ބަންގްލަދޭޝްގައި ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ގައުމީ ވޮލީޓީމު އަލްވަދާއު ކިޔައިފިއެވެ.

ރާއްޖޭގެ ގައުމީ ވޮލީޓީމަށް އޭވީސީ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރި ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވުމުންނެވެ.

މިމެޗުގެ ސެޓްތައް ބަނގްލަދޭޝް ޓޯމް ހޯދީ 25-15، 25-15 އަދި 25-22 އިންނެވެ. ސެންޓްރަލް ޒޯނުގައި 2016 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބަންގްލަދޭޝް އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

އޭވީސީ މުބާރާތުގައި ރާއްޖެ ކުޅުނު ދެމެޗުންވެސް ބަލިވީ ސިދާ ތިން ސެޓުންނެވެ އެގޮތުން މިއަދު ކުޅުނު ދެވަނަ މެޗުން ބަނގްލަދޭޝް އަތުން ތިން ސެޓުން ބަލިވިއިރު، ފުރަތަމަ މެޗުގައި ވާދަކުރި ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ބަންގްލަދޭޝްއާ ދެކޮޅަށް ދެވަނަ މެޗަށް ނުކުތްއިރު، ސެމީގެ ޖާގައެއް ހޯދާނަަމަ ސީދާ ތިން ސެޓުން މޮޅުވާން އޮތީ މަޖުބޫރުވެފަ އެވެ.

ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ތައިލޭންޑުގައި ކޭޕްމް ކުރުމަށްފަހު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅާ މުބާރާތަށް ދިޔަ ރާއްޖޭގެ ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ.

ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތުން ވެސް ރާއްޖެއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ ޔަހުޔާ

    ޢަބަދުވެސް މުބާރާއް ނުފައްޓަނީސް ކަޓާ ޓީމެއް މިނޫނީ ނުދެކެންް. އެހެންކަމަކައިގެން ދެން އުޅެންވެއްޖެއެއްނު މިހާރު.