ހއ. އިހަވަންދޫގައި ކުރިއަށްދާ “މައި ކަޕް” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހަމަނުޖެހުން ހިންގައިފި އެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ހަމަނުޖެހުން ހިންގާފައިވަނީ ދިއްދޫ އެޗް އެން ސްޕޯޓްސް ކްލަބާއި މާރަންދޫ ޔޫތު ސޮސައިޓީ ބައްދަލުކުރި މެޗް ނިމުނުތަނާހެންނެވެ.
ހަމަނުޖެހުން ހިނގަން މެދުވެރިވީ ރެފްރީގެ ނިންމުންތަކާއި ހެދި މާރަންދޫ ޓީމުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ”ވަގުތު” އަށް މައުލުމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ މެޗަށް ފަހު ހިނގި މިހަމަނުޖެހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މައިކަޕަކީ ހއ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރެ އެވެ.
އިތުރު ތަފްސީލް އަންނަނީ...
ތިނޫން ގޮތަކަށް ތި މީހުން ކުޅޭ މުބާރާތެއް އެބަ ދޭތަ! ދެން އޮތް އެންމެ ރަގަޅު ހައްލަކީ ތި ތަޅާފޮޅުންގަނޑު ނިމެންދެން ކުރިޔަށް ގެންދެވޭ ގޮތަކަށް ގެންދިޔައުން! ތަޅާތަޅާ ބަލިވެގެން އަމިއްލައަށް ހުއްޓާލަފާނެނު!
ތި ދިއްދޫ މީހުންނަކީ އެއްވެސް ތަހުޒީބެއް ނެއް ބަޔެއް، ކަލޭމެން ﷲގެ ރިޒްގް، މަސްތަށް އޮފީހަށް އަޅާލި ފަހުން އަދިޔާޖެންދެންވެސް މިގައުމުގެ މަސްވެރިކން ރަނގަޅެއްނުވޭ
ޢުތުރުގެ ގަމާރުން
އިންސާފަށް ރެފްރީގެ ނިންމުންތައް ނިންމި ނަަމަ އެހެނެއް ނުވީސް. މާރަންދޫ އަށް ތަށި ގެނެސްދާނެތީ ރެފްރީން ބިރުން މެޗް ދިނީ. އިއްޔެގެ މެޗް ބެލިމީހަކަށް ވިއްޔާ އެނގޭނެެ އެކަން