އިންޓަ ސްކޫލް / ކޮލެޖް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހުޅުވާލައިފި އެވެ.

ވީއޭއެމް އިން ކުރި އިއުލާނުގައި ވާގޮތުން މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގައެވެ. ޔޫތު ސެންޓަރުގެ އިންޑޯ ވޮލީ ކޯޓުގައި ކުރިއަށް ދާ މި މުބާރާތް މިފަހަރު ބާއްވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތް ކުރިއަށް ގެންދާ އުމުރުފުރާ ތަކަކީ 13، 15، 17 އަދި 19 އަހަރުން ދަށެވެ.

މި މުބާރާތް މިދިޔަ އަހަރު ބޭއްވީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށަށް އަމާޒުކޮށްގެންނެވެ.

އިންޓަ ސްކޫލް މުބާރާތުގައި މިދިޔަ އަހަރު ތަފާތު 16 ސްކޫލަކުން ބައިވެރިވިއެވެ. އަތޮޅު ތެރޭގެ ނުވަ ސްކޫލް ހިމެނިގެން 400 އަށް ވުރެ ގިނަ ކުދިންނާއެކު ބޭއްވި އެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ކުދިންނާއެކު ކުރިއަށް ގެންދެވުނު މުބާރާތެވެ.

މިދިޔަ އަހަރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު ސްކޫލުންނެވެ. މި އުމުރު ފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވ. ކެޔޮދޫ ސްކޫލެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު ސްކޫލުންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫ ސްކޫލެވެ. 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ސެންޓަ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެލެނިވެރިން

    ޢިންޓާރ ސުކޫލްބާސްކެޓް މުބާޜާތައް އަތޮޅުތަކުން ޓީމެއް ނުގެނެވެ .ކީއްކުރާބައެއް ، ސުޕުން އިސްތިއުފާ ވ ސަލާމް