30 އަހަރުގެ މެނޭޖަރެއްގެ ކެރިއާގައި ފރާންސަށް ނިސްބަތްވާ އާސެން ވެންގާ އަށް ޔޫރަޕުގެ ތައްޓެއް އުފުލާ ލެވިފަކާއެއް ނުވެއެވެ.

ނަމަވެސް އުންދަގޫ ސީޒަނަކަށް ފަހު ވެންގާއަށް 30 އަހަރުގެ ހުވަފެން ހަގީގަތަކަށް ވެދާނެއެވެ. އާސެނަލްގެ ފޯވާޑު އެލެކްސެންޑާ ލަކަޒެޓް ބުނާގޮތުން މިފަހަރު ޔުރޮޕާ ލީގު ހޯދަން މަސައްކަތް ކުރަނީ ވެންގާގެ ވަޒީފާ ސަލާމަތް ކުރުމައް ކަމަށެވެ. ޕްރެމިއާ ލީގުގެ 6 ވަނައިގައި އޮތުމުގެ ސަބަބުން އާސެނަލް އަށް ޖެހި ޖެހިގެން ދެވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެއެވެ. އެހެންނަމަވެސް ޔުރޮޕާ ލީގު ތަށި ނަގައިފިނަމަ އާސެނަލް ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނެއެވެ.

ވެންގާ ގެ ކޮންޓްރެކްޓުގައި 1 އަހަރު ބާކީ އޮތް ނަމަވެސް އޭނާގެ މަގާމަށް އަންނަނީ ގިނަ ސަޕޯޓަރުންގެ ފާޑުކިޔުންތަކެއް އަމާޒުވެގެންނެވެ. އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔަ މެޗުގައި 2 ގޯލު ޖެހުމަށް ފަހު އޭނާ ގެ އަމާޒަކީ އޭނާގެ ކޯޗު ސަލާމަތް ކުރުން ކަމަށް ވަނީ ބުނެފައެވެ.

" އަހަރެމެންގެ މެނޭޖަރު ސަލާމަތް ކުރަން ކުރެވޭނެ ކަމެއް އެއީ، ކްލަބަށް ކިތަންމެހާވެސް ގިނަ ގުނަ ކަމެއް ކޮށް ދީފައި ވެސްވޭ. އަހަރެމެން ބޭނުން ވަނީ ގިނަ ތަށިތަކެއް އުފުލާލުމަށްޓަކައި" ލަކަޒެޓް ބުންޏެވެ.

" އާސެނަލް ލީގުގައި ދައްކަމުން އަންނަ ކުޅުން އެހާ ރަނގަޅެއް ނޫން އެހެންވީމަ އަހަރެމެންގެ ސީޒަން ވެސް ސަލާމަތްވެ ތައްޓެއްވެސް ހާސިލުވެފައި ހުންނާނެ"

އާސެނަލް ސެމީ އަށް ދިޔައީ ސީއެސްކޭއޭ މޮސްކޯ އާއި ދެކޮޅަށް 6-3 ގެ އެގްރިގޭޓު ނަތީޖާ އަކުންނެވެ. ނަމަވެސް ސެމީ ފައިނަލްގައި ކުޅެން ޖެހިފައިވަނީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. އެތްލެޓިކޯ މެޑްރިޑަކީ 2010 އަދި 2012 ގެ ޔުރޮޕާ ލީގު ޗެމްޕިއަނުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސެނަލްއަށްވުރެ އެތްލެޓިކޯ މެޑްރިޑް ޔޫރަޕާ ލީގަށް ގަދަވެފައި މޮޅުވާނެކަން ދަންނާތި. މިފަހަރު މަޅާނުލިއްޔާ ނަސީބު.