1992 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު މިސްރުގެ ނަޖިރިގްއަށް އުފަންވި މުހައްމަދު ސަލާހް ގާލީ އަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. އަދި އެއީ މުޅި މިސްރު މިއަދު އެކުޅުންތެރިއަކަށްޓަކައި ފަހުރުވެރިވާ ކުޅުންތެރިޔެއްވެސް މެއެވެ.

ސަލާހުގެ ހިޔަނީގެ ދަށުން މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައިވާއިރު އޭނާ ވަނީ ފުޓްބޯޅައިގެ ދުނިޔޭގައި އެތަކެއް ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު އޭނާ ހޯދި ކަޅު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފާހަގަކޮށްލެވެއެވެ. އަދި ސަލާހް ދަނީ އޭނާގެ ކުލަބު ކަމަށްވާ އިނގިރޭސިވިލާތުގެ ލިވަޕޫލްއާއި އެކީގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަލާހް ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން ސަލާހް އަކީ މުސްތަގުބަކުގައި ފުޓްބޯޅައިގައި ރަސްކަން ކުރާނެ ފަރާތްކަމަށް ފުޓްބޯޅަ ދިރާސާ ކުރާ އެތަކެއް ފަރާތަކުން ބުނެއެވެ.

ސަލާހް އަކީ މުސްލިމު ކުޅުންތެރިއެވެ. އަދި އެއީ އިސްލާމްދީނުގެ ކަންކަމަށް ފަރުވާތެރި ކުޅުންތެރިއެއްވެސް މެއެވެ. ގަވައިދުން ނަމާދު ކުރުމާއި ޤުޜުއާން ކިޔެވުމަކީ ސަލާހްގެ އާދައެކެވެ. ފުޓްބޯޅައިގައި އޭނާ ހޯދަމުންދާ ކާމިޔާބީގެ އިތުރުން އޭނާ އަކީ އާންމު ދިރިއުޅުމުގައިވެސް ނަމޫނާ މީހެކެވެ. ސަލާހް އަކީ އެންމެ ކުޑައިރުއްސުރެއްވެސް ފުޓްބޯޅައަށް ލޯބިކުރާ މީހެކެވެ. އަދި ސަލާހް ފާހަގަވެފައިވަނީ ހިތްހެޔޮ އޯގާތެރި މީހެއްގެ ގޮތުގައެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ އަމިއްލަ ގެއިން ވައްކަން ކުރި މީހާއާއި މެދު ސަލާހް އަމަލް ކުރި ގޮތެވެ.

މިސްރުގެ އެލެކްއާންޑްރިއާ އަށް ސަލާހް ކުޅުނު ދުވަސްވަރު ސަލާހްގެ އާއިލާ މީހުން އުޅޭ ގެއިން މީހަކު ވައްކަން ކުރިއެވެ. ވައްކަން ކުރި މީހާ ފުލުހުންގެ އެހީތެރިކަމާއި އެކު އޭގެ ދެ ދުވަސް ފަހުން ހޯދިފައިވާއިރު ސަލާހްގެ ބައްޕަ ބޭނުންވީ ވައްކަމުގެ ބަދަލު ހޯދުމަށް ވަގުކަލޭގެ ޖަލަށް ލުމަށެވެ. ނަމަވެސް ސަލާހް ބޭނުންވީ އެގޮތެއް ނޫނެވެ. ސަލާހް ބޭނުންވީ ވަގުކަލޭގެއަށް މިނިވަންކަން ދިނުމަށެވެ. ސަބަބެއް ކަމުގައި ސަލާހު ބުނެފައިވަނީ ކޮންމެ މީހަކީވެސް ބަދަލުވެވިދާނެ މީހެއް ކަމަށް އޭނާ ގަބޫލުކުރާތީ ކަމުގައެވެ. އަދި ކޮންމެ މީހަކީވެސް ރަނގަޅު ވެވިދާނެ މީހެއް ކަމަށާއި ކޮންމެ މީހަކަށްވެސް ރަނގަޅު ވުމަށް ފުރުސަތު ދޭން ޖެހޭގެ ކަމުގައި ސަލާހް ވަނީ ބުނެފައެވެ.

ސަލާހުގެ އެ ހަރުދަނާ ނިންމުމުގެ ސަބަބުން އޭނާގެ ބައްޕަ ވަނީ މައްސަލަ އަބުރާ ގެންގޮޮސްފައެވެ.

ވަގުކަލޭގެ ކުށުން މިނިވަންކޮށްދިނުމުގެ އިތުރަށް ސަލާހުވަނީ ވަގުކަލޭގެއަށް އޭނާގެ ދިރިއުޅުން އާރާސްތު ކުރެވޭ ވަރަށް ފައިސާވެސް ދީފައެވެ. ކޮންފަދަ ނަމޫނާއެއް ތޯއެވެ.

މީގެ އިތުރުންވެސް ސަލާހް އަކީ އިންސާނިއްޔަތަށް ހިދުމަތްކޮށްދިނުމުގެ ނަމޫނާއެވެ. އެގޮތުން އޭނާ ވަނީ ކެންސަރު ޖެހިފައިތިބި ކުދިންނަށް އެހީވުމުގެ ގޮތުން މިސްރުގެ ހޮސްޕިޓަލަކަށް 5 ލައްކަ ޕައުންޑް ހަދިޔާކޮށްފައެވެ. އަދި ސަލާހުވަނީ މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން އަކަށްވެސް ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ. މީގެ އިތުރުންވެސް ސަލާހް ފާހަގަވެފައި ވަނީ ބޭނުން ޖެހިފައިފާ އެތަށް ބަޔަކަށް އެހީވެދިން ދީލަތި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މާތްﷲ މި ބޭފުޅާގެ ކެރިއަރ އުސްކުރައްވާ ފާގަތިކަން މިންވަރުކުރއްވާށިއެވެ!

  2. ލ

    މާޝާާﷲ

  3. Anonymous

    އެވަރައް ފައިސާ ލިބެންޏާ އެހީވެސް ވާންވީ. އެކަމަކު މިގައުމުގެ މަހުޖަނުން މިއުޅެނީ ނިކަމެތި ރައްޔިތު.މީހާައައް ހެއުކޮށް.ގަންނަން އެއްޗެއް ލިބިދާނެތީ ޓެކްސްވެސް.ނުދައްކަން. ގައިމު އެވެސް ދައްކާނަމަ ހަނޑޫ ކިލޯއެއް ރުފިޔާްއަކައްވެސް ހަދާދޭނެ

  4. އެޑަމް

    ﷲ ޞަލާޙްއަށް ކާމިޔާބާއި ކުރިއެރުން ދެއްވާށި

  5. މީ

    މިކަހަލަ އިސްލާމީވަންތަ މުސްލިމުން މިހާރު ވ.މަދު.އެކަމަކު އިސްލާމީތާރީހުން މިކަހަލަ އެތަކެއް މިސާލުތަކެއް ވަނީފެނިފަ.އެފަދަ ވާހަކަތައް ހިޔާލީމަ ހިތަށް ކުރާ އަސަރެއް ބަޔާންކޮށްދޭންވެސް ނޭނގެ.މާތްﷲ ޞަލާޙަށް ހެޔޮރަހުމަތް ލައްވާށި.

  6. ފަސީ

    ތި ހަމަ ދޮގެއް ހަދާލީ ދޯ!

    • ބަކަރި

      ފަސީ މޮޔަ ވެބަލަ. ޢޭނަ ކިހާ ރަނގަޅު

  7. ޢދ ގެ ޗާޓަރ

    މިހާރު އިޒްރޭލުގެ މޮސާދު ގެ ކުދިންކޮޅެއް އުޅޭނެ ތިސޮރުގެ ފަހަތުން އެއީ އެ ސޮރަކީ ސަރަފްވެރި މުސްލިމް އަކައް ވީމަ