މިސްރަށް އުފަން މުސްލިމް ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުޓްބޯޅަ އިން ދުނިޔޭގެ ތަރިއަކަށް ވެފައެވެ. މިސްރަށް މިދިޔަ ބައި ގަރުނުގެ ތެރޭގައި ވެސް ފުޓްބޯޅަ އިން ނުހޯދޭ ވަރުގެ ކާމިޔާބީއެއް އޭނާ ހޯދައި ދީފިއެވެ. ލިވަޕޫލް ވެސް އޮތީ ސަލާހްގެ މަސައްކަތުން އެންމެ ޝަރަފްވެރި ޔޫރަޕްގެ މުބާރާތުގެ ސެމީފައިނަލް ގައެވެ.

ނަމަވެސް މިފަހަރު މިއޮތީ ފުޓްބޯޅައިގެ ވާހަކައެއް ނޫނެވެ. އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޑިފެންސް މިނިސްޓަރު އެވިދޯރް ލިބަމަން މިވަނީ ސަލާހް އިސްރާއީލްގެ އަސްކަރިއްޔާ އަށް ވައްދަން ބޭނުންވާ ކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ލިބަމަން ކުރި ޓްވީޓެއްގައި ބުނީ ސަލާހް އިސްރާއީލްގެ ސިފަައިންގެ އަށް ވައްދަން އޭނާގެ ސޮއި ހޯދުމަށް އިސްރާއީލްގެ ސިފައިންގެ ވެރިޔާގެ ކައިރިން އެދޭ ކަމަށެވެ.

ލިބަމަންގެ ވާހަކަތަކަކީ ކިހައި ސީރިއަސް ކަމާއި އެކު ދެއްކި ވާހަކައެއް ކަމެއް ނޭނގެއެވެ. ނަމަވެސް އިސްރާއީލަކީ އެހެން މީހުންނަށް ވަރަށް ފަސޭހައިން ރަށްވެހިކަން ދޭ ގައުމަކަށް ވާތީ މިއީ އިސްރާއީލުން ސަލާހަށް ރަށްވެހިކަންދީ އެގައުމުގެ ރައްތިތަކަށް ހެދުމަށް ދެއްކި ސީރިއަސް ވާހަކައަކަށް ވުން ގާތެވެ.

ލިބަމަންގެ ވާހަކަތަކާއި ގުޅިގެން ސަލާހް އަދި ވަކިއެއްޗެއް ނުބުނެއެވެ.