ޗައިނީސް ސުޕަ ލީގުގައި ކުޅެމުން އަންނަ ގުއާންޒޯ އެވަގްރާންޑޭއިން އެއް ލައްކަ ސަޕޯޓަރުންގެ ސްޓޭޑިއަމްއެއް އެޅުމަށް ތައްޔާރުވެއްޖެއެވެ.

ސްޓޭޑިއަމްގެ މަސައްކަތް ރަސްމީކޮށް ފަށަން ތައްޔާރުވެފައިވާ އިރު، ނިންމާލެވޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރަށެވެ. ސްޓޭޑިއަމްއަކީ އެއް ލައްކަ ސަޕޯޓަރުންގެ ސްޓޭޑިއަމްއެކެވެ. ސްޓޭޑިއަމްގެ 168 ވީއައިޕީ ޖާގަ ހިމެނެއެވެ.

ޗައިނީސް ލީގުގެ ފުޓުބޯޅަ މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ކުރިއަރަމުން ދިޔަ ނަމަވެސް، ގައުމުން ބޭރު ކުޅުންތެރިން ބޮޑު އަގުގައި ގެންދިޔުން ހުއްޓުވާލުމުން ލީގުގެ މަގުބޫލުކަން ވަނީ ކުޑަވެފައެވެ. ބޮޑެތި ވިޔަފާރިތަކުން ކްލަބުތައް ހިންގުމަށް ވަދެ، ލީގަށް އަގުބޮޑުކޮށް، ބޮޑެތި މުސާރައިގައި ކުޅުންތެރިން ގެންދަން ފެށުމުން އެގައުމުން ވަނީ ލީގަށް ބޭރު ކުޅުންތެރިން ގެންދާ އުސޫލުތައް ބަދަލުކޮށްފައެވެ.

ޗައިނާއިން ފުޓުބޯޅައިގެ ދުރު ވިސްނުމުގެ ޕްލޭންތަކެއްގައި ކުރިއަށްދާ އިރު، އެ ގައުމުން ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލައިފައެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ކްލަބުތަކުން ވެސް ސްޓޭޑިއަމްތައް އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންތައް ހަދާފައިވާ އިރު، ރެއާލް މެޑްރިޑްގެ އިތުރުން ބާސެލޯނާ އަދި ޗެލްސީން ވެސް ވަނީ ޑިޒައިންތައް ދައްކާލައިފައެވެ.

މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމް އޮތީ ނޯތު ކޮރެއާގައެވެ. އެއީ 114،000 ސަޕޯޓަރުންނަށް ވަދެވޭ ރުންގްރަޑޯ މޭޑޭ ސްޓޭޑިއަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ފަރިވެ ފޮޅެމުން އަންނަ ފިނިފެން މަލެއްފަދަދޯ ރާއްޖޭގެ ގައުމީ މަލަކީ ފިނިފެންމާކަން ޗައިނާ މީހުންނަށް އިނގުނީތާ؟

  • ޙުސްނާ

   ވަރިވެ.... ޑިވޯސްވެ.. ކާވެނި ރޫޅި... ޙަހަ ހަހަ...

   6
   4
  • ބޯކިބާ

   ރާއްޖޭގެ ގައުމީ ދޫންޏަކީ ކަނބިލި، އެކަމަކު އެންމެ ޔުނީކް ދޫންޏަކީ އައްޑޫ ދޮންދީނި.

 2. ދަރަނި ދަންތުރަ

  ފަރިވެ ފޮޅެމުން ރަނގަޅު ކޮށްދީ ބަލަ

 3. އެނޯ

  ބްރެޒީލްގައި ކުޅުނު ވާރޑް ކަޕް ފައިނަލް މެޗް، ވަރަށް ކުރީގަ، ބްރެޒީލް އާއި އުރުގުއާއީ. އެ މެޗް ކުޅުނީ ދެލައްކަ މީހުންގެ ޖާގަ އޮތް ސްޓޭޑިއަމެއްގަ. ބްރެޒީލް ބަލިވީ 000'200 މީހުންގެ ކުރިމަތީގަ އެމީހުންގެ ގައުމުގަ. ޗައިނާ މިހާރު ޕްލޭން ކުރަނީ 000'100 މީހުންގެ ސްޓޭޑިއަމެއް. ޗައިނާ ސްޓޭޑިއަމް ލައްކަ ޗަލުވާނެ.