ރާއްޖޭގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ޓީއެފްޖީ “ކޮކާކޯލާ ރަން އިން ލާމު 2020” ގައި ފުލް މެރެތަން އެއް ފުރިހަމަ ކުރައްވައިފިއެވެ.

މެރެތަންއެއް ފުރިހަމަކުރުމަކީ ޢާންމުކޮށް ދުވެ ކަސްރަތު ކުރާ މީހުންނަށްވެސް އެހައި ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވަނީ 42 ކިލޯމީޓަރުގެ މެރެތަން އެއް 5 ގަޑިއިރު 39 މިނެޓުން ނިންމަވައި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައެވެ. މިއާއެކު މުޅި ދުނިޔޭގައިވެސް ފުލް މެރަތަނެއް އެންމެ އަވަހަށް ނިންމި ފަސްޓްލޭޑީގެ ޝަރަފު އެކަމަނާ އަށް ވަނީ ލިބިފައެވެ.

މީގެ ކުރިން ގައުމެއްގެ ފަސްޓްލޭޑީއަކު މެރެތަންއެއް ފުރިހަމަ ކުރެއްވީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔާޓާ ލަންޑަން މެރެތަން ފުރިހަމަ ކުރެއްވީ ހަތް ގަޑިއިރާއި ހަތަރު މިނިޓުންނެވެ. ކެންޔާ އަކީ ދިގު ރާސްތާ ދުވުމުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ގައުމެވެ. އެހެންކަމުން މާގަރެޓް އަށްވުރެ ދެ ގަޑިއިރާއި 35 މިނިޓު އަވަހަށް މެރަތަން ނިންމައި މެޑަމް ފަޒުނާ ތާރީހުގެ ތެރެއިން ވަދެވަޑައިގަތުމަކީ މުޅި ރާއްޖެ އަށް ލިބިގެންދިޔަ ބޮޑު ފަހުރެކެވެ.

މެޑަމް ފަޒްނާގެ ހިތްވަރަށް ތަޢުރީފްކޮށް ސޯޝަލް މީޑީޔާގައިވެސް ގިނަބަޔަކު އަންނަނީ އެކަމަނާއަށް ތަޢުރީފްކުރަމުންނެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގު (މަރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިގު ރާސްތާ ދުވުމެއްގެ އެއްވެސް ކެޓެގަރީއެއްގައި ކެންޔާ ބަލިކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މަރޭ ވަނީ މިއަދު މެޑަމް ފަޒްނާ މެރެތަން ނިންމަވާތަން ފެންނަ ވީޑިއޯ އެއްވެސް އާންމުކޮށްފައެވެ. މެޑަމް އަށް ފިނިޝް ލައިނުން މަރުހަބާ ކިޔައި، މެޑަލް ހަވާލުކޮށްދިނީ އެކަމަނާގެ ދަރިކަނބަލުން ސާރާ އައިޝާ އިބްރާހީމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ މިދިޔަ އަހަރު ވެސް ޓީއެފްޖީ އިން ލ. ގަމުގައި ބޭއްވި ރަން އިން ލާމު ގެ 5 ކިލޯމީޓަރު މެރަތަން ފުރިހަމަ ކުރައްވާފައެވެ. ފަސްޓް ލޭޑީން މެރަތަންގައި ދުވުމަކީ އާންމުކަމަކަށް ނުވިޔަސް ދުނިޔޭގެ މަޝްހޫރު ފިލްމް ސްޓާރުންނާއި ކުޅިވަރާއި ނޫނަސް އެހެން ދާއިރާތަކުގެ މަޝްހޫރު މޫނުތަކެއް ވަނީ މީގެ ކުރިން މެރަތަންތަކުގައި ދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަނދިރި އަނިދިރިން

  ރިކޯޑުހަދަން މިސަރުކާރު މޮޅުވާނެ..ހާއްސަކޮށް އިބުރާހިމާ އޭނަގެ އަނިބިކަބަލުން..ދެން ރައްޔިތުންގެ އަސާސީ ހުރިހާކަމެވެސް ތިފުދުނީ ދެން ޝަކުވާނުކޮށް ކައުންސިލްއިންތިހާބު އެއްކޮށްދީ..ޖީބުތައްފުރި ވައުދުތައްފުދި ވެރިކަން ރޮކެޓްސްޕީޑުގަ ތަރައްގީވެނިމުނީ...އަތްޖަހަ އަތްޖަހާ...

  60
  3
 2. Anonymous

  ސަތޭކަ ޕަސެންޓް މުސްލިމު ޤައުމެއްގައި އަންހެނުނަށް ނަމޫނާދައްކަން ހުރި ބޭކަނބަލަކު އައުރަނިވާކުރަން ދީނުގައި އަންގަވާފައިވާ މިންގަނޑަށް ނުފެތި ހުންނަ ހެދުންކޮޅުގައި ދުވެވަޑައިގަތަކަސް މާތާހިރެއްނޫން.
  ލާދީނީ މީހުން ތިކަމާ އުފާކުރާނީ. އަހުންނަށް މާއުފާވެރި ކަމެއް ނޫން ތީކީ.

  80
  4
 3. ާއަފްލާ

  ޙީވަނީ ސަންތި މަރިޔަނބް

  27
  3
 4. މީން

  ފަޒުނާ ރައްޔިތުންނައް ކޮއްދެނީ ކޮންކަމެއް..ފަޒުނާގެ މުސާރައާއެކު ސަރުތުތަކެއްވާނެ.

  28
  2
 5. ލ.ޔާނުލިންކް

  ބަރަހަނާ ވެފައޮތް ވެރިކަމެ ތެރޭގައި ތިބެވޭނީވެސް ބަރަހަނާ ވެގެންތާ ހާދަ ރީތި ތާރުއަޅާފަ އޮތް މަގެކޭ ދޯ އިސްރަށްވެހީން ވެސް ތިބެނީ ވަރަށް އުފަލުން ތާރުއެޅީމަ ފަސޭހަކަމާ އެކު ބައިސް ކަލް ދުއްވާލެވޭތީ ހާއްސަ ކޮށް އެމްޑީޕީގެ ފިކުރު މީހުން ވަރަށް މޮޅުވާނެ ތާރުމަގުގައި ބުރުޖަހަން ވަކީން ޚާއްސަކޮއް ރީނދޫ ކަބަލުން ރައީސްޔާމީ ތާރުއަޅައިގެން ހައްދަވައި ދެއްވި މަގުގައި ބުޖަހަންހަވީރު ނިކުންނާނެ ފިސާރި ރީނދޫ ކަބަލުން ބުރު ޖަހާލެއް ވަރަށް ގިނނަ ވާނެ!

  30
  1
  • ޢަހަރެން

   ފަޒޫ ދައްތަ ބުނުއްވީ، އައި ޑޯންޓު ރިއަލީ ލައިކު ޕޮލިޓިކުސް އޯ..

   9
   2
 6. ޣައްބެ

  މަހީކުރީ ފިރިހެނެއް ކަމަށް

  14
  2
 7. ކަމަނަ

  މި ރާއޖޭގަ އިސޮލާހު ކުރަނ ވެފަ ހުރި ކަނޮތައ އިސޮލާހު ކޮށފަ ތިދު ވުމަކައ އަރާ ތިހޯދާ ކާމިޔާބީ އެއޮ ހޯދާ. ޢެއިރުނޮ އަހަރުމެނ އުފާ ވާނީ ތިޔަކަމަކާ..... ުުުުު

  14
 8. ޢަހަރެން

  ފަސްޓު ލޭޑީ، ދީނުގައި އަންގަވާފއިވާ ގޮތާއި ޙިލާފަށް ހެދުންކޮޅު ތުރުކުރައްވަގެން ދުވެވަޑައިގަންނަވަނީ.... .

  19
  1
 9. Anonymous

  ފަޒުނާ: އަހަރެން ފަސްޓް ލޭޑީ ކަން ލިބުނަސް މެޑަމް ފާތުން އުޅޭގޮތަށް ނޫޅޭނަން

  4
  16
 10. ޙާމިދު

  މެޑަމް ފާތުންވެސް އަސްލު ރައީތުންނަށް ހެޔޮ އެދިގެން ކަންތައްތައް ކޮށްދީ ނޫޅެ މިހެން ދުވެ ސަކަރާތް ޖަހާލާ ސެލްފީ ނަގާލާ އުޅުންނަމަ ދިވެހިންގެ ލޯބި ލިބުނީިސް ތޯއްޗެ

  7
  4
 11. ބަސްނުވިކޭ

  ޤައުމު ދަރާވިކިފަ. އިސްޓިކާޖަހައިގެން ރައްޔިތުން ފެލަނީ. ހުރިހާ ޕްރޮޖެކެޓްތަކެއް ހުއްޓިފަ. ކުޑަކުދިންނަށް އަމާންކަމެއް ނެތް. ފަސްޓްލޭޑީ ނުކުމެ މެރަތަން ޖަހަނީ.
  ޔާމީނުވަރެއް ހަގީގަތުގަވެސް ނެތް.

  12
  1
 12. ލ.ކައިވެނި

  ފަސްޓް ލޭޑީ ޔޯ އިބޫފަޒުނާ އުޅެނީ އިނދެގެންކަމެއް އެ ގެ ނީކިހިނެއެއްތަ ކައިވެނީގެ ރަޖިސްޓްރ ގެ އަސްލު ދެއްކީމަ ނޫނީ ޤަބޫލެއް ނުކުރެވޭނެ އެދެމީހުން އި ދެގެން އުޅޭކަމަކަ އަމުދުން އިސްލާދީން ޤަބޫލު ނުރާ މީހުން ކުރަންޖެހޭ ކައިވެން ޏެއް ނޯން ނާނެ ދެންގަމަށް ދުވަން ނާން ނާތި ފަސްޓް ލޭޑީ ހެދިގެ ކައިވެނީގެ ރަޖިސްޓްރގެ އަސްލުހިފައިގެން ނޫނީ ނާންނާތި!

  2
  1