ކޮވިޑް-19 އާ ހެދި ރާއްޖެ ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓި އެކަކު އަނެކެއްގެ ކިބައިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އަމިއްލަ ރަށުގެ ރައްޔިތުންނަށް އެހީވުމުގައި ޓީސީ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހަރަކާތްތެރިވާން ފަށައިފި އެވެ.

ރާއްޖޭގައި ފެތުރެން ފަށާފައިވާ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ ގުޅިގެން ދިވެހި ފުޓްބޯޅަ ސީޒަން ކެންސަލްކުރުމުން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިއްބެ ވަހީދު ދިޔައީ އޭނާގެ އަމިއްލަ ރައް ހދ. ނޮޅިވަރަންފަރަށެވެ. ވައިރަހުގެ ސަބަބުން ދިމާވަމުން އަންނަ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް މުޅި ގައުމު އަންނަނީ އެއްވެސް ވަރުބަލިކަމެއް ނެތި މަސަތްކަތް ކުރަމުންނެވެ. މިއާއެކު ދިވެހިންގެ މެދުގައި އެއްބައިވަންތަކަމުގެ އާ ރޫހެއް އުފެދިފައިވާއިރު މި ދަނޑިވަޅުގައި އިއްބެ ވެސް ހުރީ އޭނާ އަށް ވީ ވަރަކުން މިކަމުގައި އެހީތެރިވުމުގައެވެ. އެގޮތުން ނޮޅިވަރަންފަރުގެ ގެތަކަށް ކާޑު އުފުލުމުގައި އިއްބެ ހަރަކާތްތެރިވާ ވީޑިއޯ އެއް މީސްމީޑިއާގައި ދައުރު ވަމުންދާއިރު މި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފައެވެ.

Geygeyah kaadu ufulumugai... Enmen gulhigen.. Thank you

Posted by Finivaa Store on Friday, April 17, 2020

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކޮށްފައިވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މިވަގުތު މަނާކަމެކެވެ. އެހެން ނަމަވެސް، ރަށް ރަށައް ބޭނުންވާ އަސާސީ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. މި މަސަތްކަތުގެ ދަށުން ނޮޅިވަރަންފަރު ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އުފުލުމަށް އެ ރަށުން ބަޔަކު ހޯދަން އިއުލާނުކުރުމާއެކު، އިއްބެ އަންނަނީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑް-19 އާ ހެދި ރާއްޖެ ނާޒުކު ހާލަތަކަށް ވެއްޓިފައިވާއިރު މި ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން މަސަތްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މާލެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ފުރަބަންދުގެ މުއްދަތުގައި ފިހާރަތަކުން ގޭގެއަށް މުދާ ޑެލިވަރީ ކޮށްދިނުމަށް ވޮލެންޓިއަރުން ހޯދުމަށް ޔޫތް މިނިސްޓްރީން ކުރި އިއުލާނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މިކަމުގައި އަމަލީ ގޮތުން މަސަތްކަތް ކުރުމަށް 300 އަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 33 އަށް އަރާފައިވާއިރު، 16 މީހަކު މިހާތަނަށް ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. !!!!!!

    މާސްކް ނާޅާ

    15
    1
  2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    މާލޭގަ އިޝްތިހާރުވާން އުޅޭވެރިންނަކީ ފޮޓޯނަގާ މީޑިޔާއަށް ލެވުނީމަ ގެއްލޭމީހުން. އަދި އެމީހުންނަކީ އަމަލީގޮތުން ބައިވެރިނުވެ ހަމައެކަމި ބަލާލަން ނުކުންނަ މީހުން. ނަމަވެސް އިއްބެމެން މިކުރަނީ ހަގީގީ މަސައްކަތް. ޝުުރިއްޔާ އިއްބެ އެންޑްޓީމް. އަހަރެމެން ފަހުރުވެރިވޭ.

    13
    1
  3. ހުސޭނުބޭ

    ސާބަހޭ ދަރިޔާ!

    14
    3
  4. ޜޮބަޓް

    މާސްކް ކޮބައިތޯ؟؟ ޜައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުޚިއްމު!!

    16
    2
  5. ދަރަނި ދަންތުރަ

    ސާބަސް ގައުމީ ކަމެއްވިއްޔާ ފުޓުބޯޅަވިޔަސް ކާޑުބެހިޔަސް މަސްބާނަންވިޔަސް ކަންކަށްވިޔަސް އިއްބެ ހަބޭސް ތިއީ ރަނގަޅު ދަރިއެއް...

    16
    2