ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުން ސަލާމަތްވުމަށް، އެންމެންވެސް ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާއިރު ކަރަންޓީނުވެގެން ގޭގައި ހޭދަކުރާ ވަގުތު ތަކުގައި މުނިފޫހިވިލުވުމުގެ ގޮތުން އެކި މީހުން ކުރަމުން އަންނަނީ އެކި މަސައްކަތެވެ.

އެގޮތުން މީސްމީޑިއާގައި މިހާރު އެންމެ ގަދަ އަށް "ޓްރެންޑް" ވަމުންދާ އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭ ހިމެނޭ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި އެ ޓީމުގެ އަރްޓޫރޯ ވިޑާލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ރެއާލް މެޑްރިޑްގެ އިސްކޯ އަކީ މިހާތަނަށް މި ޗެލެންޖް ފުރިހަމަ ކޮށްފައިވާ ބައެއް ކުޅުންތެރިންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް #ސްޓޭއެޓްހޯމްޗެލެންޖް ގެ ފޯރި އަންނަނީ ވައިގަ ހިފަމުންނެވެ. މި ޗެލެންޖް އެންމެ ފުރަތަމަ ފުރިހަމަ ކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ. މަހްލޫފްގެ ފަރާތުން ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޗެލެންޖުގައި ބައިވެެރިވިއިރު އެންމެ ފަހުން #ސްޓޭއެޓްހޯމްޗެލެންޖް ފުރިހަމަ ކުރެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދެވެ އަލީ ވަހީދު މި ޗެލެންޖް ފުރިހަމަކުރަމުން ޓުވިޓާގައި ކުރެއްވި ޕޯސްޓުގައި ޗެލެންޖް ފުރިހަމަ ކުރުމަށް ދައުވަތު ދެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެެރިޔާ މިޝެލް ސަލްގާޑޯގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، އެތައް މިލިއަން މީހުން ތިބީ ކަރަންޓީނުގައެވެ. ކަރަންޓީނުގައި ތިބޭއިރު ތަފާތު ގޮތަކަށް ވަގުތު ހޭދަކުރުމުގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުގައި މީހުން މުނިފޫހިފިލުވަން ކުރާ އެކި ކަންތައްތަކުގެ ވީޑިއޯތައް ދަނީ ކޮންމެ ދުވަހަކުވެސް މީސްމީޑިއާގައި އާންމު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސާމަރާ

  ގޭގަތިބެގެން ބޮޑުވެފަ އަދިވެސް ކުޅިވަރުދޯ ނުކުޅެވިގެން އުޅެނީ ހަމަގައިމުވެސް ހެއްދެވިފަރާތް ހަނދުމަކޮއް ހެޔޮ ޢަމަލެއްކޮއްލިޔަސް ބޭކާރުގޮތުގަ ތިގެއްލުނު ވަޤުތެއް ނުގެއްލޭނެ ވަޤުތުބޭކާރު ނުކުރައްވާ ހެޔޮޢަމަލުގިނަކުރައްވާ

  117
  2
 2. ތަޚާނުގެ ޢަލިދީދީ.

  މަހޭއާ އައްޔާ ދެމީހުން ރަނގަޅުވާނި އަލަށް ދަނޑަށްނިކުތުން، ތަންކޮޅެއް ގާބިލްމީހަކާ މިނިސްޓްރީ ހަވާލުކޮށްފާ.

  89
  3
 3. Anonymous

  އަހަރެމެންނަށްކިއް!

  61
  4
 4. ދިވެހިންގެ ހާލު

  ބީތާވެގެން އުޅޭ ދެމީހުންތަ މި ހިތާމަވެރި ދަނޑިވަޅުގަ!

  92
  5
 5. ބަރިއްޔާ

  ސަމާލުކަން ހޯދަން ގޮސް ފާޚާނާ ތަށީގަ ދޫލާން ދޭބަލަ..

  53
 6. Anonymous

  މުޅިދުނިޔެ ކަންބޮޑުވެގެން އުޅޭ އިރުވެސް ކޮޕީކެޓް ހެދިގެންތޯ؟ ބަޔަކު ކުރާހާ ކަމެއް އަހަރެމެން މުސްލިމުން ކުރާކަން ނުޖެހެއޭ. އެންމެ ފަހަރަކުވެސް ހެއްދެވި ފަރާތް ހަނދުމަކޮށް މިފަސްގަނޑާއި ދުނިޔެއިން މިބަލި މަޑު ކަން ފިއްލަވާތޯ ދުޢާދަންނަވާބަލަ. މިޤައުމުގައި ކޮންމެ ކަމެއް ދިމާވާއިރަށް ހިފިނުހުރެގެން އުޅޭ މީހަކު އުޅޭ. ކޮބައިބާ ؟ކަރަންޓީނުގައިބާ؟ ޚަބަރެއް ނުވާތީ ކަންބޮޑުވޭ. ވ. މިސްވޭ. ކޮންމެސް ކުއްޖަކު އެކަލޭގެ ޚަބަރެއް ކޮށްބަލަ. ރާއްޖެއެއް ނުހުއްޓުވޭނެއޭ ވެސް ކީވިއްޔާ؟

  46
  1
 7. ދިވެހި މީހާ

  ދެއްކުންތެރިކަން . ޢިތުއެއްވެސް ކަމެއްންން މުޅިދުނިޔޭގެ އެންމެން ހާސްކަމެއްގެ ތެރޭގަ
  މިވެރިން މިވަގުތުވެސް ކުޅެ މަޖާ ނަގަނީ
  މިނިސްޓަރުންނޯ

  46
  2
 8. ޭޢަހަރެން🌸

  ގައިމު ކީއްވާނީ އެންމެ ކުޑަ މިނުން މިފަދަ ދަނޑިވަޅެއްގައި ޤުރުޢާން އަކުރެއް ކިޔަވާލިއްޔާ....އޭނ

  48
  3
  • ކިހިނެއް އެނގެނީ

   ކިހިނެއް އެނގެނީ ގުރުއާން ނުކިޔަވާމަމެއް. ދުޢާ ނުކުރާކަމެއް. އެކަންކަން އެސްތިހާރު ކޮށްފިއްޔާވެސް ކަލޭމެންގެ އަނގަ ހުއްޓައެއް ނުލާނެ.

   16
   15
 9. ޗަކޮއް

  ތީނަގެ މަސްލްސް ތަށްވެސް ހާދަ ބޮޑޭ ދޯ😂😂😂

  13
  5
 10. ޖާހާ

  އަޅެފަހެ މިއީވެސް މިނިސްޓަރުންތަ...؟؟ ގައުމާ ރައްޔިތުނައް ނަމޫނާދައްކަން ތިބޭ ބަޔަކު މިކަހަލަ ދަޑިވަޅުގަ ކުރަން އެންމެ ރަގަޅު ކަމަކީ މިއީތަ...؟؟؟ ަަަަަަަަަަަަަަަަަ

  38
  3
 11. ޝާހް ރ.ވާދޫ

  މިސަރުކާރުގެ ހުރިހާވެރިންނަކީވެސް ތިހެން ސަމާލުކަންހޯދުމުގަ އުޅޭބައެއް.

  16
 12. އ. ޖ. އ

  މިތިބީ ދިވެހި ދަރިން..
  ގައުމީ ރޫހު އެއީ...

  1
  5
 13. މަދިހާ

  ހީވަނި އަލީވަހީދު ވިދާޅުވި ގޮތަށް ހިދުކޮޅު އައިސްފަހެއް ނަސީބެއްނު އަގަވަތަށް ވެއްޓި މެދު2 ދައް ނުދިޔަކަށް

  2
  1
 14. ސާލް

  ކޮންމެ ކަމެއްވެސް ސިޔާސީ ކަންކަމަށް ހަދައިގެން ދެއްކުން ތެރިކަން އިސްކޮށް ކުރާ ކަންތަކަށް ލިއްބައިދޭ އިބްރަތްތެރިކަން މިފަދަ ރޯގާ އާ ވަބާ ތައް އައުން އެއީ އެމީހުންނަށް ލިއްބައި ދޭ ފިލާވަޅުތަކެވެ.މިއީ ދެއްކުން ތެރިކަމެވެ.