މެންޗެސްޓާ ޔުނައިޓެޑް އަކީ އަދިވެސް ޕްރިމިއާ ލީގް ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައި ވެސް ހޯދި މެންޗެސްޓާ ސިޓީ އަށް ވުރެ ބޮޑު ކްލަބެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗު މިހެން ބުނެފައިވަނީ ޕްރިމިއާ ލީގުގައި މިރޭ އެތިހާދު ސްޓޭޑިއަމްގައި ޔުނައިޓެޑާއި ސިޓީ ވާދަކުރަން އޮތް މެންޗެސްޓާ ޑާބީ މެޗުގެ ކުރިން އޮތް ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑް މިވަގުތު ސިޓީ އަށް ވުރެ ފަހަތުގައި އޮތް ނަމަވެސް އެޓީމުން އެއްވެސް ހާލެއްގައި ދުލެއް ނުދޭނެކަމަށާއި އެޓީމުން މަސަތްކަތް ކުރާނީ ސިޓީ ފަހަތަށް ޖައްސާލައި އަނެއްކާވެސް ކުރިން ޔުނައިޓެޑް ނެރެމުން އައި ފަދަ ނަތީޖާތަކާއި ދިމާލަށް ޓީމުގެ މިސްރާބު ބަދަލުކުރުމަށް ކަމަށެވެ.

އަހަރެމެންނަކީ ސިޓީ އަށް ވުރެ ބޮޑު ކްލަބެއް. ޔުނައިޓެޑްގެ ހައިބަތު ބޮޑު ވީމަ އަހަރެމެންނަށް މަޖުބޫރުވޭ ކޮންމެ ގޮތެއް ވިޔަސް މިވަގުތު މި ދެޓީމް ދެމެދުގައި މި އޮތް ފަރަގު ކުޑަ ކުރަން. އެ ފަރަގު ކުޑަކުރެވޭތޯ އަހަރެމެން މަސަތްކަތް ކުރަންވީ. އަހަރެމެންނަށް އެކަން ކުރެވޭނެ. ނުކުރެވެންވީ ސަބަބެއް ނެތް. މީހުން އެބަތިބި. ރިސޯސަސް އެބަހުރި. ރަނގަޅު މިސްރާބަކަށް ދަތުރު ކުރެވޭހާ ހިނދަކު އެކަން ހާސިލްކުރަން މާ ބޮޑު ހުރަހެއް ނެތް، “ ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ މިހެން ބުންޏަސް ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ވަނީ ނަތީޖާ ނެރުމުގައި ގިނަ ހުރަސްތަކަކާއި ކުރިމަތިވެފަ އެވެ. މިވަގުތު 21 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި އެޓީމް އޮތް އިރު އޯލްޑް ޓްރަފޯޑް އިން ބޭރުގައި ސިޓީ އާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނަ އިރު ސޯލްޝެއާ އަށް ވަނީ ސަޕޯޓަރުންގެ ޕްރެޝަރު ވެސް ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

ޖެހިޖެހިގެން ތިން މެޗު މޮޅެއް ނުލިބި ހަމަކުރުމަށްފަހު ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ކުރިން ޔުނައިޓެޑަށް ކޯޗު ކޮށްދިން ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މިވަގުތު ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެޓީމަށް މޮޅެއް ލިބުމުންނެވެ. 2-1 އިން ޔުނައިޓެޑް އެ މެޗު ކާމިޔާބުކުރި އިރު އެއީ ފަހަކަށް އައިސް އެޓީމުގެ ކުޅުންތެރިންގެ ފަރާތުން އެވަރުގެ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ސޯލްޝެއާ ބުނީ ޓޮޓެންހަމް މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ފަދަ މޮޅު ކުޅުމެއް ސިޓީއާއި ދެކޮޅަށް ވެސް ދެއްކޭނެ ކަމަށާއި މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ. ސިޓީ އާއި ޔުނައިޓެޑް މިދިޔަ ސީޒަނުގައި ވާދަކުރި ދެ މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ސިޓީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    އަންގަ ބޮޑު މިދުވަސްތަކުގައި ގައިމުވެސް

    2
    2
  2. ދަންސޫރަ

    10 ގޯލް ޖަހަން މިކިޔަނީ ޔުނައިޓެޑް ކޮޅަށް ޔުނައިޓެޑް ބޮޑް ވަރަށް އެކަމަކު ސިޓީ ދޯ