މެކްސިކޯ ގައި ގެއްލުނު ޔޫރޮޕާ ލީގުގެ ތަށި ފެނިފައިވާ ކަމަށާއި، ތައްޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޔޫއެފާއިން ބުނެފިއެވެ.

މި ތަށި މެކްސިކޯ އަށް ގެންގޮސްގައި ވަނީ ލިއޯން ގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓަކަށެވެ. ކަމާއި ބެހޭ ފަރާތް ތަކުން ރިޕޯޓު ކޮށްފައި ވަނީ އުޅަނދެއްގައި ތަށި ވަގައް ނަގައި ގެންގޮސްފައިވާ ކަމަށެވެ. ޔޫރޮޕާ ލީގު ތަށި ވަގައް ނަގާފައި ވަނީ ޔޫރަޕުގެ ދެވަނަ އެންމެ ވަރުގަދަ މުބާރާތުގެ ސެމީ ފައިނަލުގެ ކުރިންނެވެ.

"ޔުރޮޕާ ލީގުގެ ތަށި ގެއްލިފައިވަނީ މެކްސިކޯގައި ބޭއްވި ޕާޓްނާ އިވެންޓުން، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަނބުރާ ތަށި ހޯދި އިރު ތައްޓައް އެއްވެސް ގެއްލުމެއް ވެފައި ނުވޭ،" ޔުއެފާއިން ބުންޏެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ދެން ހަފްތާގައި ކުޅޭނީ އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް އަދި މާސައިލް އާއި ސަލްޒްބާގެވެ.