ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މަގާމުން ވަކި ކޮށްފިއެވެ.

ގަައުމީ ފުޓްބޯޅަ ޓީމާއި ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ހަވާލުވެފައިވަނީ މިދިޔަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދައިފަ އެވެ. ފުޓްބޯޅައިން ރާއްޖެ އިން ހޯދި ދެވަނަ ރަން މެޑެއްޔަށް ފަހު ސެގާޓަށް ގައުމީ ޓީމާއެކު މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ދިވެހި ސަޕޯޓަރުންގެ ފާޑުކިއުންތައް ސެގާޓަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފަ އެވެ.

ސެގާޓަށް އެންމެ ފުރަތަމަ ސަޕޯޓަރުންގެ ޕްރެޝަރާއި ކުރިމަތިވީ ގައުމީ ޓީމުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) ބާކީ ކުރުމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރު ނުވުމުން ކަމަށް ބުނެ ދަގަނޑޭ ދޮޅު އަހަރަށް ވުރެ ގިނަ ދުވަހު ޓީމުން ބޭރުކޮށްފައި ބެހެއްޓުމަށްފަހު އަލުން އެނބުރި ޓީމަށް ނެގީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ވަރުގަދަ ޗައިނާ އާއި ދެކޮޅަށް ރާއްޖެ އިން ވާދަކުރި މެޗަށެވެ.

ސެގާޓް ޓީމުން ވަކިކޮށްފައިވާކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ފޭސްބުކް ޕޯސްޓެއްގައި ބައްސާމް ވިދާޅުވީ ސެގާޓާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށާއި ސެގާޓް ގައުމީ ޓީމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް މިފަހަރުގެ ސާފް ގޭމްސް އާއި ކުރިމަތިލީ ރަން މެޑެއްޔަކަށް އަމާޒު ހިފައިގެންނެވެ. ނަމަވެސް، މިފަހަރުގެ މުބާރާތް ރާއްޖެ އިން ނިންމާލީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް އެއްވަރުވި އިރު ޖެހިގެން އައި މެޗުގައި ލަންކާ އަތުން ވެސްވީ އެއްވަރެވެ.
އޭގެ ފަހުން ބޫޓާން އާއި ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ. މި މެޗުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ބޫޓާނަށް ދިވެހި ސީނިއާ ޓީމުގެ އިތުރުން ޒުވާން ޓީމް ވެސް ބަލިކުރެވިފައެއް ނުވެއެވެ. ބޫޓާނަށް މީގެ ކުރިން ބަލިކުރެވިފައިވަނީ ހަމައެކަނި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ރާއްޖެ ކުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުހައްމަދު

    ލަސްވެސް ވެއްޖެ.

    44
    6
  2. ސަޕޯޓަރު

    ފައިނަލީ. ތޭންކްޔޫ އެފްއޭއެމް.

    37
    4
  3. ކެސައަންނި

    އަންނި އަރުވާ ކޯޗަކަށް

    55
    7
  4. ސައިއްޓޭ އުނގޫފާރު

    ކޯޗެއްނޫން ވަކިކުރަންވީ ވެރިކަމުގަ މިހުރި ދިވެހިންނައް ޖެހިފަވާ ބަލާމުސީބާތުގެ ކިބައިން ސަލާމަތްވެ މިކަލޭގެ ވަކިކުރަންވީ

    29
    11
  5. ބަބޫ

    ދަނގަޑޭމެން އަރުވަނީ ނުފޫޒުން. ކޯޗް މަސައްކަތް ކުރީ ރަނގަޅަށް. އެއްމެފަހުން ގޯސްވީ އޭނަ. ކިރިން ދަނގަޑޭމެން ކުޅުނުހެން މިހާރަކު ނުކުޅެވޭ. މިހާރު ފައިދަށަށް ބޯޅަލީމަ ޖަހާލަނީ. މޮޅުކުޅުންރެތިން ބެންޗުގަ. ބާރުވެރި ފަރާތްތަކުގެ ނުފޫޒުން ޓީމް ނަގަނީ. ދުވަހަކުވެސް ދިވެހި ފުޓުބޯޅައެއް ކުރިއަރާކަށް ނެތް. ބެލުންވެސް ދެން ނިމުނ8

    26
    15
  6. ⛸️ ރޮނޑާ

    ??. މިއުޅެނީކީ ކޯޗުގެ މައްސަލައެއްނޫން. މަރުވެ ފަސްގަޑު ހިކި ފައިވާ ދަނޑަކުން ގޮވާން ކަނޑަން ކިތައްމެ މޮޅު މީހަކު ފޮނުވިއަސް ކެނޑޭނެ ގޮވާމެއް ނެތް.ކަލޭމެން ތިއުޅެނީ އެއްމެ ކުޅިން ތެރި އަކު ލައްވާ އެގާރަ ކުޅުންތެރިންނާއި ދެކޮޅައް ކުޅެމޮޅުވާން. މުސްތަހީލު ކަމެއް. ތިކަމެއްނުވާނެ.. މިހެން ބުނީމަ ރުޅި އައިސްގެން މަޝައް ބަވާނީކީ ނޫން.

    23
    3
  7. ހަހަހަ

    މާ ބޮޑަށް ވެސް ލަސްވެއްޖެ ﷲ އައް ޚަމްދުހުރި

    16
    3
  8. ދިވެހި ފޭރާން

    ކޯޗުން އައްޔަން ކުރުން މަޖްލީސް އާ ހަވާލު ކުރައްވާ!

    22
    2
  9. ބިންގޯ

    ކޯޗުވަކިކުރީމަ ނިމުނީތަ. ސުޒޭނު އާހަވާލު ކޮއްބަލަ.

    21
    2
    • ⚽ ރޮނޑާ

      ސުޒޭނާއި ހަވާލު ކުރީމަ މިހާރު ވާވަރވެސް ނުވާނެ. ދާނީ ޗޮކުން. އެސޮރުމެން ދެން ބައިތިއްބާ ދަނޑުގެ ލައިންކުރަހަން. މެރަޑޯނާ ވެސް އިރެއްގައި އަތުން ބޯޅައިގައި ޖަހާ ބޯޅަ ގޯލައް ވައްދައިގެން މަަޝްހޫރު ވި. މިހާރު އޭނަ ކުޅި ބަލަން ވައްދަން ވެސް ކަމަކު ނުދޭ.

      8
      4
  10. ވީޕީއެން

    ކޯޗުކަން ކުރަން މަޖިލީހާ ހަވާލުކުރައްވާ

    8
    1
  11. ަިއިބިލީސ

    ނެތް އެއްޗަކުން ކިތަންމެ ވަރަކަށް ދިޔަފެލަން އުޅުނަސް ނިކުންނާނެ އެއްޗެއް ނޯންނާނެ. ވަރަށް ވާހަކަ

    10
    1
  12. އަހްމަދު

    ހެޔޮނުވާނެ އަދި ބަހައްޓާލަދީ.ވޯލްޑް ކަޕަށްޚޮލިފައިވަންދެން

    5
    2
  13. އަސީ

    ޓީމްއެއްގެގޮތުގަ ނު ކުޅޭނަމަ ދުވަހަކުވެސް ރަންގަޅެއްނުވާނެ

    10
  14. ރާއްޖެ ފޫޓްބޯޅައަށް ލޯބި ކުރާމީހެއް

    މާބޮޑައްވެސް ލަސްވެއްޖެ އޭނަ ބޭރުކުރަން. އޭނަ ހަވާލުވި ފަހުން ދިޔައީ ދަށަށް