ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) އާއި "ވަގުތު" ގުޅިގެން އަންނަ ރަމަޟާން މަހު ބާއްވާ "ވަގުތު ރަމަޟާން ފުޓްސަލް ކަޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމުބާރާތުގައި ބައިވެރިމުގެ ފުރުސަތު ވަނީ މެއި މަހުގެ 06 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް ސޯސަންވިލާ އިން ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މިމުމާބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުޕީސް އަދި ރަނައަޕް ޓީމަށް ފަންސާސް ހާސް ރުޕީސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވަގުތު ރަމަޟާން ފުޓްސަލް ކަޕް" ގެ ޕޯސްޓަރެއް
"ވަގުތު ރަމަޟާން ފުޓްސަލް ކަޕް" ގެ ޕޯސްޓަރެއް

މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ އެމްއީސީސީގެ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށް ދާނީ މެއި މަހުގެ 19 އިން 29 ގެ ނިޔަލަށެވެ.

މިއީ ސްރީލަންކާގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިނާމެއް ހުށަހެޅިފައިވާ ފުޓްސަލް މުބާރާތެވެ.

މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ މާކެޓިން ޑިޕާޓްމަންޓްގެ 7730825 ނަމްބަރު ފޯނަށެވެ.