ބައިނަލްއަގުވާމީ ފެންވަރުގައި ކުޅޭ މުބާރާތްތަކުން ރީތި ވަނަތައް ހޯދާ ކުޅުންތެރިންނަށް ފައިސާގެ އިނާމުދީ، އެމީހުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެނައުމަށް ސަރުކާރުން ނިންމުމާ އެކު، އުންމީދީ ޓެނިސް ކުޅުންތެރިޔާ އުމުރުން 12 އަހަރުގެ ފާތުމަތު ދީމާ އެޕާޓްމަންޓެއް ގަނެފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ފޭސްބުކާއި ޓުވީޓާގައި ވިދާޅުވީ ދީމާ އެޕާޓްމަންޓް ގަތީ ސަރުކާރުން ދޭ މުސާރަ އާއި ރީތި ވަނަތައް ހޯދައިގެން ލިބުނު އިނާމުތަކުގެ ފައިސާ އިން ކަމަށެވެ. އެ ވާހަކަތައް އޭނާއާ ހިއްސާ ކުރީ ދީމާގެ ބައްޕަ އަބްދުއްސައްތާރު އަލީ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެ ސަރުކާރުން، ގައުމީ ޓީމަށް ދޭ މުސާރަ އާއި ފައިސާގެ އިނާ މުސާރައިގެ ހެޔޮ ބަދަލު ފެންނާތީ ވަރަށް އުފާވޭ،" ދީމާގެ ބައެއް ފޮޓޯތަކާ އެކު، މަހްލޫފް ފޭސްބުކާއި ޓުވީޓާގައި ވިދާޅުވިއެވެ.

ދީމާ ހުޅުމާލެ އިން އެޕާޓްމަންޓެއް ގަތީ 3.2 މިލިއަން ރުފިޔާ އެއްކޮށް ދައްކައިފައެވެ. އެއީ ދެ ކޮޓަރި އާއި މެއިޑް ކޮޓަރިއެއް ހިމެނޭ އެޕާޓްމަންޓެކެވެ.

ދީމާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާ އެކުގައި.

އެއީ ދީމާ އަށް ކުރިން ލިބުނު ރަން މެޑަލާއި ރިހި މެޑަލާއި ގުޅިގެން ސަރުކާރުން ދިން ފައިސާގެ އިނާމާއި ގައުމީ ޓީމަށް ކުޅެގެން މުސާރައިގެ ގޮތުގައި ލިބޭ ފައިސާ ރައްކާކޮށްގެން ގަތް އެޕާޓްމަންޓެކެވެ.

ދީމާ "ވަގުތަށް" ބުނީ އެހާ ކުޑަ އިރު، ފްލެޓެއް ގަނެވުނީމަ ވަރަށް އުފާވާ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ހާސިލް ކުރަން ބޭނުންވާ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

" ވަރަށް އުފާވޭ އަސްލު. އަޅުގަނޑުގެ އުންމީދަކީ އެންމެ ފުރަތަމަ އޮލިމްޕިކްސްގައި ކުޅޭ ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާއަށް ވުން. ކުރިއަށް އޮތް ވޯލްޑް ހޯޕްސް މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބެން ވަރަށް ބޮޑަށް ބޭނުން،" ދީމާ ކިޔައި ދިނެވެ.

ދީމާގެ ބައްޕަ އާއި މަންމަ އައިޝަތު ވަހީދާ ވަނީ ދީމާ އަކީ އޭނާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއް ކަމަށް ބުނެފައެވެ.

"އަޅުގަނޑު ފާހަގަކުރަން މިކަން މި ކުރެވުނީ ސަރުކާރުން ކުޅުންތެރިންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން،" ދީމާގެ ބައްޕަ ބުންޏެވެ.
ކުޅިވަރުގެ ދާއިރާއިން ކުރިއެރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދާ ދީމާގެ މަންމަ އައިޝަތު ވަހީދާ ބުނީ އަބަދުވެސް ބޭނުން ވަނީ ދީމާ ކުރިއަރައިގެންދާ މަންޒަރު ބަލަން ކަމަށެވެ.
"ދީމާ ވަރަށް މަސައްކަތް ކުރޭ އޭނާ ކުރާ ކަމެއް ކާމިޔާބު ކުރަން." ދީމާގެ މަންމަ ބުންޏެވެ.

މަހްލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓު.

ފާތުމަތު ދީމާއަކީ ރާއްޖެ ކުޅިވަރުގެ ދުނިޔެއަށް އުފަންވި "ކުލަ ގަދަ" ތަރިއެކެވެ. އޭނާ ތައުލީމް ހާސިލް ކުރަނީ ސްރީލަންކާގައެވެ.

އޭނާ ވަނީ، އެންމެ ފަހުން މިދިޔަ ޖެނުއަރީ މަހު ބޭއްވި ގައުމީ ޓޭބިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި ވެސް ދިފާއުކޮށްފައެވެ.

ދީމާ އަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ މިދިޔަ އަަހަރުގެ ޖުލައި މަހު، މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ޓީޓީ އަންހެން ސިންގަލްސް އިވެންޓުން ދީމާ ރަން މެޑަލް ހޯދި ހިސާބުންނެވެ. އެ މުބާރާތުގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތްލީޓްގެ ޝަރަފު ވެސް ދީމާ ވަނީ ހޯދައިފަ އެވެ. އެއީ ޓީމް އިވެންޓާއި ޑަބަލްސް ކެޓަގަރީގެ އިތުރުން ސިންގަލްސް ބައިންނެވެ.

މީގެ އިތުރުން، މިދިޔަ މެއި މަހު ތައިލެންޑުގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހާސިލް ކުރުމުގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައެވެ.

އެއާ އެކު، އޭޝިއާ މުބާރާތަށް ކޮލިފައިވި ދީމާ، އެ މުބާރާތުގެ ގަދަ ދެ ކުޅުންތެރިން ތެރޭ ހިމެނުމުން ވޯލްޑް ހޯޕްސް މުބާރާތަށް ވަނީ ކޮލިފައި ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    ދީމާ ބައްޕަ އަކީ ތި އެޕާޓްމަންޓް ސަރުކާރުން ލާރި ނުދިނަސް ދީމާއަށް ގަނެ ދެވޭ ފެންވަރުގެ މީހެއް. ދީމާ ބައްޕަގެ އަމިއްލަ ބޮޑު ގެޔެއް ބުރި ބުރިޔަށް ހަދާފަ މާލޭގަވެސް އެބަހުރި. ދީމާ ބައްޕަ ދީމާ ދެކެ ވާލޯބިން އެވަރުގެ އެޕާޓްމަންޓެއް ގަނެ ނުދެވިއެއް ނުހުންނާނެ ކަން އެ ފެމެލީ ދަންނަ ބަޔަކަށް އިނގޭނެ.

    274
    15
    • ފެމިލީ މީހާ

      ދެން ނިކަމެތި ރައްޔިތުންގެ ލާރި ކޮޅު ކީއްކުރަން ނަގަނީ

      117
      4
    • ދދދދދދ

      ގިއް ކިޔާފަ އަޅު މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންނަށް ދޭނެ އެއްޗެއް ދައުލަތުގެ މާލިއްޔާއްކު ނެތް. މިދެން ލަދުވެތި ކަމެއްނު.

      36
      2
  2. ދިދަ ދަނޑި

    އަހަރެމެނަކާ ކޮންކަމެއް.. މީހަކު ބާރަށް ކިނބިއްސެއް އެޅިޔަސް ނޫހުގަޖަހާ އިސްތިހާރު ކުރެވޭތޯ ބަލާ..

    73
    6
  3. ކުނބުރާން

    ތިޔަކަން އެނގިއްޖެ އެބުނަނީ ލިބުނު މުސާރައިންނާ މެޑެލްތަކައްލިބުނުފަސާއެއްކޮއްގެންނޭ އަނެއްކާއެވެސް 18އަނހަރުނުފުރޭ ކުޑަކުއްޖެއްގެނަމުގަ އަމިއްލައައްގަތަސްވެސް ހިޔެއްނުވޭ ކުޑަކުއްޖަކައް ފުލެޓެއްވިއްކާނެހެން

    63
    3
  4. ބެއްޔާ

    ދީމާއަށް ކުޅިވަރުން މުސާރަ ލިބޭތަ ކިތައްއަހަރު؟ މުސާރައަށް މަހަކު ކިތައް ލައްކަ ރުފިޔާ؟ ވަނަތައް ހާސިލްކޮށްގެން އިނާމަށް ކިތަށް މިލިއަން ރުފިޔާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    87
    4
    • ބަހުލޫލު

      ފްލެޓެއްގެ އަގު ތިން ހަތަރު މިލިއަނަށް އަރާއިރު އެއް އަހަރުތެރޭ އިނާމާއި މުސާރައަށް އެވަރު! ފޮނިކަނޑަންވެސް ނޭނގި ބައިސާ ބުނަން ހަދައިގެން ރީލޯޑޭ އަބަު އުޅޭނީ މިހާލެއްގަ.

      16
      2
  5. ...

    މަރުޚަބާ ދީމާ

    25
    17
  6. ސުމެއް

    ކިޔަވައިގެން ރަން ވަނަތައް ހޯދާ ކުދިންނަށް ސުމެއް
    .ޖަލްސާ އެއްގަ ކަރުދާސް ގަނޑެއް ދިނީމަ ނިމުނީ .
    ކިހާ ރީތި

    127
    3
    • ޓެކުސްޕޭޔަރު

      މަންުޖެ ކިޔަވަނީ ލަންކާގަ ދެން މިރާއްޖޭގެ ބަޖެޓުން މުސާރަދޭކަށް ނުޖެހޭ.

      22
      7
      • ދޮގެއް؟

        ކުޅިވަރުން ވަނަ ހޯދައިގެން އުޅެނީވެސް ރާއްޖޭން ބޭރު މުބާރާތުންނޯލަ. މިރާއްޖޭގެ ބަޖެޓުން މުސާރަ ދޭންޖެހޭ؟ ބޮޑަށް އެނގޭނީ ގުންޑާ ކުދިންނަށް.

        1
        2
  7. ލާމު

    ދީމާއަށް ސަރުކާރުން ދެނީ ކިހާވަރެއްގެ މުސާތައެއްތޯ؟ މުސާރަ ދޭންފެށިތާ ކިހާ ދުވަހެއް ވެއްޖެތޯ؟ މެޑަލްތަކަށް ލިބުނީ ކިހާ ފައިސާއެއްތޯ؟ މި ސުވާލުތަކުގެ ޖަވާބު އއބަ ބޭނުންވޭ. ނޫސްވެެރިން މިކަމުހައި އެނަލިސިސްއެއް ހަދާފަ ރިޕޯޓެއް ހަހާނެކަމަށް ހީކުރަން.

    77
    2
  8. ސުމެއް

    ކިޔެވުމުން ރަން ވަނަތައް ހޯދާކުދިންނަށް ސުމެއް.
    ޖަލްސާއެއްގަ ކަރުދާސް ގަނޑެއް ދިނީމަ ނިމުނީ .
    ކިހާރީތި

    70
    1
  9. ފަގީރު މީހާ

    އުމުރު ދުވަހު ވަޒީފާ އަދާކުރީމަވެސް ތިވަރު ތަނެއް ގަނެވޭވަރުގެ މުސާރައެއް ނުލިބޭ.

    87
    1
  10. އަލީ

    މާލެ އިންތަ ނޫނީ ލަންކާ އިންތަ ގަތީ؟

    28
    3
  11. މުހައްމަދު

    އެކުޑަކުޑަ ކުއްޖާފުޅުގެ ނަނަ ބޭނުންކޮށްގެން މިކަލޭގެ މިއުޅެނީ މިނާގާ ބިލް ސަރުކާރު ޕްރޮމޯޓް ކުރަން.

    59
    3
  12. ނަލަހުއްތު

    ހެޔޮނުވާނެ އަހަރުމެން މިއުޅެނީ ހިންދަމާނުލައި އަބަދު މަސައްކަތުގައި! އަހަރުމެން ކަހަލަ ނިކަމެތީންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދީބަލަ ސަރުކާރުން!!
    ހަކުރު ބަލި މީހުންނަށް ނުކުޅެދުންތެރިކަމުގެ އިނާޔަތް ދިނުން ކަހަލަ ކަމެއް ކޮއްބަލަ ތިޔަހެން ލާރި ލިބޭ މީހުންނަށް އެކަނި އިތުރު ލާރި ނުދީ!!
    ބޯ ހަލާކް

    76
    1
  13. އަލީ

    މަހުލޫފުމެން ދަސްކުރަންވެއްޖެއެއްނު މި މިސާލުންވެސް. އަމިއްލަ ހަލާލު ފައިސާއިން ކަންކަން ކުރަން. ޑޮލަރު މާރުކުރުމުގެ ނަމުގަ ގައުމު ދޮވެލާ ބަނޑުއަޅައިގެން ހެވި ދިއްލިފަ ޓުވީޓު ކުރިޔަސް އެއީ ނުކުރާ ކަމަކަށް ނުވާނެ.

    73
    1
  14. އިބިލީސް

    ޤަބޫލު ކުރެވޭ ކަމެއް ނޫން. ތީގެން އެންމެ މުބާރާތެއް ކާމިޔާބު ކޮށްގެން އޭނާގެ އުމުރުން 01 އަހަރުން ފަށައިގެން ވެސް ބާރަ އަހަރު އިނާމު ގެ ގޮތުގައި 100000ރފ ލިބުނަސް ތި އެމައުންޓްގެ ފްލެޓެއް ނުގަނެވޭނެ. ހޮޅި ވާހަކަ ނުދައްކާ. މީ ރާއްޖޭން ބޭރެއް ނޫން އިނާމުގެ ގޮތުގައި ލައްކަ އިން ލައްކައިން ފައިސާ ދޭކަށް

    82
    3
  15. ގުއިދައިތަ

    ދީމާ ފްލެޓެއް ގަތުމަކީ މައްސަލައެއް ނޫން. އެކަމަކާއި ދެކޮޅެއް ވެސް ނޫން. އަމިއްލަ ތަނެއް ލިބުމުން އުފާވެސް ވޭ. މީގަ މައްސަލައަކީ އޭގެ ވެސް ނާޖާއިޒު ފައިދާ މިސަރުކާރުން ނުވަތަ މިއުޅޭ ދެބަންދިހާރަ ވެފަ ހުންނަ ރީލޯޑު މަޙުލޫފު ނެގީތީ. ބުއްދިއެއް ހުރި އިންސާނަކު ވިއްޔާ ޤަބޫލެއް ނުކުރާނެ ދީމާ ކުޅެން ފެށި ފަހުން ސަރުކާރުން އޭނައަށް ދޭންފެށި މުސާރަ އަދި ބޯނަސް އަކުން އޭނާއަކަށް 3.2 މިލިއަން ރުފިޔާ އެއްފަހަރާ ދީފަ ފްލެޓެއް ނުގަނެވޭނެކަމެއް. މަޚުލޫފަށް ކަމެއް ނުވާ ތާނގަ މީހަކު ފްލެޓެއް ގަތަސް ސިޔާސީ ގޮތުން އޭގެ ފައިދާ ނަގާތަން މިފެންނަނީ.
    ދީމާއަށް އަބަދުވެސް ކުރިއެރުމަށް އެދެން.

    37
    2
  16. ޑޮންޑޮ

    އެކުއްޖާފުޅުގެ މިންނަތް މަސައްކަތައްވެސް ޝައިތާނި ބާރުތައްވައްދާ ބޮޑުއޮޅުވާލުމެއްގެތެރެއިން އެކުއްޖާފުޅުގެ މަސައްކަތް މާދަމާ ގެއްލިހަލާކުކޮށްލަނީ. ބޮޑެތިއަތްގުޅިނުކާވަރު ދޮގުތައްހަދާގެން ކިތަންމެވަރަކަށް އޮޅުވާލަން އުޅުނަސް ހަގީގަތް އޮޅުވާލުމައްފަހު މިގުއިރޯނުޕާޓީގެ ސަރުކާރު ޕޮރޮމޯޓްކުރަން ވެސް ރައްޔިތުން ވާވައްދާގުނ ބޯހެއްދޭކަހަލަ ވާހަކައެއްދެއްކީމަ އެކަންވާނީ. ދޮގާމަކަރާހީލަތްވެސް ހެދޭނީ ރައްޔިތުންނައް ރޭކާނުލާއިރު. މިހަާރު ތީތިހަދާހަދާ ކުރަލީމަ ދެންތިނުހިނގާނެ. މިއަދުތިވަގުލޫޓު ތިޔަހަދާހުރިހާދޮގެއް ރައްޔިތުންނައް އޮޅުމެއްނެތި އެނގޭ... ހެހެހް

    17
  17. ހުސައިން

    މަހުލޫފު ދީމާ ދެކެ ފާޑަކަށްހީވަނީއަޅައި ގަތްފަހުންނަހެން
    މަގޭ ފިރިހެން ދަރިއަކީ19 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ދޭންބުނި އެލަވަންސް ވެސް ނުދޭ މިދިޔަ އަހަރު އިންޓްރނޭސަން މުބާރަތަކުން 3 ވަނަ ރާއްޖެއައް ހޯދަދިން ކޮންހެއޮވެރިކަމެއްގެވާހަކަ މަހުލޫފު މިދައްކަނީ އަމިއްލަ އައް މަހުލޫފު ބޮލާފޮޝާ ނާޅަބަލަ ސުކުރިއްޔާ

    25
    • އަލީ

      ތީތި ކަޑަ... ހުސައިނުގެ ދަރިވެސް ރާއްޖެއަށް ރީތި ނަންހޯދައިދީފި ނަމަ ލިބޭނެ އިނާމް... ސާއިދު އަށް ވެސް ލިބުނޭ.

  18. Anonymous

    ﷲسبحانه وتعالي އެކި މީހުންނަށް ދެއްވަނީ އެކި ނިޢްމަތްތައް.
    ނިޢްމަތަށް ޝުކުރުވެރި ވުމަކީ ނިޢްމަތް އިތުރުވާކަމެއް.

    55
  19. އެސޮރު

    މަހުލޫފޭދޯ މެޑެލް އެއް ހޯދައިފިއްޔާ މިލިޔަނުން ލާރި ބަހަނީ، އެވެސް ސަރުކާރުގެ ބަޖެޓުން.

    19
    1
  20. ޙަމަހަމަ

    މ އާރޓިކަލްގެ ބޭނުމަކީ އެކުއްޖާ ކުޅިވަރުކުޅުމުގެ ދާއިރާއިން ލި ބުނު ފައިސާ ހަރަދުކުރި މަންފާހުރި ގޮތް ކިޔައިދިނުން. ޜީތި ކާރެއް ، ބޮޑު ޓީވީ އެއް، ބްރޭންޑަޑް ހެދުމެއް ، ސިންގަޕޫރު ދަތުރަކަށް ނޫން. ޢަމިއްލަ ޢާމްދަނީ ލި ބޭނެ ގޮތެއް ނޫނީ އަމިއްލަ ބޯހިޔާވެހިކަން ހޯދީ.

    މީގެން ޢެއްޗެއް ދަސްކުރުން މުހިންމު. ކުއްޖާގެ އާއިލާގެ ވާހަކައެއް އެހެންވާހަކައެއް މިޔަކު މުހިންމެއް ނޫން.

    ޙަސަދައަކީ ބިރުވެރި ސިފައެއް.

    15
    6
  21. އަލީ

    ކުޅިވަރު ކުޅެގެން މިލިއަނުން މިލިއަނުން ލާރި ލިބޭ. އެކަމު ބޮޑެތި ބަލި ޖެހިގެން އެހީއަށް އެދި ގޮވާ އިރުގަ އެއްމެ ލާރިއެއްވެސް ދިއްކޮލާކަށް ސަރުކާރަށް ނުކެރޭ.. އަހަރުމެން ޓެކްސް ދައްކަނީ ކުޅިވަރަކަށް ޚަރަދު ކުރާކަށް ނޫން. އެހީއަށް އެދި އާދޭސްކުރާ ފަރާތްތަކަށް ތި ފައިސާ ޚަރަދުކޮށްބަލަ

    35
    2
  22. ޢަލީ

    ދީމާއަށް ސަރުކާރުން ދެނީ ކިހާވަރެއްގެ މުސާތައެއްތޯ؟ މުސާރަ ދޭންފެށިތާ ކިހާ ދުވަހެއް ވެއްޖެތޯ؟ މެޑަލްތަކަށް ލިބުނީ ކިހާ ފައިސާއެއްތޯ؟ މި ސުވާލުތަކުގެ ޖަވާބު އއބަ ބޭނުންވޭ. ނޫސްވެެރިން މިކަމުހައި އެނަލިސިސްއެއް ހަދާފަ ރިޕޯޓެއް ހަހާނެކަމަށް ހީކުރަން.

    4
    1
  23. ރަނގަބީލު

    މަހުލޫފު މޮޔަފުޅުވީތޯ.އެއީ އިނާމަށް ގެނައި ބަދަލަކުން އޭން ގަތް އެއްޗަކަށް ނުވާނެ.އޭނަ ބައްޕަ ގެ ހުންނަ ހަމަ އެކަނި ދަރިފުޅު.މާލޭގަ ބޮޑު ގެޔެއް އޭނަ ބައޕަގެ.12 އެޕާޓްމަންޓް ވެސް ގަނެވޭނެ.ރީލޯޑް ޕްލީޒް.

  24. އަފުސާން

    ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބޭ އެންމެ 5000، 6000ރ ގަނޑު ބޮޑުކޮށްލަން ނުކެރުނެވެ. 40 އަހަރު ސަރުކާރުގަ އުޅެ މުސްކުޅިވީ ދުވަހު ވަންނާނެ ގެގަނޑެއް ނެތް ކިތަށް މުވައްޒަފުން އެބަ ތިބިތޯއެވެ. އަބަދުވެސް ޓީޗަރުން، ނަރުހުންގެ މުސާރަ ކުޑަވެ ބޮޑުކުރާ ވާހަކައެވެ. އިދާރީ ގޮތުން ވަޒީފާ އަދާކުރަނީކީ ދިވެހި ރައްޔިތުންނެއް ނޫންހެއްޔެވެ. އެމީހުން އަބުރުވެރި ދިރިއުޅުމެއް އުޅޭކަށް ނުޖެހޭ ހެއްޔެވެ؟ މިހާތަނަށް މުސާރައަށް އެންމެ ރަނގަޅު ބަދަލެއް ގެނެސްދިނީ ކެނެރީގޭ މޮޔަ ރައީސެވެ.

  25. ބަކުުރު

    ރަނގަޅެއްނު ސަރުކާރު ގެ ހުރިހާ މުއައްޒަފުން ގެ މުސާ ރައިގެ އިތިރު ގަނޑި ކަނޑާލާފައި މީމިކުރާކަމަކީ. ތީ ދީމާ ގެ ފްލެޓެއް ނޫން ތީ އަހރުމެން ގެވެސް ލާ ރީ ގައި ގަނެފައި ހުރިތަނެއް

    1
    1