ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ އިދާރާގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަނި ކަމަށް އެފްއޭމް އިން ބުނެފިއެވެ.

އެފްއޭއެމް އިން މިކަން އިއުލާނު ކުރައްވާފައިވަނީ މިއަދު އެފްއޭއެމް ހައުސްގައި އެ އިދާރާގެ އިންތިހާބީ ކޮމިޓީން ބޭއްވި ހާއްސަ ކޮންފަރެންސްގަ އެވެ. އެފްއޭއެމްގެ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ވުރެ ނުވަ މަސް ކުރިން، އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށް އެ އިދާރާ އިން އިއުލާނު ކުރެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އިންތިހާބު ބާއްވަން މިހާރު އެ އިދާރާ އިން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ.

އެފްއޭއެމް އިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން އެފްއޭއެމް އިން ކުރެއްވި އިއުލާނުގެ މުއްދަތު އިއްޔެގެ މެންދުރު 14:00 އަށް ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލާފައިވަނީ މިހާރުގެ ރައީސް ބައްސާމް އެކަނި ކަމަށާއި ބައްސާމްގެ ކެނޑިޑެސީ އިލެކްޓޯރަލް ކޮމިޓީން މިހާރު ގަބޫލު ކޮށްފައިވާ ކަމަށެވެ. ޖަވާޒް ވިދާޅުވީ ބައްސާމް ދެވަނަ ދައުރަކަށް ނަން ހުށަހެޅުއްވީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ ހަ ޓީމުގެ އިތުރުން ދެވަނަ ޑިވިޝަނުގެ ތިން ޓީމެއްގެ ނޮމިނީސްއާއެކު ކަމަށެވެ.

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ އަދި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ކްލަބް އީގަލްސް ބައްސާމުގެ ފަހަތުގައި އޮތް އިރު ދެވަނަ ޑިވިޝަނުގައި މިފަހަރު ވާދަކުރި ކްލަބުތަކުގެ ތެރެއިން ތިން ކްލަބެއް ވަނީ ބައްސާމަށް ތާއީދު ކުރުމަށް ނިންމައިފައެވެ. ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތެއް މި ދެ ކްލަބަށް ނުލިބޭނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުޅުމާލެ

    ކޮބާހޭ އިންޓަރ ސްކޫލް މުބާރާތް. ނުވަންޏާ އިސްތިއުފާތީ

    5
    3
  2. ކޭއެފްސީ

    ކޮބާހޭ އިންޓަރ ސްކޫލް މުބާރާތް. ނުވަންޏާ އިސްތިއުފާތީ

    5
    3
  3. ސަޕަޓު

    ހުދުމުހުތާރު ކަން މިފެންނަނީ އެފް އޭއެމް ޢިން....

    1
    1