ފަތާފައި ވާދޫ ކަނޑު ހުރަސް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި "މޯލްޑިވްސް ސްވިމް" ގެ ފެތުންތެރިން އިއްޔެ ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އުސްފަސްގަނޑު ކައިރިން މޫދަށް އެރިގެން ފަތާފައި ކުރިއަށްދާން މަސައްކަތް ކުރި ނަަމަވެސް ފެތުންތެރިންނަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ސިނަމާލެ ބުރިޖުގެ މެދާއި ހަމައަށް ވެސް ނުދެވި ފެތުންތެރިން 30 ވަރަކަށް މިނެޓް ވަންދެން ތިބުމަށްފަހު އޮއެ ބާރުކަމުން ފެތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ހުރިހާ ފެތުންތެރިން ވަނީ ލޯންޗަކަށް އަރާފައެވެ.

ވާދޫ ކަނޑު ހުރަސްކުރަން މަސައްކަތް ކުރި ފެތުންތެރިންގެ ތެރޭގައި ޝަމީމްގެ އިތުރުން ގައުމީ ފެންވަރުގެ ކާމިޔާބީތައް ހޯދާފައިވާ ފެތުންތެރިންނާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ފެތުންތެރިޔަކު ވެސް ބައިވެރިވިއެވެ.

ވާދޫ ކަނޑު ހުރަސްނުކުރެވުނު ނަމަވެސް ސްވިމް މޯލްޑިވްސްގެ ފެތުންތެރިން އިއްޔެ ވަނީ ގުޅިން ފެށިގެން މާފުއްޓާއި ހަމައަށް ފަތާފައި ގޮސް ދިގު ފެތުމެއް ފުރިހަމަ ކޮށްފައެވެ.

އިއްޔެ ވާދޫ ކަނޑު ހުރަސްނުކުރެވުނު ނަމަވެސް އެމަސައްކަތް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އ. ޖ. އ

    ކަނޑު ގަދަވުމުގެ ސަބަބުން ޕީޖީ ޝަމީމް ގެ ފެތުން ފުރިހަމައެއް ނުކުރެވުނު.. ސުރުހީ މިގޮތައް ބަދަލު ކޮއްލަން ފެނޭ..މިހާރު ތިއިން ގޮތުން ސުރުހީ އާ ލިޔުމާ ފުށު އަރާ

    34
    11
  2. ތިއްތި

    ޝަމީމް އެކަންޔަކަށް ނޫން. މުޅި ޓީމަށް

    30
    10
  3. ައަބުއާ

    ވާދޫކަނޑު ހުރަސްކުރަން އުޅުނު ބަޔަކު ސިނަމާލޭ ބުރިޖުގެ މެދާ ހަމަޔަށްވެސް ނުދެވުނޭ ބުނީމަ މިހުރީ ވާނުވާ ނޭނގިފަ.

    28
    2
    • އަލީމްބެ

      ވާނުވާ ނޭންގޭނެ ނުކިޔާ ކޮމެންޓްކުރީމަކާ،

      8
      7
  4. ހަސާސް

    މިމީހުންނައް ރަނގަޅުވާނީ މިކަހަލަކަންތައްތަކައް ތަންތަން ހިންގަން ބައިތިއްބާކަހަލަ ބައެއްނޫންމީ

    16
    1
  5. ޖޮން ފެމަސް

    ވަރަށް މަޝްހޫރު ވާން އުޅޭ މީހެއް މި ޝަމީމަކީ. އެހެންތާވާނީވެސް ނެތް ފެންވަރުގެ ބޮޑެތި ވަޒީފާ ދިނީމަ ބޭނުންވަނީ މެދުއުޑުގައި ފިޔަޖަހަން. އަދި މަޑުކުރޭ މީނަގެ ވަރު ބިދޭނެ ދުވަސް އެބަ އާދޭ

    5
    6
  6. ސައިއްޓޭ ރ އުނގޫފާރު

    ހުރަސްކުރަންވީ ވާދޫ ކަނޑެއް ނޫން ހުރަސްކުރެވޭތޯ ބަލަންވީ މިރާއްޖޭގަ މިއޮތް ނާއިންސާފްގެ ކަނޑު ވާދޫ ކަނޑު ހުރަސްކުރާކައްނޫން މަޤާމްހަވާލްކުރީ

    9
    1
  7. ކޮރަކަލި

    ގެސްޓުމީހާ ބުރާޖަންގިޔަލާ ހިނގީ މަމައްސަލައަކީ
    ބަލާބަލަ ތިތާތިބި ދިވެހިން ލާފަހުރި އެއްޗެހި

    11
  8. މުބީނު މާރނީ

    ނޫސްވެރިން ގައުމަށް އޮޅުވާ ނުލައްވާ. އަޒާބު ލިބޭނެ. ތެދުބަހުން ލިޔުއްވާ. މާތް ﷲ ހުރިހާ ކަމެއް ދެކެދެނެވޮޑިގެންވޭ. "އޮއި ގަދަމަމުން" އޮންނަންވީ ތާކަށް ތިއޮތީ ފެތުން ނުފެތުނު ކަމަށް.

    7
    1
  9. ކެޔޮޅު

    މިދުވަސްވަރަކީ އިރުވައި މޫސުމުގެ އެންމެ އޮއިވަރު ބާރުގަދަ ދުވަސްވަރެވެ. ވާދޫ ކަނޑަކީ އިންތިހާއަށް އޮއިވަރު ހުންނަ ކަނޑު އޮޅިއެއް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ، ބައެއް ދުވަސް ދުވަހު 5 މޭލު ބާރުމިނުގައި އޮއިވަރު އާޅާފަ ހުރިކަން ފާހަގަ ކޮށްލަމެވެ. އެހެންވީމާ މޫސުމާއި އޮއިވަރަށް ނުބަލާ މިކަހަލަ ކަމެއް ކުރަން އުޅުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

  10. މުހައްމަދު

    ކަންކަން ކުރަން ފެށުމުގެ ކުރިން ބަލަންޖެހޭ އަދި އެނގެންޖެހޭ ކަންތައްތައް ހުންނަކަން ވިސްނުނަސް އެއި ވެސް ފައިދާއެއް.