ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދައިފިއެވެ.

މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ރަން މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.

ސާއިދު ރަން މެޑަލް ހޯދާފައިވަނީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފައިނަލް ހީޓުގައި ސާއިދާ ވާދަކޮށް ދެވަނައަށްދިޔަ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމީ 10.50 ސިކުންތުންނެވެ.

100 މީޓަރު ދުވުމުގައި އެންމެ ފަހުން ބޭއްވި ގޭމްސްގައި ރިހިމެޑަލް ހޯދި ސާއިދު ފައިނަލަށް ގޮސްފައިވަނީ ހީޓުން ތިންވަނަ ހޯދައިގެންނެވެ.

ހީޓުގައި ސާއިދު ތިން ވަނަ އަށް ދިއުމުން އޭނާ އަށް މެޑެއްޔެއް ލިބުމުގެ ފުރުސަތު ކުޑަކަމަށް ލަފާ ކުރެވުނެވެ. ހީޓުގައި ސާއިދު 10.66 ސިކުންތުން ދުވިއިރު އެއް ވަނަ ހޯދީ 10.51 ސިކުންތުން ދުވި ހިމާޝާ އެވެ. ދެ ވަނަ ހޯދީ 10.60 ސިކުންތުން ދުވި އިންޑިއާގެ ގުރިންދެރްވިރް ސިންހެވެ.

ނަމަވެސް ފައިނަލްގައި ސާއިދު ވަނީ 0.01 ސިކުންތުން ކުރި ހޯދައިގެން ރޭސް ކާމިޔާބުކޮށްފައެވެ.

ސާއިދު އަކީ އެތުލެޓިކްސްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް އެއް ހޯދައިދިން އެތުލީޓް ވެސް މެއެވެ. އޭނާ ފުރަތަމަ ރާއްޖެއަށް ރަން މެޑަލް އެއް ހޯދައިދިނީ 2015 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިއްބެ..

    ٱلْـحَـمْـدُ للهِ‎، މަރުޙަބާ ސާއިދު

    69
  2. އަޒާ

    މަރުހަބާ ސާއިދު.. ނޭޕާލުން ދިމާވި ބްރޯމީ އިނގޭ...

    35
    1
  3. ގައުމު

    މަރުހަބާ ސާއިދު...

    41
  4. Anonymous

    މަރްޙަބާ

    27
  5. ސިމާ

    ސާއިދަކީ ޤައުމު އެދޭފަދަ ދަރިއެއް މިޤައުމުގެ ދީން ހިމާޔަތްކޮށް ޤައުމަށް ރީތިނަން ހޯދައިދޭނީ ޤައުމީ ބަތޮލުން

    39
  6. ސލްލް

    ٱلْـحَـمْـدُ للهِ‎، މަރުޙަބާ ސާއިދު

    32
  7. ޕޮގުބާ

    މީނަ ރަގަޅު ކުޅިވަރު ކުޅެން

    34
  8. .

    މަރުޙަބާ

    19
  9. ޟަފެ

    ٱلْـحَـمْـدُ للهِ‎، މަރުޙަބާ ސާއިދު

    21
  10. ޢާއިޝާ

    ސާއިދުއަށް މަރުޙަބާ ކިޔަން / އެކަމަކު ތި ލާފަ ހުންނައެއްޗެއްސަށް ފާޑުކިޔަން ، ތަންކޮޅެއް ބޮޑަށް ނިވާވެލާބާ

    12
    3
  11. ކަސަބު

    ހެދުމާބެހި ކޮމެންޓް ނުކޮށްބަލަ

  12. ޔޫނާން

    އައިސާ ދޯ ހަ ހަ ހަ ހާ

    ސާއިދު މަރުޙަބާ