ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ވާދަކޮށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ 2019 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފި އެވެ.

ފްރާންސް ފުޓްބޯޅަ މެގަޒިން އިން 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ ޝަރަފްވެރި ބެލޮންޑިއޯ އެވޯޑް ރެކޯޑް ހަވަނަ ފަހަރަށް މެސީ މިރޭ ހާސިލްކުރި އިރު މިއީ 2015 ވަނަ އަހަރުގެ ފަހުން އާޖެންޓީނާގެ ތަރި މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އެވޯޑާއެކު މެސީ ވަނީ ފުޓްބޯޅަ ދަނޑުގައި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތައް ޖައްސާލައި މި އެވޯޑް އެންމެ ގިނަ ފަހަރު ހާސިލްކުރި ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ. މީގެކުރިން މެސީ މި އެވޯޑް ހޯދީ 2009، 2010، 2011، 2012 އަދި 2015ގަ އެވެ. މެސީގެ ފަހަތުން ރޮނާލްޑޯ އަކީ 5 އެވޯޑާއެކު ބެލޮންޑިއޯ ދެވަނަ އަށް އެންމެ ގިނަ ފަހަރު ހާސިލްކުރި ކުޅުންތެރިއާ އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ރަސްމިއްޔާތު އޮތީ ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ. މި އެވޯޑް ހޮވުމުގައި ފްރާންސް ފުޓްބޯޅަ މެގަޒިން އިން ބަލާފައިވަނީ މި އަހަރު ކުޅުންތެރިން ކްލަބް ލެވެލްގައްޔާއި ގައުމީ ފެންވަރުގައި ދައްކާފައިވާ ޕާފޯމެންސަށެވެ. މިފަހަރުގެ އެވޯޑް މެސީ އަށް ލިބުނީ ފްރާންސް ފުޓްބޯޅަ އިން ހޮވާފައިވާ ހާއްސަ ނޫސްވެރިންގެ ޓީމަކާއި ގައުމީ ޓީމްތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ވޯޓުން ކުރިލިބިގެންނެވެ. ޕެރިހުގައި މިރޭ އޮތް ހަފުލާގައި ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ކޯޗުން ބައިވެރިވެފައިވެ އެވެ.

އުމުރުން 32 އަހަރުގެ މެސީ ހަވަނަ ފަހަރަށް ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑް މިރޭ ހާސިލްކުރި އިރު އޭނާ ވަނީ ނިމިގެންދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ މިދިޔަ ސީޒަންގައި އޭނާ ކުޅުނު 49 މެޗުގައި 51 ލަނޑު ކާމިޔާބުކޮށް އިތުރު 19 ލަނޑު ތަނަވަސްކޮށްދީފައެވެ. ބާސާއާއެކު ސްޕެނިޝް ލީގު ދިހަ ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އިތުރުން ލީގުގެ ރަން ބޫޓު ވެސް މެސީ ވަނީ ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަދި ކެރިއަރުގައި އޭނާ ހާސިލްކުރި 6 ވަނަ ޔޫރަޕިއަން ގޯލްޑެން ބޫޓާއެކު ޗެމްޕިއަންސް ލީގުގެ ރަން ބޫޓު ވެސް ގެންދިޔައީ މެސީ އެވެ.

ބެލޮންޑިއޯ އެވޯޑް ހަތަރު އަހަރު ފަހުން މެސީ މިރޭ އުފުލާލި އިރު އޭނާ ވަނީ މިއަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ މަތީ ފަންތީގެ އިންޑިވިޖުއަލް ގިނަ އެވޯޑްތައް ހާސިލްކޮށްފަ އެވެ. އެގޮތުން ފީފާ އިން ހޮވާދަ ބެސްޓް“ އެވޯޑް ކެރިއަރުގައި ފުރަތަމަ ފަހަރަށް މެސީ މިއަހަރު ހޯދި އިރު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވަޑްގެ އިތުރުން މުބާރާތުގެ އެންމެ ރީތި ލަނޑު ޖެހުމުގެ ޝަރަފް ވެސް ހޯދީ މެސީ އެވެ.

ބެލޮންޑިއޯ އެވޯޑަށް މެސީ އާއި އެންމެ ކައިރިން ވާދަކުރި ހޮލަންޑުގެ ވެން ޑައިކްގެ ފުޓްބޯޅަ ކެރިއަރުގައި މި އަހަރަކީ ކާމިޔާބު އަހަރެކެވެ. ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ފަހަކަށް އައިސް ނެރެމުން އަންނަ ލިވަޕޫލް ޓީމްގެ އެންމެ މުހިއްމު ކުޅުންތެރިއާގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޮލަންޑުގެ ވެން ޑައިކް ވަނީ ސައުތޭމްޓަން އިން އެއިރުގެ ރެކޯޑް ފީ އަކަށް ލިވަޕޫލަށް ބަދަލުވުމަށްފަހު ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނިފަ އެވެ.

މިހާރުވެސް ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ވެން ޑައިކަކީ މިވަގުތު މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ ފޯމް ރަނގަޅު ޑިފެންޑަރެވެ. މިދިޔަ ސީޒަނުގެ ފުރަތަމަ މެޗުން ފެށިގެންގޮސް ފަހު މެޗާއި ޖެހެން ދެން ލިވަޕޫލްގެ ޑިފެންސް ލީޑް ކުރުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ވެން ޑައިކް ވަނީ އިނގިރޭސި އެފްއޭ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން ޔުއެފާގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދައިފަ އެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ގަދަ ދިހަ އެއްގައި ގިނައިން ހިމެނިފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އެގޮތުން ދިހަ ވަނައިގައި މެންޗެސްޓާ ސިޓީގެ ރިޔާދް މަހްރޭޒް ނިންމާލިއިރު ނުވަ ވަނަ ލިބުނީ ހަމަ އެޓީމުގެ ބެނާޑޯ ސިލްވާ އަށެވެ. އަށް ވަނަ ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ހޯދިއިރު ހަތްވަނައިގައި ނިންމާލީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އެވެ. ހަވަނައިގައި ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕެ ނިންމާލިއިރު ފަސްވަނަ ލިބުނީ ލިވަޕޫލްގެ މުހައްމަދު ސަލާހު އަށެވެ. ހަތަރުވަނަ ލިވަޕޫލްގެ ސާދިއޯ މާނޭ އަށް ލިބުނުއިރު ތިންވަނަ ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ބެލޮންޑިއޯ އެވޯޑުގެ އަންހެން އެއްވަނަ ކުޅުންތެރިއަކަށް ހޮވުނީ ފީފާ “ދަ ބެސްޓް“ އަންހެން އެވޯޑް ވެސް އުފުލާލި އެމެރިކާގެ މެގަން ރެޕިނޯ އެވެ. އެމެރިކާ އާއެކު މިއަހަރު އޮތް ވިމެންސް ވޯލްޑް ކަޕް ކާމިޔާބުކުރި ރެޕިނޯގެ ފަހަތުން ދެވަނަ ލިބުނީ އިންގްލަންޑްގެ ލޫސީ ބްރޮންޒް އަށެވެ. ތިންވަނަ ލިބުނީ އެމެރިކާގެ އެލެކްސް މޯގަން އަށެވެ. ބެލޮންޑިއޯގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ބާސާގެ މާކް އަންދްރޭ ޓާސްޓެޖަން އާއި މެންޗެސްޓާ ސިޓީގެ އެޑަސަން ފަހަތަށް ޖައްސާލުމަށްފަހު ބްރެޒިލްގެ އެލިސަން ހޯދިއިރު ފީފާގެ ބެސްޓް ކީޕަރު އެވޯޑް ގެންދިޔައީވެސް އެލިސަން އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ީައިސްމާލަ

  މެސީ ފެންވަރުގެ އެހެން އެއްވެސް ކުޅުންތެރިޔަކު ނުހުންނާނެ!! އެއީ ހަމަ ގްރޭޓެސްޓް އޮފް އޯލް ޓައިމް!!

  54
  7
 2. ލިއުޝާ

  ސާބަހޭ މެސީ. 2020 ވެސް އިރާދަ ކުރެންވިއްޔާ ނަގާތި. އިންޝާﷲ!

  50
  9
 3. ލިއުޝާ

  މިފަހަރު ރޮނާލްޑޯ ނުވާނެ އެއްކަމެންވެސް ހަމަ 0!

  46
  8
 4. ލިއުޝާ

  ރޮނާލްޑޯ ގެ ސަޕޯޓަރުން ތިބޭނެ މިހާރު ސައިޒުގަ! މެސީ އާ ކައިރިވެސް ނުކުރެވޭނެ! އިންޝާﷲ!

  31
  5
  • މެސީ

   ތިއީ " ދަ ގްރޭޓަސްޓް ރޮބަރީ އޮފް ދަ ސެންޗަރީ". އަސްލު ތި ޙައްޤީ ވެންޑައިކްއަށް. މެސީ ދެރަވެފަ އެއްޗެއް ނުލިބި ހުރީމަ އެސޮރު ގެ ކޮރަޕްޝަން ގެ ޢަމަލެއް ތިއީ. އެހެންނު ވާނީ ވިދިވިދިގެން ޔޫސީއެލް ގެ ނޮކްއައުޓް ސްޓޭޖުން ކަޓާތާ މިހާރު 5 ވަނީ. ހައެއް އޭގެން ހަމަކޮށްލީމަ ދެން ވަރަށް ސަޅިވާނެ. ކެރެންޏާ އެހެން ލީގަކަށް ކުޅެލަބަލަ. ނުހުންނާނެ ހިތްވަރެއް. ޤައުމީ ޓީމުގަވެސް ކަމެއް ނުވޭ. ކިންގް އަކީ ހަމަ ކްރިސްޓިއާނޯ ރޮނާލްޑޯ. އޭނަ ކޮންމެ ލީގެއްގަވެސް ކުޅޭކަށް ޖެހިލުމެއް ނުވާނެ. އެހާ ފިނޑިއެއް ނުވާނެ. މެސީއަށް ލިބުނު ކާމިޔާބަށް އެސޮރަށް މަރުޙަބާ ކިޔަން

   3
   10
  • Anonymous

   ރޮނާގެ ސަޕޯޓަރުން ކަޑަ ވާނެ. ދެން ނެތް ތި ރޯނާއަކަށް މެސީއާ އަރާހަމަކުރެވޭނެ އެއްވެސް އެއްވެސް ފުރުސަތެއް! މުޅި އަހަރު ނިމޭނީ ސީޒަންގަ އަދި ޖެހުނީ އެންމެ ހަ ގޯލު.!!

   6
   2
 5. Anonymous

  ރޮނާއަށް މިތިންރޭ ނުވެސް ނިދޭނެ. ވ. ސަލާމް
  މަމޮޅޭ. މަބޮޑޭ. މެސީ އަށް ލިބޭ ކަން އެނގުމުން ޔުވޭގެ މެޗްތަކުގަ މީނާއަށް ނުވެސް ކުޅެވޭ! ނުވިތާކަށް ކުރީމެޗުގަ ޑިބާލާ ޖޯލަށްޖެހި ބޯޅަ ގޯލަށް ވަދެވަދެ އޮށްވައި މި ރޯނާ އެ ބޯޅަ ޖޯލަށް ވަނަ ނުދީ ބޭރުކޮށްލީ! ދެންވެސް މީނާއަށް މޮޅުކުޅުންތެރިޔާ ދޭންވީތަ!

  10
  1
 6. Anonymous

  ސީޒަން ދެބައިވިއިރު ޖެހުނީ 6ޖޯލް! ލަދުން ބޯ ހަލާކު؟

  7
  1
 7. ާަޕޮގުބާ

  ސުވަރުގެ އިން ހަގޯތިދޯ އެލިބުނީ މޮޅުވީމަ ދިން އެ އްޗެށްނޫން ނުފޫޒު ގަދަވީމަ ލިބުނީ ބެލޮންޑި އޯ ހަށްގުވާނީ ރޮނާޑޯ އަށް

  3
  8