ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮލާޑޯ ،ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިވުމަށް އެދި މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

ރޮނާލްޑޯ އެ މެސެޖު ދީފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރޮނާލްޑޯ ބުނެފައިވަނީ މިއީ އެއް ދުނިޔެއެއްކަމަށެވެ. އަދި އަނިޔާ ލިބެމުންދާ ރޮހިންޔާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާދޭހާއި އެކު އެދޭކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ. ކޮންމެ މީހެއްގެވެސް އާއިލާއެއް އޮންނާނެ ކަމަށް ރޮނާލްޑޯ ބުނެފައިވާއިރު ރޮނާލްޑޯގެ ޕޯސްޓާއި އެކު ވަނީ އޭނާގެ އާއިލާގެ ފޮޓޯއަކާއި ރޮހިންޔާ އާއިލާއެއްގެ ފޮޓޯ ލާފައެވެ. އެ ޕޯސްޓާއި އެކު ރޮނާލްޑޯ ވަނީ އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ލިންކެއްވެސް އެޓޭޗްކޮށްފައެވެ.

ރޮނާލްޑޯއަކީ އިންސާނީ އެހީތެރިކަމަށް އެންމެ ބޮޑު ހޭދައެއް ކުރާ އެތްލީޓުވެސް މެއެވެ. އެގޮތުން އެނާ ވަނީ ޔޫރޯއިން ލިބުނު ބޯނަސް ފައިސާއާއި އެކު ޖުމްލަ100000 ޔޫރޯ އިންސާނިއްޔަތަށް ހަދިޔާކޮށްފައެވެ.

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކޮންމެ ދުވަހަކު އެތަށް މުސްލިމުންނެއް ހާލުގައި ޖެހި މަރުވަމުންދާއިރު އެގައުމުގެ ބައެއް ދަރިފަސްކޮޅުގެ މީހުން ހާއްސަކޮށް ރޮހިންޔާ ދަރިފަސްކޮޅުގެ މީހުންނަށް ދަނީ އެކި ކަހަލަ އަނިޔާތަށް ދެމުންނެވެ. އެ ސަބަބަށްޓަކައި އެ ދަރިކޮޅުގެ ހަ ލައްކައަށްވުރެއް ގިނަ މީހުން އަވަށްޓެރި ބަންގްލަދޭސް އަށް ހިޖުރަކޮށްފައިވާއިރު އެމީހުން އުޅެނީ ވަރަށްވެސް ދަތި ހާލެއްގައެވެ. އަދި އެމީހުންނަށް އިންސާނިއްޔަތަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހަހް

  اَلْحَمْدُ لِلّٰه‎

 2. ާއޭ.ޕީ

  ސާބަހޭ ތިހެންވެ ރޮނާލްޑޯ އަށް ސަޕޯޓް ކުރެވެނީ

 3. ރައްޔިތުން

  .ދުނިޔޭގެ ހިކިފަސް، ފެހި ބިމަކުން ވަތަން ގެއްލިފަ ތިބި ހުރިހާ މީހުންނަށް ގައުމެއް ކަނޑައަޅައި ދިނުމަށް އދ އަށް ގޮވާލަން

 4. Anonymous

  ރޮނާލްޑޯ އިންސާނިއްޔަތަށް މިކުރާ މަސައްކަތް ބަލައިގަންނަން

 5. ރޮނާލްޑޯގެ ދޮންބެ

  އަހަރެންގެ ކޮއްކޮ ތިކުރާ މަސައްކަތައް ހަމަ ސާބަސް.އަހަރެން ވެސް ބުނެލަން ހަމަ އެހީއެއް ވެދެއްވާށޭ!

 6. ހދހހފހޔރހ

  ސާބަހޭ ރޮނާލްޑޯ ހަމަ ތިކުރާ މަސައްކަތައް

 7. ވީނަސް

  އެހެންވީމާ ރޮނާލްޑޯ ތިބުނި އެއްޗަކުން މިހާރު ރޮނާލްޑޯގެ ނަން އިންނާނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓް ގެ އެއްވަނައިގަ. ދެންނުވާނެ ސަލާމަތެއް.

 8. ާއަންގަ

  ސާބަސް...