ވޭލްސްގެ ގައުމީ ޓީމުގެ ފޯވާޑް ގެރެތް ބޭލް ކުރިޔައް އޮތްތާގައި ރިއަލްގައި ހުރުމާ ދޭތެރޭގައި ޝައްކު އުފެދޭނަމަވެސް ކޯޗު ޒިދާން އުއްމީދުކުރަނީ ބޭލް ރިއަލްގައި މަޑު ކުރުމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭލް ގެންދަން މަސައްކަތް ކުރަމުން އަންނަ ނަމަވެސް ޒިދާންގެ އެދެނީ ބޭލް ރިއަލް ދޫކޮށް ނުދިއުމަށެވެ. ފަސް ސީޒަނައް ފަހު ގެރެތް ބޭލް އަންނަނީ ސަންތިއާގޯ ބާނެބިއު އާއި ދުރަށް ދާކަމަށް ގިނަ އަޑު ތަކެއް ފެންމަތިވެފައެވެ.

ޓޮޓެންހަމް އިން 100 މިލއަން ޔޫރޯ ދިނުމަށްފަހު ބޭލް ރިއަލް މެޑްރިޑަށް ގެނައިފަހުން އޭނާ ގިނަ އަނިޔާތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ރިއަލް މެޑްރިޑުން އުއްމީދު ކުރިވަރުގެ ކުޅުމެއް ބޭލް އަކަށް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.

ބޭލް ރިއަލް މެޑްރިޑަށް އައިފަހުން އަނިޔާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ލަލީގަ ތައްޓަކާއެކު ތިންފަހަރު ޗެމްޕިއަންސް ލީގު ތަށި ބޭލް ވަނީ އުފުލާ ލާފައެވެ. ނަމަވެސް ވަރުގަދަ ކުޅުންތެރިން ތިބުމާ ގުޅުން ފުރަތަމަ އެގާރައިން ޔަގީން ޖާގަ ބޭލް އަށް ވަނީ ގެއްލިފައެވެ.

"އޭނާ އަކީ މުހިންމު ކުޅުންތެރިއެއް، ޖާގަ ނުލިބުނަސް އޭނާގެ އަޒުމް ވަރުގަދަ ވާނެ. އެހެން ކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ހުރިހާ މެޗެއް ކުޅެން، ނަމަވެސް އެކަން ކުރަން ވަރުގަދަޔައް މަސައްކަތް ކުރަން ޖެހޭނެ." ޒިދާން ބުންޏެވެ.

ބޭލް އަށް އަނެއްކާވެސް ޒިދާނަށް އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގެ ގާބިލުކަން ދެއްކެން ފުރުސަތެއް، ކުރިޔައް އޮތް އާދީއްތަ ދުވަހު އެތްލެޓިކޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލިބޭނެއެވެ. ކުރިޔައް އަދިވެސް ބޮޑު މެޗުތައް އެބަ އޮތެވެ. އޭގެ ތެރޭގައި ޔުވެންޓަސް އަދި ބާސެލޯނާ އާއި ދެކޮޅައް ކުޅޭ މެޗުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު