މިހާރު ކުރިޔަށްދާ ސައުތް އޭޝިއަންސް ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި މިއަދު ބޫޓާން އާއި ރާއްޖެ ބައްދަލުކުރި މެޗުން ބޫޓާން މޮޅުވެ، އެޤައުމުން ތާރީޚު ބަދަލުކޮށްލައިފި އެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާއި ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމް މިއަދު މެންދުރު ފަހު ކަތުމަންޑޫގެ ދަސާރާތު ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗު ބޫޓާން އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ބޫޓާނަށް ދިވެހި ސީނިއާ ޓީމުގެ އިތުރުން ޒުވާން ޓީމް ވެސް ބަލިކުރެވިފައެއް ނުވެއެވެ. ބޫޓާނަށް މީގެ ކުރިން ބަލިކުރެވިފައިވަނީ ހަމައެކަނި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ރާއްޖެ އަށް ލިބުނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބޫޓާނުގެ އޭރިއާ އަރިމަތިން މުހައްމަދު ޖައިލަމް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ހަސަން ރާއިފް އަހުމަދު ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ކެޕްޓަން އަކުރަމް އަބްދުލްގަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ބޫޓާނުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ބޫޓާނަށް ވުރެ ރަނގަޅަށް ރާއްޖެ ކުޅުނު ނަމަވެސް މިހާފުގައި ބޫޓާންގެ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅައެއް ރާއްޖޭގެ ގޯލުގެ ދަނޑީގައި ވަނީ ޖެހިފަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ރާއްޖޭގެ ރާއިފް އަށް އަނެއްކާ ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ބޫޓާން ޑިފެންޑަރަކު ސާފުކޮށްލަން ޖެހި ބޯޅައެއް އޭރިއާ ތެރޭ ހުހަށް ހުރި ރާއިފް އަށް ލިބުނު ނަމަވެސް ފޮނުވާލެވުނީ ބޫޓާން ކީޕަރު އަތަށެވެ. ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ރާއްޖެއާ އެއް ވަރަށް ބޫޓާނުން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ.
ބޫޓާނުން ލީޑު ނެގީ 54 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ކެޕްޓަން އޭރިއާ ތެރެއިން ފޮނުވާލި ޝޮޓް އަކްރަމް ބްލޮކްކޮށް ކޯނަރަކަށް ބޭރު ކޮށްލުމުން ލިބުނު ކޯނަރުން ހުރަސްކޮށްލި ބޯޅަ ޗިމީ ޑޯޖީ ބޮލުން ގޯލަށް ވައްދާލީ އެވެ. ބޫޓާނުން ލީޑު ނެގުމުން ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ މުހައްމަދު ސާމިރު އާއި ޒުވާން ކުޅުންތެރިއާ ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިފަ އެވެ. އާ ކުޅުންތެރިން ކުޅެން އެރުމާއެކު ރާއްޖޭގެ އެޓޭކްތައް ގިނަވި ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި ބޫޓާނުން ދިޔައީ ކައުންޓާގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ބޫޓާނުން ދެ ވަނަ ލަނޑު ޖެހީ 83 ވަނަ މިނެޓުގައި ފުބް ތިންލޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. މި ގޯލަށް ފަހު ބޫޓާނުން އުފެއްދި އިތުރު ކައުންޓަ އެޓޭކެއްގައި އެޓީމުގެ ޗެންޗޯ ވަނީ ލީޑު ފުޅާކުރަން ލިބުނު ހުސް ފުރުސަތު ބޭކާރުކޮށްލާފަ އެވެ. ޗެންޗޯ މުޅިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ޖެހުނީ ކީޕަރު ހުސައިން ޝަރީފް ގައިގަ އެވެ.
ރާއްޖެ އިން މެޗުގައި ކާމިޔާބުކުރި ހަކައެކަނި ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ރާއްޖެ އަށް ލިބުނު ކޯނަރެއްގައި ހަމްޕު އަށް ލިބުނު ބޯޅަ އެއް ފަހަރުން ފޮނުވާލުމުން ގޯލަށް ވަނީ ބޫޓާން ކުޅުންތެރިންގެ ބޯމަތިން ގޮހެވެ. ހަމްޕުގެ ގޯލަށް ފަހު އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކުރަން އަކްރަމަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. އޭރިޔާ ތެރެއިން އަކޫ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލުމުން ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
މިއަދުގެ މެޗަށް ފަހު ލީގު ބުރުގައި ރާއްޖެ އަށް ބާކީ އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު ނޭޕާލާ ވާދަކުރާ މެޗެވެ. މިވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ތިން މެޗުން 6 ޕޮއިންޓް ހޯދާފައިވާ ބޫޓާން އެވެ. ބޫޓާނުން ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް ވެސް ބަލިކޮށްފަ އެވެ. ބޫޓާނުގެ ފަހަތުން ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ. ތިން ވަނައިގައި ދެ ޕޮއިންޓާއެކު ލަންކާ އޮތްއިރު ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ރާއްޖެ އަށް ހަތަރު ވަނަ ލިބެނީ ގޯލުގެ ތަފާތުން ފަހަތުގައި އޮތުމުންނެވެ. ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ލިބިފައިވާ ބަންގްލަދޭޝް އެވެ.
ލޮލް
ތި ކޯޗް ވަކިކުރާކަށް ނުވޭތަ!
ފުރަތަމަ މެޗް އެއްވަރުވީމަ: "ކޮންމެ ޓީމެއްވެސް ފުރަތަމަ މެޗް ދާނީ މިގޮތަށް"
ދެވަނަ މެޗް އެއްވަރުވީމަ: "މީއެއްވެސް ކަމެއްނޫން، އަހަރެމެންނަށް އަމިއްލަ ބާރު އެބައޮތް"
ތިންވަނަ މެޗް: " ......
މިހާރު އެހެދީ ރެކޯޑެއް. ބޫޓާން އަތުން ބަލިވުން.
ގުއިބުރިއެއް ލިބޭނީ
ލަދު.. ފޮނި ދެއްކި ކޯޗަށް ބަލި ނުކުރެވުނު ސާކުގަ އޮތް އެންމެ ނިކަމެތި 3 ޓީމުވެސް
ތިއިތީ ރަން މެޑަލް ހޯދުފައެން
ކޯޗު ބޭރުކޮށްލާ . ޢަނގަ އައރުވާ
ބޫޓާން އަކީ މިސަރަހައްދުގައި އޮތް އެއްމެ ބަލިޓީމު. ދިވެހި ޓީމާއި ޖެހުނީމަ އެޓީމު ވެސް ވީ މޮޅު ޓީމަކައް. ރަގަޅު ފައިޓެއް ކުރެވޭ ވަރުގެ ޓީމެއް އުފެއްދޭނީ ކޮންދުވަހަކުން. ރަނގަޅު ކޯއްޗެއް ގެނަޔަސް އޭނަ އައްވުރެ މަތީގަ ކުޅުންތެރިންނާއި އޮފިޝަލުން ތިބެނީ. ވީމަ ވާނެގޮތް ވެ މި ނިމެނޫ.
މުސަޅަށް ވީހެންމިވަނީ މަމެންނަށް! ކުރީގައި ބޫޓާންއޭބުނެފިނަމަ މޮޅުވާނެކަން ޔަގީންވާނެ! ނަމަވެސް 50/50 ގައި ދުވަސްކޮޅެއްވެފައި 60/40 އަށް ބަދަލުކޮއްލީމި! ސާބަސް ބޫޓާން! މަރުހަބާ ބޫޓާން! ކާމިޔާބަކީ ގަދައަޅާ މަސައްކަތްކުރުމުން ލިބޭއެއްޗެއް! ކަންޡުކަހަބާއި މުސަޅުގެ ރޭސްމަތިން ހަނދާންވަނީ މިހާރު! އަބަދުވެސް ތަޖުރިބާކުރަނީ! އަހަރެންލަދުން "ބޮއިހަލާކު"
ބޫޓާން އެފެންވަރަށް ދިޔަ އީ ކޮންމެ މުބާރާތަކަށް ކޯޗް ބަދަލުކޮ އްގެންނެ އްނޫން. ޢެމީހުން ފަށަ އިގަތީ ޖަޕާން ވޮލަންޓި އަރެ އްގެ އެހީގަ އި. އެ އީ އެ އްގޮތެ އްގަ އި ހިފެހެ އްޓުމުގެ ފޮނި ނަތީޖާ.
އަދިވެސް ފުޓްސަލް ކުޅުވާ މުޅި ރާއްޖޭގައި! ފުޓްބޯލް ކުޅޭކަށް ނޭނގޭ މިހާރު މިއުޅޭ ކުޅުންތެރިންނަކަށް... ފުޓްސަލް ކުޅެކުޅެ ތިބެނީ އެއަށް ހޭނިފަ!
ފުޓްސަލްކުޅޭތަން ފެންނަނީ އާންމުކޮށް ފުޓްބޯލް ކެރިއަރ އިން ރިޓަޔަރ ކޮށްފައުޅޭ ފަރާތްތަކެއް ނޫންތަ!
ފުޓްސަލް ވިއްޔާ ފުޓްސަލް، ފުޓްބޯޅަވިއްޔާ ފުޓްބޯޅަ.
ކުރަންޏާ ކޮންމެވެސް އެއްކަމެއް ކުރަން ވެއްޖެ.
ވަރަށް ހަޑި. މުޅި ރާއްޖެ ލަދުގަންނަ ވާލައިފި.
ގައުމީ ކޯޗު ޕީޓާރ ސެގާރޓް މިހަރުން މިހާރަށް އިސްތިއުފާދީ ނޫނީ ބޭރުކޮށްލާ އަދި ބައްސާމާއި އަލީއުމަރުވެސް ބޭރުކޮށްލާ، މީ މިގައުމަށް ޖެހިފައިވާ ބޮޑު ވަބާއެއް.