ރިއަލް މެޑްރިޑްގެ ކޯޗު ޒިނެޑިން ޒިދާން ބުނާގޮތުން ރޭ ޕެނަލްޓީ އާއި ދެކޮޅަށް ބުފޮން ހިތްހަމަނުޖެހުން ފާޅު ކުރި ނަމަވެސް އޭނާ ފޮނުވާލާކަށް ނުޖެހެއެވެ.

"އަހަރެން އުއްމީދުކުރަނީ ރޭކުޅުނު މެޗުގައި ބަލިވެ ރަތް ކާޑެއް ދެއްކި ނަމަވެސް އެއީ ބުފޮން ގެ ފަހު ޗެމްޕިއަންސް ލީގު މެޗު ނޫން ކަމަށް، ބުފޮން އަށް އެއަށް ވުރެ ރަނގަޅު ނިންމުމެއް ބޭނުންވޭ" ރިއަލްގެ ކޯޗު ޒިދާން ބުންޏެވެ.

ބުފޮންއަށް ރަތް ކާޑު ދައްކާފައިވަނީ މައިކަލް އޮލިވާގެ ނިންމުމާއި ދެކޮޅަށް ޒުވާބުކޮށް ނުރުހުން ފާޅު ކުރުމުންނެވެ. އެއާއެކު ރޮނާލްޑޯ ޖެހި ޕެނަލްޓީ އިން ފަހު ވަގުތު ރެއަލް މެޑްރިޑް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

މެދީ ބެނާޝިއާ އޭރިއާ ތެރޭގައި ރިއްގެ ފޯވާޑް ލޫކަސް ވަޒްކުއޭޒް އަށް ކުރި ފައުލް އާއި ގުޅިގެން ލިބުނު ޕެނަލްޓީގެ ސަބަބުން ސަންތިއާގޯ ބާނަބިއު ގައި ފަހަތުން އަރަމުން އައިނަމަވެސް ޔުވެންޓަސް ބަލި ވީ އެވެ.

މި ރަތް ކާޑަކީ ޗެމްޕިއަންސް ލީގުގައި ބުފޮން އަށް ދައްކާފައިވާ ފުރަތަމަ ރަތް ކާޑެވެ. މީގެ ސަބަބުން އޭނާގެ ކުރިމަގާއި ބެހޭ ގޮތުން ގިނަ އަޑު ތަކެއް ވަނީ ފެންމަތި ވެފައެވެ. ކުރިއަށް އޮތީ އިޓަލީގެ ގައުމީ ޓީމުގެ ކީޕަރު ރިޓަޔާރ ވުމާއި މެދު އޭނާ ނިންމާ ގޮތެއް ކަނޑައެޅުމެވެ.

ޔުވެންޓަސް ދަނޑުގައި 3-0 ގެ ނަތީޖާއަކުން ރިއަލް މޮޅުވި ނަމަވެސް ރެއާލްގެ ދަނޑުގައި ޖުވެންޓަސް އިން ވަނީ ފަހަތުން އަރާ 3 ގޯލު ޖަހާފައެވެ. ފަހުވަގުތު ލިބުނު ޕެނަލޓީއަކީ ރިއަލްމެޑްރިޑައް ލިބުނު ބޮޑު ނަސީބެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ

    ކީކޭތަ މި ޚަބަރުގަ މި ކިޔަނީ؟ ސާފެއް ނުވި. "މެދީ ބެނާޝިއާ އޭރިއާ ތެރޭގައި ރިއްގެ ފޯވާޑް ލޫކަސް ވަޒްކުއޭޒް އަށް ކުރި ފައުލް އާއި ގުޅިގެން ލިބުނު ޕެނަލްޓީގެ ސަބަބުން ސަންތިއާގޯ ބާނަބިއު ގައި ފަހަތުން އަރަމުން އައިނަމަވެސް ޔުވެންޓަސް ބަލި ވީ އެވެ." ކީކޭ ބުނަންތަ މިއުޅެނީ؟ މީ ކޮންބަހެއްގެ ތަރުޖަމާއެއް؟

  2. ބީތާ

    ހަމަ ބަލިކޮށްލީ

  3. ޭައަޙްމަދު

    ނަސީބެކޭ.. ހެހެހެހެ.