އޮލިމްޕިކްސްގެ ތާރީޙުގައި އެންމެ ކާމިޔާބު އެތްލީޓް އަދި ފެތުންތެރިޔާ މައިކަލް ފެލްޕްސް އަށް އަނެއްކާވެސް ލޯބި ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ފެލްޕްސް އާއި އޭނާގެ އަންހެނުން ނިކޮލޭ އަށް ފިރިހެން ކުއްޖަކު ލިބިފައި ވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ، ދުނިޔޭގެ އެންމެ ކާމިޔާބު އޮލިމްޕިއަން އަށް އޭނާގެ ދެވަނަ ދަރިފުޅު ލިބިފައި މިވަނީ ދެކުނު ކޮރެއާގައި މިހާރު ކުރިއަށް ދާ ވިންޓާ އޮލިމްޕިކްސްގެ ތެރެއިން ކަމެވެ.

ފެލްޕްސް އޭނާގެ އަންހެނުންނާއި އައު ދަރިފުޅާއި އެކު

އިއްޔެގެ ވަގުތެއްގައި ފެލްޕްސް އަށް ލިބުނު ކުއްޖާ އަށް މަރުޙަބާ ކިޔައި އޭނާގެ ދޮށީ ފިރިހެން ދަރިޔާއި އަނބިމީހާ އާއި އެކު ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ގައި އޭނާ އާއްމު ކޮށްފައި ވާއިރު، ގިނަ ބަޔަކު އަންނަނީ ފެލްޕްސް އަށް މަރުޙަބާ ކިޔަމުންނެވެ.

"އިއްޔެ އަކީ ވަރަށް ޙާއްސަ ދުވަހެއް. އަހަންނާއި އަހަރެންގެ އަންހެނުން ބެކެޓް ރިޗާޑް ފެލްޕްސް އަށް މި ދުނިޔެ އަށް މަރުޙަބާ ކިޔަން. އަހަންނަށް އިހްސާސް ކުރެވެނީ މި ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހަކީ އަހަރެންހެން."

ދެ ދަރިންނާއި އަތްބެއްގެ އިތުރުން އާއިލާ ކަމުގައި ދެކިގެން 6 ކުއްތާވެސް ބަލަމުން އަންނަ ފެލްޕްސްގެ ދޮށީ ދަރިފުޅު، ބޫމާ އަށް މިހާރު 2 އަހަރު ފުރެން ގާތްވެފައިވާ އިރުގައި، ދުނިޔޭގެ އެންމެ ކާމިޔާބު އޮލިމްޕިއަން ވަނީ 2016 ވަނަ އަހަރު ރިއޯގައި އޮތް އޮލިމްޕިކްސް އަށް ފަހު ރިޓަޔާ ކޮށްފައެވެ.