އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހަށް މައްކާއިން ބިމެއްް ދިނުމުގެ މަސައްކަތްތަށް ކުރިއަށްދާ ކަމުގައި ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސަލާހް ހޯދުމާއި ގުޅިގެން މައްކާއިން ބިމެއްދޭން ނިންމާފައިވާއިރު އަދި އެ ބިން ދޭނީ މައްކާގެ ކޮން ސަހަރައްދަކުން ކަމެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި އެ ބިމުގެ ބޮޑުމިނެއްވެސް ހާމަކޮށްފައެއްް ނުވެއެވެ.

ސަލާހް އަށް ދޭން ނިންމާފައިވާ ބިމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މައްކާގެ ލޯކަލް މުނިސިޕަލްޓީގެ ނައިބު ރައީސް ފަހުދް އަލް ރޮވްކީ ބުނީ ސަލާހް އަކީ މުސްލިމު ހުރިހާ ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށެވެ. އަދި ސައުދީއިން ބޭނުންވަނީ މައްކާގެ ހަރަމްފުޅުގެ ބޭރުން ސަލާހް އަށް ބިމެއް ދިނުމަށް ކަމަށާއި އެހެންނަމަވެސް އަދި އެކަން ކަނޑަ ނާޅާ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

"ސަލާހް އަކީ މޮޅު ކުޅުންތެރިއެއް. ސައުދީއިން ބޭނުންވަނީ ސަލާހްއަށް ހަރަމްފުޅާއި ވީހާވެސް ކައިރިން ބިމެއްދޭން." އަލް ރޮވްކީ ބުންޏެވެ.

ޕްރިމިއާ ލީގުގައި ސަލާހް ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން އެތަށް ބަޔެއްގެ ސަމާލުކަން ވަނީ ސަލާހް އަށް ހުއްޓިފައެވެ.

ލިވަޕޫލްއާއި އެކު ރެކޯޑްތަށް މުގުރަމުން އަންނަ ސަލާހަކީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށް ދިނުމުގައިވެސް އެންމެ މުހިންމު ދައުރު އަދާކުރު ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔަވާށެވެ!

    އިސްލާމް ދީނަކީ އެއްއިރެއްގައި ވެސް ޓެރަރިޒަމަށް ވާގިވެރިވާ ދީނެއް ނޫން! އެކަމަކު ޢިލްމާއި ހުނަރަށް ވަރަށް ބޮޑަށް ބާރު އަޅާ ދީނެއް.

  2. ޖިނާ

    މާޝާﷲ !