ވެސްޓަމް އަށް މިހާރު ކުޅެމުންދާ ޖޯ ހާޓް ހޯމަ ދުވަހު ހެދި މިސްޓޭކުގެ ސަބަބުން އޭނާގެ އިތުބާރު ގެއްލިއްޖެ ކަމަށް ޗެލްސީ އަދި އިނގިރޭސި ވިލާތުގެ ކުރީގެ ފޯވާޑު ކްރިސް ސްޓަން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ ގައުމީޓީމުގެ ގޯލު ކީޕަރު ވޯލްޑް ކަޕުގައި ކުޅުވައިގެންނުވާނެ ކަމަށް ކްރިސް ސުޓަން ބުނެފައި ވާ އިރު ހޯމަ ދުވަހު ސްޓޯކް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދުރުން އައި ޝޮޓެއް ނުނެގި ދިޔަ ބޯޅަ ޕީޓާ ކްރައުޗް ވަނީ ގޯލަށް ވައްދާލާފައެވެ.

މެޗުގެ ފަހުން ސުޓަން ބުނެފައި ވަނީ ޖޯ ހާޓް ވަނީ އޭނާގެ ވޯލްޑް ކަޕު ޓިކެޓު ވައްޓާލާފައި ކަމަށާއި ގެރެތް ސައުތްގޭޓުގެ ޓީމުގައި އޭނާ ހިމަނައިގެން ނުވާނެކަމަށެވެ.

ބީބީސީ އަށް މައުލޫމާތު ދެމުން ސްޓަން ބުނެފައި ވަނީ ހާޓް އަކީ ޑްރެސިން ރޫމުގައި ކިތަންމެ ރަނގަޅަސް އަދި ރަނގަޅު މީހެއް ނަމަވެސް އޭނާ ގޮވައިގެން ނުދިޔުމަށެވެ.

"އިނގިރޭސިވިލާތުގެ ޓީމުގައި 2 ކީޕަރުން އަނިޔާ ވެއްޖެ ނަމަ 3 ވަނަ ކީޕަރުވެސް ހުންނަން ޖެހޭނީ ވަރުގަދަޔައް. ހާޓް އަށް ވުރެ މޮޅު ކީޕަރުން އެބަތިބި" ސުޓަން ބުންޏެވެ.

މީގެ އިތުރުން ސުޓަން ބުނެފައިވަނީ ސައުތް ލޭންޑް ވިސްނަން ޖެހެނީ ހާޓް ސޭވެއް ކޮއްގެން އިނގިރޭސި ވިލާތު މުބާރާތުގައި ބެހެއްޓުމަށް ކަމަށެވެ.

"އެއަށް ފަހު ސައުތް ގޭޓަށް ޖޯ ހާޓް އިނގިރޭސި ވިލާތުގެ ޖޯޒީގައި އިތުބާރު ކުރެވޭތަ؟" ސްޓޯކް މެޗުގައި ހާޓް ހެދި މިސްޓޭކާއި ގުޅޭ ގޮތުން ސުޓަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު