ނޭޕާލްގައި މިހާރު ކުރިއަށް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯޅަ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ޕޮކަހާރާ ސިޓީގެ މަލްޓިޕާޕޯސް ހޯލުގައި މިއަދު ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ވަރުގަދަ އިންޑިއާއާ ވާދަކޮށް ބަލިވީ 9-41ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ ވަނީ ރާއްޖެ ކޮޅަށް 22 ލަނޑު ޖަހައިފަ އެވެ. ރާއްޖެ އަށް ފުރަތަމަ ހާފު އެއްވެސް ލަނޑެއް ނުޖެހުނު އިރު ދިވެހި ޓީމުން މުޅި މެޗުގައި ވެސް ކާމިޔާބުކުރި 9 ލަނޑުގެ ތެރެއިން ތިން ލަނޑަކީ ލިބުނު ޕެނަލްޓީތަކުން ޖެހި ލަނޑުތަކެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އައިޝަތު ރީމާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗުގައި ރާއްޖެއިން ދެން ޖެހި ލަނޑުތައް ޖަހައިދިނީ ދީމާ މުހައްމަދާއި އައިޝަތް ލީން އަދި ނުހާ އަހްމަދުގެ އިތުރުން ދެ ލަނޑު ޖެހި ހަލީމަތު ހަސްނާ އެވެ.

މިއަދުގެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ކުރިއަށް އޮތް މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ވެސް ރާއްޖެ އަށް އެބަ އޮތެވެ. ހޭންޑް ބޯޅަ އިވެންޓުގައި ރާއްޖެ އަށް ދެން ކުރިއަށް އޮތީ ޕާކިސްތާނާ ވާދަކުރާ މެޗެވެ. އެ މެޗު އޮންނާނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަލިވެއްޖެ

    ލަދުން ހަލާކު

    3
    1
  2. ބެލެނިވެރިން

    ޢަހުމަދު އިސްމާ އިލް ބާސްކެޓް ފުނޑާލާފަ ، އުފެ އްދި ކުޅިވަރެ އް ހޭންޑް ބޯލް އަކީ ، ބޯހަލާކު

  3. ދޮންކަލޯ

    އެއީ އަމިއްލަ ވެރިކަމެއް ހިންގާ ބޯގަން ވިލާ ކުލިވަރެށް ....މުލި ރާޖޭގެ ކުލިވަރު ހަލާކުކުރާ މީހަކީ
    ޢަހުމަދު އިސްމާއީލް އާ މަރުޒޫގު....

  4. ހިޔާލު

    ދެން ތިކުޅިވަރު ކުރި އަރާނީ ތިޔަ ތަނަށް ސުޕުން ގެން ގޮސްގެން