ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ސެޓްފިކެޓް 1 ގެ ފިޓްނަސް އިންސްޓްރަކްޓަރ ކޯހެއް ފަށައިފިއެވެ.

30 ބައިވެރިންނާއި އެކު މި ފެށި ކޯހުގައި 8 އަންހެން ބައިވެރިންނާއި 22 ފިރިހެން ބައިވެރިން ބައިވެރިވެފައިވެއެވެ. އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިކޯހުގައި ފިޓްނަސް ދާއިރާ ގެ ހުރިހާ ބޭސިކު މަޢުލޫމާތާއި ފިޓްނަސް އާއި ގުޅޭ އެހެނިހެން ތަމްރީންތައް ދަސްކޮށްދެވޭނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ. އަދި އެއްވެސް ފީއަކާއި ނުލައި ހިންގާ އެ ކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވަނީ ޓީ.އެފް.ޖީގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ އެއްކަމުގައިވާ ޙުސައިން ޒިނާނެވެ.

މީގެ ކުރިންވެސް ޔޫތު މިނިސްޓްރީއިން ވަނީ ޒުވާނުން ކުޅިވަރަށް އަހުލުވެރިކޮށް ޒުވާނުންނަށް އެކި އެކި ހުނަރުތަށް ދަސްކޮށްދިނުމަށް ތަފާތު އެކި ކޯސްތަކާއި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަރީފް

    "މީގެ ކުރިންވެސް ޔޫތު މިނިސްޓްރީއިން ވަނީ ޒުވާނުން ކުޅިވަރަށް އަހުލުވެރިކޮށް ޒުވާނުންނަށް އެކި އެކި ހުނަރުތަށް ދަސްކޮށްދިނުމަށް ތަފާތު އެކި ކޯސްތަކާއި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައެވެ،" މިބުނަނީ ކީކޭ އަންޒަމާނުގެ ވާހަކަތަ؟ މިކޮމެންޓް ޖަހަން ކެރޭނެބާ؟