މި މަހުގެ 21 ން 23 ގެ ނިޔަލަށް، ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޯޕަން ބީޗް ވޮލީ" މުބާރާތުގައި ވާދަކުރުމަށް، ދިވެހި ވޮލީބޯލް ވެޓަރަންސް އެސޯސިއޭޝަން (ޑީވީވީއޭ) ތައްޔާރުވެއްޖެ އެވެ.

އެކި ޤަޢުމުތަކުން، ޖުމްލަ 64 ޓީމު މި މުބާރާތުގައި ވާދަ ކުރާއިރު، ޑީވީވީއޭ ގެ ފަރާތުން މި މުބާރާތުގައި ޖުމްލަ 4 ޓީމު ވާދަކުރާނެއެވެ. އެއީ ކުއާތްރޯގައި 3 ޓީމު، އަދި ބީޗް ވޮލީގެ 4 ޓީމެވެ.

މި މުބާރާތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެ އެސޯއިއޭޝަންގެ އެކްސްކޯ މެމްބަރ، ޢަބްދުއްސަލާމް ވިދާޅުވީ، މި މުބާރާތަށް ޓީމުތައް އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި، އުންމީދަކީ ރަނގަޅު ކާމިޔާބީތަކަކާއި އެކު މުބާރާތް ނިންމާލުން ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ފުރަތަމަ މުބާރާތް. މި މުބާރާތުގައި ކުޅޭނީ، މި އެސޯސިއޭޝަންގެ، ޢުމުރުން 40 އަހަރުން މަތީގެ މެމްބަރުން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވޮލީ ބޯޅައިގެ މަޝްހޫރު ކުޅުންތެރިން މި މުބާރާތުން ފެނިގެން ދާނެ. އޭގެތެރޭގައި، ފަލާ، ޒޯރޯ، ކޮނިކާ، ރޮބަޓް، ސޯދު، ސަލާމް، ސުނާ، ސަތޯ ފަދަ ކުޅުންތެރިން ފެންނާނެ. މިއީ ރާއްޖޭގެ އެންމެ ހައި ލެވެލްގަ ކުޅުނު ކުޅުންތެރިން." ސަލާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަލާމް ވިދާޅުވީ، މުބާރާތުގެ ހުރިހާ ޚަރަދެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ، ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށާއި، ނަމަވެސް ތަމްސީލް ކުރާނީ މުޅި ރާއްޖެ ކަމަށެވެ.

"ހަމަ އަމިއްލަ ގޮތުން ފަންޑް މި ރެއިސް ކުރީ. ނަމަވެސް އަޅުގަނޑުމެން ތަމްސީލް ކުރާނީ ދިވެހިރާއްޖެ. އަޅުގަނޑުމެން ބޭނުންވަނީ ލިބޭ ކާމިޔާބީ މުޅި ޤައުމަށް ހިއްސާ ކުރަން. އިރާދަކުރެއްވިއްޔާ ޤައުމަށް ރީތި ނަމެއް ހޯދައި ދިނުމަކީ އެންމެ ބޮޑު އުންމީދު. އުމުރުން ދުވަސް ވުމަކީ، ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތް ތަކުގައި ވާދަ ނުކުރެވެންވީ ސަބަބެއް ނޫން. މި ކުޅުންތެރިންނަކީ، އަރަމުން އަންނަ ޖީލަށް ނަމޫނާ ބަޔަކަށް ހެދުން އެއީ އެއް އަމާޒު. އަޅުގަނޑުމެންނަކީ މި ކުޅިވަރަށް މިސްރާބު ދައްކާ ބައެއް. އަޅުގަނޑުމެންގެ ލޯގޯވެސް އެކަން ރަމްޒު ކޮށްދޭނެ." ސަލާމް ވިދާޅުވިއެވެ.

ޑީވީވީއޭ އިން ވާދަކުރާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ފަރިތަކުރުންތައް މިހާރުވެސް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝޫލައިމާން

    ކުރީފަހަރުވެސް މުބާރާތައް މެލޭޝިޢާ އަށް ގޮއްސަ އައީ ތަޅާ ފޮޅާފަ. މާލެ އައިއްސަ ދެބައިވީ، މިފަހަރު އެވަރު ނުވާނެ ކަމަށް ހީކުރަން. ޥަރައްރަގަޅު ކަމެއް ތިގުޅުން ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ހީކުރަން.

  2. ޢާސީ

    މިފަހަރު ދަނީ ތެޔޮދަމާ މަސާޖައް ތައްޔާރުވެގެންބާ

    2
    1
    • ޝޫލައިމާން

      ތީއޭ މައްސަލައަކީ. ތަންކޮޅެއް ޕޮޒަޓިވް ކޮށް ވިސްނަބަލަ.

      1
      1