ކޮވިޑް 19 އާއި ގުޅިގެން ގައުމުތަކުގައި ފުރަބަންދު އިއުލާން ކޮށްފައިވާއިރު، އެކިއެކި މަޝްހޫރު ފަރާތްތަކުން ސަޕޯޓަރުންނާ ބައްދަލުކުރަނީ މީސް މީޑިއާގެ ޕްލެޓްފޯމްތަކުންނެވެ. އެގޮތުން އެންމެ ގިނަ ކަންކަން ސަޕޯޓަރުންނާ ހިއްސާ ކުރާ ފަރާތްތަކުގެ ތެރޭގައި ޕޯޗުގީޒްގެ ފުޓުބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ.

ފިޓްނަސް ޗެލެންޖުތަކާއި އާއިލީ ކަންކަންވެސް މީސް މީޑިއާ މެދުވެރިކޮށް ރޮނާލްޑޯ ހިއްސާކުރަމުންދާއިރު، މީގެ ދެ ދުވަހެއް ކުރިން އޭނާ ކުރި ޕޯސްޓަކަށް ވަނީ މީޑިއާ ސަމާލުކަން ހުއްޓިފައެވެ. ރޮނާލްޑޯއަކީ ދަނޑުމަތިން މަޝްހޫރު ކުޅުންތެރިއެއް ނަމަވެސް، މިފަހަރު އޭނާ ފެށީ ދަޑު ބޭރުގެ ޚާއްސަ ޗެލެންޖެކެވެ. ރޮނާލްޑޯގެ ފޯކަސް ހުއްޓުވާލީ ތައުލީމާ ދިމާލަށެވެ.

"އަބަދުވެސް އަމިއްލައަށް ޗެލެންޖް ކުރަންވާނެ. މިއީ އަހަރެން ކިޔަވަން ފަށަންވީ ވަގުތު،" ރޮނާޅްޑޯގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯ މީގެ ކުރިންވެސް ދެ ގައުމެއްގައި ދިރިއުޅެފައިވާއިރު، އޭރެ އިނގިރޭސި އަދި ސްޕެނިޝް ދަސްކޮށްފައިވެއެވެ. ދާދިފަހުން އިޓަލީއަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު، ބެލެވޭ ގޮތުގައި އޭނާ އިޓަލީ ބަސް ކުރަނީއެވެ.

އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާއިރު، ރޮނާލްޑޯ ހުރީ އުފަން ގައުމު ޕޯޗުގަލް ގައެވެ. ހަތް ބުރީގެ މޭޝަނުގައި އޭޏާ ހުރީ ލޯބިވެރިޔާގެ އިތުރުން މަންމައާއި ދަރިންނާވެސް އެކުގައެވެ.