ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި ނޭޕާލް އާއި ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ބަލިވެއްޖެ އެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސާފް ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލުން ރާއްޖެ ބަލިވުމުން މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ރާއްޖެ ބައްދަލުކުރާނީ ބޫޓާންއާ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 9:45 ގަ އެވެ. ބޫޓާން ވަނީ މިއަދު ކުޅުނު އަނެއް ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެފަ އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ނޭޕާލުން ކާމިޔާބުކުރީ 68-55 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ނޭޕާލް ކުރީގައި އޮތީ 13-19 އިންނެވެ. ދެ ވަނަ ކުއާޓަރުގައި ނޭޕާލާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރަން ރާއްޖޭން މަސަތްކަތް ކުރި ނަމަވެސް ނޭޕާލުން ވަނީ ހަމަޖެހިލައިގެން ކުޅެ ލީޑު ދަމަހައްޓައިފަ އެވެ. މި ކުއާޓަރު ނިމުނުއިރު، ނޭޕާލް ކުރީގައި އޮތީ 27-35 އިންނެވެ.

ރާއްޖޭގެ ކުޅުން ތިންވަނަ ކުއާޓާގައި ދަށްވެ ނޭޕާލުން ލީޑު ފުޅާކުރީ މިކުއާޓާގަ އެވެ. މި ކުއާޓަރުގައި ނޭޕާލްގެ ކުޅުން ކުރިއަށްވުރެ ވަރުގަދަ ކުރި އިރު، ކުއާޓަރު ނިންމާލިއިރު އެޓީމު ކުރީގައި އޮތީ 38-55 އިންނެވެ.

މެޗުގެ ފަހު ކުއާޓާގައި ރާއްޖެ އިން ފަރަގު ކުޑަކުރެވޭތޯ މަސަތްކަތް ކުރި ނަމަވެސް ނޭޕާލުން ވަނީ ލީޑު ދަމަހައްޓައި 55-68 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ރާއްޖެ ޓީމަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ފާތިމަތު ރިޝްމާ އަދި ހައުމާ އުބައިދުﷲ (ހައު) އެވެ. ރިޝްމާ ވަނީ 22 ޕޮއިންޓް ހޯދައިދީފަ އެވެ. ޝިއުރާ 17 ޕޮއިންޓް އެއްކުރިއިރު، ހައުމާ ވަނީ 11 ޕޮއިންޓް ހޯދައިދީފަ އެވެ. ނޭޕާލުން އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ އެޓީމަށް 15 ޕޮއިންޓް ހޯދައިދިން ގުރުންގް އެލީނާ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން ފަހު މެޗުގައި ސްރީލަންކާ ބަލިކޮށްގެންނެވެ. އަދި މިއީ ސާފް ގޭމްސް ތާރީހުގައި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަޅިރަވަ

    މީގެ ކުރިން ދިވެހި ކޯޗަކާއި ދިވެހި އެސިސްޓަންޓް ކޯޗެއްގެ އެހީގައި ރާއްޖެވަނީ ތިޔަ ނޭޕާލްވެސް ބަލިކޮށްފައި އަދި ބޫޓާންވެސް ބަލިކޮށް 3 ވަނަ ލިބުނު. ޒުވާންކުދިންގެ ބަދަލުގައި 250 ސިލިންޑަރުގެ މަސް ބޯޓުފަހަރު ބޭނުންކުރީމަކާ ނުދުވާނެ ބާރަކަށް. ތިޔަ ސުޕުން ވަމާލު ބޭރުކޮށްބަލަ.

    4
    1
  2. އެލްޒާ

    މާބޮޑަށް ފެންވަރު އޮޅުނީ، ސުޕުންވިމާލް ލަންކާ ޓީމްގެ ކޯޗަށް ރިސްވަތުދީގެން ލަންކާގެ މޮޅެތިކުޅުންތެރިން ގިނަވަގުތު ކުޅުވިޔަނުދީ ރާއްޖެއަށް މެޗު ކާމިޔާނުވުމުން މާފޮނިބޮޑުވީ. ސުޕުން އަކީ މިސަރަހައްދުގައި ޖަރީމާތައް ހިންގަމުން ދުވާ މީހެއް.

  3. ބައިޕާސް

    ހަސަންބެ އަށް ނޭޕާލް ކޯޗު ގަނެނުލެވުނު، ކުޅުމަށްވުރެ މިބައިގަނޑަށް މުހިންމީ ފައިސާގެ މުއާމަލާތް ހިންގާ ނާޖާއިސް ފައިދާ ހޯދުން.

  4. ބަރުޖޯރާ

    އެސޯސިއޭޝަންގެ ޓްރެޒަރާ އެޑަމް މިމުބާރާތަށް ގެންދަންދިންފައިސާއިން އެއްބައި މަދުކޮށްދީފައިވަނީ، ކޮބާހޭ ބާކީފައިސާ އެސޯސިއޭޝަނަކުނެތް.

  5. އުސްތާޒް

    ޒުވާންކުދިންނަށް ދޭންޖެހޭ ވަގުތު މަދުކޮށް މުސްކުޅިން ނަށް ގިނަވަގުތުދީގެން ކުޅުވުމުގެ ނަތީޖާތިފެނުނީ. މިހާރަކު މުސްކުޅިންނަކަށް ގިނަވަގުތު ހިފަހައްޓައެއްނުލެވޭނެ. މީކުޅިވަރުގެ ހަގީގަތް ގަބޫލްނުކުރާތި އަދިވެސް.

  6. ޖަރުމަނު އަލީ

    ބާސްކެޓްގެ ކޯޗުންތަކުގެ ތެރޭގައި އަދި ނެތް ނަޒީފް ކޯޗް ވަރުގެ ކޯޗެއް. ހަމަޖެހޭނީ ހަޖަމްކޮށްލާން. ތިޔަ ސުޕުން މަތިމައްޗަށް ފެއިލްވެއްޖެ. ލިބޭ މަންފާއަށް ބާސްކެޓް ފުނޑާލުންފިޔަވާ އެޑަމްމެން ކުރާކަމެއްނެތް.

    3
    1
  7. ހާޑިންގްހަމް

    2 މެޑަލް ހޯދި ކޯޗެއް ރާއްޖެއަކު ނުހުންނާނެ ހާޑީ ކޯޗުފިޔަވާ. ފުޓުބޯޅާ ކޯޗު ބޭރުކޮށްލިހެން ތިޔަ ސުޕުންގެ ކިބައިން މިރާއްޖޭގެ ބާސްކެޓްބޯޅަ ސަލާމަތްކުރަންޖެހޭ.

  8. ޑޭވިޑް

    މަށަކަށް އަދިވެސް ނުފެނޭ ބަދަލެއް. 2 ލައްކަ ހިޔާހެން ބީއެމްއެލް ކޯޓުއަޅާ، ގައުމީ ޓީމުތަށް ބޭރަށް ގެންދަން ތެޅުނަސް އެބަޖެހޭ ރަގަޅުފެންވަރުގެ ކޯޗެއް ހޯދަން. މިހާރު ސުޕުންއަކީ ޗޮއިސްއެއްނޫން.

  9. ލޮލް

    ނަޒީ އާއއއއ އި ނަޒީގެ ޕަޕެޓްސް އެހެން ކަމަކާ އުޅެން ވީނުދެން. މިރީޖަންގެ އެންމެ ބޮޑު މުބާރާތުން އެއ އޮތީ މެޑަލް ހޯދާފަ. މިކަން ހަޖަމުކޮ އްލާ ދެން. ވަޓް އެވާ ހެލްޕްސް ޔޫ ސްލީޕް އެޓް ނަ އިޓް. ލޮލް