ބަންގްލަދޭޝްގައި ކުރިއަށްދާ އޭޝިއަން ސީނިއަރ މެންސް ސެންޓްރަލް ޒޯން އިންޓަނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެއްޖެއެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅާ މުބާރާތުގައި ރާއްޖެ ވާދަކުރި ފުރަތަމަ މެޗުގައި ބައްދަލުކުރި ނޭޕާލް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ސެޓުތައް ނޭޕާލް ޓީމް ކާމިޔާބުކޮށްފައި ވަނީ 25-21، 25-17 އަދި 25-15 އިންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް "ބީ" ގައެވެ. މި ގްރޫޕްގައި ރާއްޖެއާއި ނޭޕާލްގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ބަންގްލަދޭޝްއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ރާއްޖެ ނުކުންނާނީ ބަންގާޅާ ދެކޮޅަށެވެ.

ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ތައިލޭންޑުގައި ކޭޕްމް ކުރުމަށްފަހު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅާ މުބާރާތަށް ދިޔަ ރާއްޖޭގެ ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ބޭކާރުހަރަދުތަކެއް ކުރަނީކިއްކުރަން ފުޓްބޯޅަފިޔަވާ ރާޖެން ބޭރައްފޮނުވާނެ ކަމެއްނެއް

  2. މާރިޔާ

    މިފަހަރުވެސް ސީދާހަމަ3ސެޓުން ކީއްކުރާނީދޯ ލަދުންބޯހަލާކް