ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. މިޖަލްސާގައި އެސޯސިއޭޝަން އައު ދައުރަކަށް އިންތިޙާބް ކުރުން އޮންނާނެއެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އިސްމާގާމްތަކުގައި މަސައްކަތްކުރަވަން ބޭނުންފުޅުވާ މެންބަރުން އެސޯސިއޭޝަނުންވަނީ މިހާރު އެފުރުސަތައް އެދުމަށް ހުޅުވާލާފައެވެ.

އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަޤާމްތައް

  1. އެސޯސިއޭޝަންގެ ރައީސް
  2. އެސޯސިއޭޝަންގެ ނާއިބު ރައީސް
  3. އެސޯސިއޭޝަންގެ ހަޒާންދާރު
  4. އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު
  5. އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރ
  6. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރ
  7. އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު

މިމަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައި.ޑީ.ކާޑްގެ ކޮޕީއާއިއެކު 3 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ އެދިފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަކާއި، އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދާ 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ ފައިވާ ފަރާތްތަކެވެ.

އަދި ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، އެއެސޯސިއޭޝަންގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން ފާއިތުވި 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ކްލަބު ޖަމިއްޔާތަކަށެވެ. މީގެ އިތުރުން ފާއިތިވީ އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީތަކުގެ ތެރެއިން ޤައިވާއިދާ އެއްގޮތަށް ރިޕޯޓް ހުށަހަޅާ ކޮމެޓީތަކަށް ވޯޓް ދެއްވޭނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޝަރުތުހަމަވާ ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާކިލް

    ރައީސް އަކަށް ޒިޔާ
    ނައިބަކަށް ޖާވިޒް އާޒިމާގެ