ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ އާއި ގައުމީ ޓީމު ކޮމިޓީން ނެރުނު ސަޕްލިމެންޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ އާއި ގައުމީ ޓީމު ކޮމިޓީން ނެރުނު ސަޕްލިމެންޓް ހަދިޔާކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދާއި ފުޓްބޯލް އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ކޮލިފައިންގައި ފިލިޕީންސާއި ރާއްޖެ ބައްދަލުކުރާ މެޗު މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފަށާއިރު މެޗު ބައްލަވާލެއްވުމަށް ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ވަނީ ގައުމީ ޓީމު ކޮމިޓީގެ ފަރާތުން ވަނީ ދައުވަތު ދީފަ އެވެ.

ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި ބޭނުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން މާދަމާގެ މެޗަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. އޭގެ ތެރެެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ފިިލިޕީންސް ސަޕޯޓަރުންނަށެވެ. ޓިކެޓް ވިއްކުން އިއްޔެ ޓާފް ދަނޑުގައި ފެށިއިރު، މިއަދު ޓިކެޓް ވިއްކުން ކުރިއަށްދާނީ 16:00 އިން 18:00 އާއި 20:00 އިން 20:00 ގަލޮޅު ދަނޑުގަ އެވެ. ޓިކެޓްގެ އަގުތައް އުޅެނީ 100ރ. އާއި 150ރ. ގައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒު ހިފާފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށް އޮތް ދެމެޗުން މޮޅުވުން ވަރަށް މުހިއްމެވެ. މި މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ "މަވެސް ދަން" ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި މިވަގުތު ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމިދު

    އެއްދުވަހަކު އަންނި ދިނީ އިބޫ ގެ ވެރިކަން ދޮންނަން!
    ދިނުމުން ބުންޔޭ ދޮވެލާދޭނަން......
    އަވަހަށް އަންނި ދިނީ ރީއްޗައް ދޮވެލަން....
    އުފަލުން ހެވިފާ އާއެ އާން ދޮންނާނަން.....
    އެކަމަކު ވެރިކަން ދޮންނަން މާދަން އާދޭ....
    ވެރިކަން ދޮންނަން މާދަން އާދޭ.....
    ވެރިކަން ދޮންނަން މާދަން އައުދޭ......! ??

  2. ކޮރަކަލި

    ހުރިހާ މެޗަކުން ވެސް ވާނީ ބަލި

    2
    1