ފުޓުބޯޅަ ޓީމް، އާސެނަލްގެ ކޯޗު މައިކަލް އާޓެޓާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އާޓެޓާ ބުނެފައިވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވަނީ އޭނާގެ ހަށިގަނޑުން އަލާމާތްތަކެއް ފެނުމުން ކަމަށެވެ.

"މިއީ ވަރަށް ހިތްދަތި ދަނޑިވަޅެއް. ކޮވިޑް-19 އަށް ޓެސްޓް ހެދީ ބަލިވެ އުޅޭތީ" އާޓެޓާ ބުނެފައިވެއެެވެ.

މިކަމާއި ގުޅިގެން ޕްރިމިއާ ލީގުން މިހާރު އަންނަނީ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސަމުންނެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް މެޗުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އާސެނަލްގެ މެނޭޖިންގް ޑިރެކްޓަރ ވިނައި ވެންކަޓެޝާމް ބުނެފައިވަނީ ބަލި ފެތުރެމުން އަންނަ ދަނޑިވަޅެއްގައި އެންމެ އިސްކަމެއް ދެނީ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ރައްކާތެރިކަމަށް ކަމަށެވެ.

އާސެނަލްގެ ކޯޗް ކޮވިޑް-19 އަށް ފައްސިވުމާއެކު، މިހާރު ވަނީ އެ ޓީމުގެ ހުރިހާ ފަރިތަކުރުންތަކެއް މެދުކަނޑާލާ، ކޯޗާއި ކޮންޓެކްޓުވި ހުރިހާ ކުޅުންތެރިން އެކަހެރިކޮށްފައެވެ.

މީގެ އިތުރުން މިހާރު ވަނީ އާސެނަލްގެ ފަރިތަކުރުންތައް ކުރިޔަށްގެންދާ ސްޓޭޑިއަމްވެސް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ފައްސިވުން މި ބޭނުންކުރަނީ ކީއްވެގެންތޯ!

    9
    1
    • ގޮނޑިދުއްވާ ގަންޖޭބޭބީ

      ޢަޝްރަފު ޢަލީ އެވެ. ކިޔުނު ދިވެހި ބަހުގެ ޖަމިއްޔާގެ ރައީސް ބުނެގެން އެހެން އެގޮތަށް އައްސި ވުމާ ނައްސި ވުމާ ފައްސި ވުން ކިޔަނީ!

      15
      2
      • ހުސޭނުބޭ

        އެކަމަށް ބަހެއް ފާސްކުރަން ބެލިއިރު އަޝްރަފު ޢަލީ އިނީ ވަތަވައްސި ވެފައި! ދެން އޭނާގެ ހާލުގެ މައްޗަށް ބިނާކޮށް ފާސްކުރި ބަހެއް ތިއީ!