ގައުމީ ބޮޑީ ބިލްޑިންގް ޓީމަށް ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ކޯޗު ރާއްޖެ ދޫކޮށް ފިލައިފިއެވެ.

ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް) އާއި ސްޕޯޓްސް މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ކޯޗު އަނޫރާގް އަނިލް ކުމާރް ރާއްޖޭގެ ބޮޑީބިލްޑިންގް ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ތެރޭ އެވެ. އަނޫރާގް އަކީ އިންޑިއާގެ ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި މަސަތްކަތް ކުރަމުން އައި މީހެކެވެ.

އޭނާ ރާއްޖެ ދޫކޮށް ފިލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ކަމަށް ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ. އޭނާ ފިލާފައިވަނީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް ކަށަވަރުވެފައި ނުވި ނަމަވެސް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިންގް މުބާރާތާއި ހިސާބުން ކޯޗާއި އެސޯސިއޭޝަނާއި ދެމެދު މައްސަލަތަކެއް ޖެހި ދެފަރާތުގެ ގުޅުން ގޯސްވެގެންދިޔަ ކަމަށް އެއިރު އަޑު ފެތުރުނެވެ.

އެނގިފައިވާ ގޮތުގައި މުބާރާތަށް ސިންގަޕޫރު މަގުން ފެރީގައި ބަތާމަށް ބޮޑީބިލްޑިންގް ޓީމް ދިއުމަށް ރާވާފައި އޮތް އިރު، ސިންގަޕޫރަށް ކޯޗު ގެންދިޔައީ އޭނާގެ ވިސާ ހަމަނުޖައްސަ އެވެ. އެހެންކަމުން ސިންގަޕޫރުގެ އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. އެ މައްސަލައިގައި ކޯޗު ގާތްގަނޑަކަށް 10 ގަޑިއިރު ޑިޓެންޝަނުގައި ބޭންދިކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެ މުބާރާތަށް ފަހު ޓީމާއެކު ޓްރެއިނިންގް ތަކުގައި ކޯޗު ބައިވެރިވި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ހަބަރެއް ނުވެގެން ދިރިއުޅުނު ކޮޓަރި ބަލައި ސާފުކުރި އިރު އޭނާ ނެތްކަން ފާހަގަކުރެވި ފަހުން ފުލުހުންނާއި ގުޅިގެން އެސޯސިއޭޝަނުން ބެލި ބެލުމުން ކޯޗު ރާއްޖެ ދޫކޮށް ގޮސްފައިވާކަން އެނގިފައިވެއެވެ. މިކަމާއި ގުޅޭގޮތުން އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދު އާއި ސުވާލު ކުރުމުން ވިދާޅުވީ ކޯޗާއެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުސްނާ

    ފިލާނެންނު ކޯޗަށް އެކަހަލަ ކެހި ދިނީމަ.... ވިސާ ހަމަ ނުޖައްސާ ، ޑީޕޯޓްކޮށް 10 ގަޑިއިރު ބައިންދާ.....
    ލަދުން ބޯ ހަލާކު.... އިންތިޒާމު ތިހިރީ ކުރެވިފަ... ދެން އަތް ޖަހާ....

    70
    3
  2. އެންދެރި

    އިމިގްރޭޝަން އަށް ވެސް ނޭނގުނެވެ.

    21
  3. ކެހި

    މިސަރުކާރުގެ ރީނދޫ ކުދީން ހާއްސަކޮށް އަންނި ވަރަށގިނނަ އިން ގެންގު ޅޭއެއްޗެ އްކަމަށްވަނީ ކ ހ އެނަން ކިޔާއެއްޗެހި

    16
  4. ޙަސަނާ

    މަހުލޫފު ތަނެއްއޮތިއްޔާ ބޯކޮއްޕާތި އަދިވެސް ކޯޗައްދިންލަޑުންވެސް ކަލޭގެ ފެންވަރު އެގިއްޖެ..

    33
  5. ޙަސަނާ

    މަހުލޫފު ތަނެއްއޮތިއްޔާ ބޯކޮއްޕާތި އަދިވެސް ކޯޗައްދިންލަޑުންވެސް ކަލޭގެ ފެންވަރު އެގިއްޖެ....ލޮލް.

    19
  6. ދަވާލި19

    އެތާނގެ އަހުލުވެރިންގެ ނުބައިކަމުން އިބިލީހައް ނޫޅެވުނުތަނެއްގަ އެތާނގެ އަހުލުވެރިންނޫން އެހެން އިންސާނަކައް އުޅެވޭނެތޯ؟

  7. ޅަބޭ

    ހެހެހެހެހެހެހެހެހެހެހެހެހެހ ހީހީ މީހަކު ހޭދެބައި ވެދާނެ. ތީ އެސޯސިއޭޝަންތަކުގެ ހާލު. މަހުލޫފަކީ ފައްކާ ސުމެއް. ސަޅިބައިސާގެ އައްޕަ. ތަނެއް އޮތިއްޔާ ބޯކޮއްޕުމުގެ އައްޕަ.