އިސްރާއީލާއި ދެކޮޅަށް އާޖެންޓީނާއިން ކުޅެން ނިންމާފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ކެންސެލްކޮށްފިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި މޭ މަހުގެ ތެރޭގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅެން ނިންމާފައިވާ މި މެޗު ކެންސެލް ކޮށްފައިވަނީ އާޖެންޓީނާގެ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކެއް މި މެޗު ކުޅުމަށް ދެކޮޅު ހަދާފައިވާތީއެވެ.

އެގޮތުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި، އަގުއެރޯ އަދި ޑިމާރިއާގެ އިތުރުން ހިގުއިން ވަނީ މެޗު ކުޅުމާއި ދެކޮޅު ހަދާފައެވެ.

އާޖެންޓީނާއިން އެކުވެރިކަމުގެ މެޗު ކެންސެލްކޮށްފައި މިވަނީ އާޖެންޓީނާގެ ކޮމިޓީ އޮފް ސޮލިޑަރީ ވިޓް ފަލަސްތީނުން އާޖެންޓީނާގެ ގައުމީ ޓީމަށް އިސްރާއީލަށް ނުދިޔުމަށް އިލްތިމާޒްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލާއި އެކު ފުޓްބޯޅަ މެޗެއް ކުޅެން އާޖެންޓީނާގެ ގިނަ ކުޅުންތެރިން ދެކޮޅު ހަދާފައި ވާއިރު ދާދި ފަހުން އިސްރާއީލް އިން ވަނީ ފަލަސްތީންގެ 30 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން އެމީހުން ޝަހީދުކޮށްލީ އަމިއްލަ ވަޒަރުން ގަދަބާރުން ނެރެފައިވާ ފަލަސްތީން ރައްޔިތުންނަށް އަނބުރާ އެމީހުންގެ ވަޒަނަށް އައުމުގެ ފުރުސަތު ދިނުމަށް ގޮވާލާ މުޒާހަރާ ކުރުމުންނެވެ.

މީގެ އިތުރުން އިސްރާއީލުން ދަނީ ސީރިއާ އަށް ވެސް ދޭތެރެ ދޭތެރެއިން ވައިގެ ހަމަލާތައް ދެމުންނެވެ.