުތަކެއްގައެއް ނުދެކެން

  4. ޢީޒޯ

    ކޮބާ ތިޔަ މޮޅު ކުޅުންތެރިޔާ!

  5. ޖަޖަޖަޖަ

    އަވޭ ގޯލުން އަދިކިރިޔާ އަލަށް ބަޔަކު އެ ކެޓީ ދޯ

  6. މުހައްމަދު

    މެސީ ކުޅުނުތަ؟؟؟؟؟

  7. ާަޮިިމެސީ

    ބައި ކޮޅަށް ގޯލެއް ނުޖަހަ ދިނީމާ މެސީ ލަނޑު ނުޖެހީ

  8. ާަ

    މެސީ

    ބައި ކޮޅަށް ލަނޑެއް ނުޖެހީމާ މެސީ ލަނޑެއް

    ނުޖެހީ

  9. މެސީ

    ބައި ކޮޅަށް ލަނޑެއް ނުޖަހަ ދިނީމާ މެސީ

    ލަނޑެއް ނުޖެހީ

    • ނިޔާޒު

      އޯކޭ ބްރޯ ގޮޓް އިޓް