ކުރިއަށް އޮތް ރަމަޝާން މަހުގައި ބަންގްލަދޭޝްގެ ދެ މީހަކަށް ރޯދަ ވީއްލުމާއި، ތަރާވިސް އަދި ހާރުކާން ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދޭން ފުޓްބޯޅަ ކުޅުންތެރިޔާ ހަސަން އަދުހަމް (ސަޑޭ) ނިންމައިފިއެވެ.

ކުރިން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުނު އަދި މިހާރުވެސް ފުރަތަމަ ޑިވިޝަނުގައި މޮޅަށް ކުޅެމުން އަންނަ އަދުހަމް މިކަން އިއުލާނުކުރީ މިއަދު ކުރި ޓްވީޓެއްގައެވެ. ޓްވީޓުގައި އަދުހަމް ބުނީ ކާ އެއްޗެހި ފޯރުކޮށްދޭން ނިންމާފައިވަނީ ބަންގްލަދޭޝްގެ ދެ މީހަކަށް ކަމަށެވެ. އަދި ހުޅުމާލޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އެކަމަށް ބޭނުންޖެހިފައިވާ މީހެއް އުޅޭނަމަ އޭނާ އާއި މައުލޫމާތު ހިއްސާ ކުރުމަށް އަދުހަމް ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އަދުހަމްގެ މި ދީލަތި އެހީ ބަންގްލަދޭޝްގެ ދެ މީހަކަށް ދޭން ނިންމާފައިމިވަނީ މާލޭގައި ދިރިއުޅެމުންދާ އެގައުމުގެ ގިނަ ރައްޔިތުން ހާލުގައި ޖެހެމުންދާ ދަނޑިވަޅެއްގައެވެ. މާލޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ މީހުންނަށްވީ އިރު ކޮވިޑް-19 އާ ހެދި މާލެ މިދިޔަ ހަފުތާގައި ފުރަބަންދު ކުރުމުން ކާބޯތަކެތި ހޯދުމުގައި ބިދޭސީންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

މީގެ އިތުރުން އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަށް މާލޭގެ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނާއި ހެދި އާއްމުންގެ ތެރޭގައި، ބާރު މިނެއްގައި ކޮވިޑް-19 ބަލި ފެތުރިދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތި ހާލުގައި އުޅޭ ބިދޭސީން، ހާލަތު ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މަސަތްކަތުގެ ދަށުން މިހާރުވެސް 70 މީހަކަށް އެނބުރި ގައުމަށް ފުރޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހަޖަ

  އެދެމީހުންނަކީ މިރާއްޖޭގެ އިމިގުރޭސަން ގާނޫނު މުގުރާލާފައި ތިބި ދެމީހުނަށް ނުވެވޭތޯ ބަލާތި އެކޮއި!

  56
  18
  • އިމިގުރޭޝަން

   ހަޖަ-- އިމިގުރޭސަން ގާނޫނު މުގުރާލާފައި ތިބެނީ ބިދޭސިންނެއް ނޫން އިގޭތޯ! އެ މީހުން ގެންނަ ދިވެހިން އެކަން ވެސް ކުރަނީ

   22
   1
 2. ވަރަށް ދެރަ

  ބުރޯ.. ތި ގޮތަށް ތިކަން އިއުލާނު ކުރީމަ ލިބޭނެ އެއްވެސް ޘަވާބެއް ނެތް

  64
  29
  • ކިނބޫ

   ސަވާބު ދެނީ ކަލޭތަ

   29
   10
  • ހިތުން މޮޅުު

   ސަވާބު ދެނީ ކަލޭތަ

   20
   11
  • ބުރޯ

   މަބުނީ ކައޭތަ ސަވާބު ދެނީ؟ އޭނަ އެ އިއުލާން ކުރީ އެ އެއްޗެއްސަށް ބޭނުންވާ ބިދޭސޯ މީހެއް ހުރިތޯ ބެލުމަށް.

   24
   6
 3. ހުދުހުދު

  މީހަކަށް އެއްޗެއް ދެންޔާ ކަނާތުން ދޭ އެތި ވާތަށް ވެސް ނޭގޭހާ ސިއްރުން ދޭން ވާނީ. މުޅި ދުނިޔެ އަށް އިއުލާން ކޮށްފަ އެއްނޫން.

  39
  3
 4. އިބޫ

  ކުރާ ހެޔޮކަމެއް ކުރަންވާނީ ކަނާތުން ވާތަށް ވެސް ނޭނގޭހާ ސިއްރުން.. މިހާރު ތި ބެލެވޭނީ ދެއްކުން ތެރިކަމުން ކުރާ ކަމެއްކަމަށް ވީމާ އެއްވެސް ސަވާބެއް ލިބޭނެހެނެއް ހީނުވެ ވައްﷲ އަޢުލަމް

  20
  5
 5. ތަރަބެ ވ

  ރާއްޖޭއްގެ އިމިގުރޭޝަން ސިސްޓަމް ފުޑާލާ ގަވަިއިދާޚިލާފައް މަގުމަތީ ކުޅުޖަހަމުން އުޅޭ އެންމެން ފޮނުވާލަންވީ....! ތިމީހުންތައް ތޮއްޖެހިގެން ތަންތާމައްޗައްއަރާ ހާލިތައް ހަދައިން އުޅެނީ

  12
  6
 6. ރުމޭ

  ﷲ ތިބާއަށް ހެޔޮ ރަހުމަތް ލައްވަވާށި އާމީން.

  36
 7. ދެކުނުތަރި

  ވަރަށް ރީތި މިސާލެއް ތި ދެއްކީ. މަރުހަބާ އަދި ޝުކުރިއްޔާ! އެހީތެރިކަން ފޯރުކޮށްދީ އެހެން މީހުން ވެސް!

  10
 8. ހސއނ

  ބަނގްލަދޭޝް މީހުން ލައްވާ ގަވައިދު ފުނޑުވަނީ ބަލަ ހަމަ އަހަރެމެނ ދިވެހިން... ފައިސާގެ ދަހިވެތިކަމުގަ ކުރާ ކަންތަކުގެ ސަބަބުން ވާހާގޮތް މީ...

  18
 9. ޢަލިބެ

  ތިކަން ރަނގަޅު. އެކަމަކު ކަންކުރެވުނީ ރަނގަޅަކަށްނޫން. ނޫސްތަކުގެ ފަލަސުރުޚީއަށް އަރުވައިގެން ކުރަންޖެހޭކަމެއްނޫން ތީކީ.

  12
  1
 10. Anonymous

  ފުޑާލިޔަސް ކީ އް މީހަކަށް އެހީވެދެވި އްޖި އްޔާ ރަނގަޅުވާނެ
  ސާބަހޭ އަދުހަމް
  އެހެން މީހުން އަދުހަމް ފަދަ އިން ކަންތަ އް ކުރާނެ ކަމަށް އުން މީދުކުރަން

 11. ފުރޯ

  ފުޑާލިޔަސް ކީ އް މީހަކަށް އެހީވެދެވި އްޖި އްޔާ ރަނގަޅުވާނެ
  ސާބަހޭ އަދުހަމް
  އެހެން މީހުން އަދުހަމް ފަދަ އިން ކަންތަ އް ކުރާނެ ކަމަށް އުން މީދުކުރަން