ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ތައްޔާރީތައް ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުފެށިއްޖެ ނަމަ، އެއީ ގޮންޖެހުމަކަށް ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގެ ތައްޔާރީތައް ފައްޓަވާނެ ގޮތަކާ މެދުގައި ކޮންމެ ދުވަހަކު ވިސްނަވާ ކަމަށެވެ. އަދި ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިކަމުގައި ކުރިއަށް ދާނެ ގޮތެއް ނިންމޭނީ މިނިސްޓްރީއަލް ލެވެލްގައި އޮންނަ ކޮމިޓީގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ގޮންޖެހުމެއް މިއީ. މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެގެން ތިބީ. އެކަމަކު މިހާރު މި ފެންނަ މަންޒަރުން ވަރަށް ދުރުގައި އޮތް ކަމެއްގެ ގޮތުގައި ފެންނަނީ މި އަހަރު އެ ކަން ނުވުން. އެހެންވެއްޖެ ނަމަ ވަރަށް ބޮޑު ހުރަހަކަށް އެކަން ވެގެންދާނެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، މިކަމާ މެދުގައި މަޝްވަރާތައް ފެށީމަ ޕޮލިސީ ލެވެލްގައި ނިންމުމެއް ނިންމަވާނެ ކަމަށެވެ.

އައިއޯއައިޖީ ބޭއްވުމަށް ރާއްޖޭގެ އިތުރުން މަޑަގަސްކަރަ އާއި ކޮމޮރޯސް ބިޑް ކުރި ނަމަވެސް، އެ ބިޑް ކާމިޔާބު ކުރީ ރާއްޖެއިންނެވެ. ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހްލޫފް ވެސް ވަރަށް އިސްކަން ދެއްވި ކަމެކެވެ. އަދި ގައުމުތަކުގެ ތާއީދު ހޯއްދަވަން ސަރުކާރުގެ ވެރިން މީގެކުރިން މަސައްކަތް ވެސް ކުރެއްވީ އެ ސަބަބާ ހުރެއެވެ.

މި ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް ނިސްބަތްވާ ގޮތަށް އޮންނަ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން އަންނަ ބޮޑު ކުޅިވަރު ހަރަކާތެކެވެ. މީގެކުރިން ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ ރިޔޫނިއަން އައިލެންޑްސް، މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސްއެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ އަށް އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެ އިން 15 މެޑަލް ހޯދިއެވެ. މިއީ ރާއްޖެ އިން މިހާތަނަށް ހެދި އެންމެ ބޮޑު ރިކޯޑެވެ.

އަދި މިއީ ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  ކަލޭ އޮވޭ އައިއޯއައިޖީގަ ބައްދައިގެން. ކަލޭތީ މިގައުނުގަހުރި ހަމައެކަނި ނުވިކޭނެ މީހާ. ލަދެއްވެސް ނުގަނެޔޭ ތިމީހާ. ހާދަފޫހިވާ މީހާގަނޑެކޭތީ.

  20
  1
  • ޙައްގުބަސް

   ވަގު ކަލޭގެ! މީނާ މީ ވަރަށް ފައިސާ ބޭނުންވާ މީހެއް! ބްރޯއަތުން ހުރީ ވަރަށް ކާލާފަ! މީނަމީ އެމްއެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ މީހެއް!! މިހާރު ބުބެލިޔަސް ފަހުން އަދިއޮތީ ބެލުން އެމައްސަލަ!! މިހާރު މަބޮޑޭވެފަ ތެޅިބާލަބާލަ ހުރޭ ކަލޭ!!

   10
   1
 2. ޝާހް، ރ.ވާދޫ

  ތަންތަނުގަ ޑެލިވަރީގަ ތެޅިތެޅިފަ އައިސް އައިސޮލޭޝަންގަ ގޭގަ އޮވެބަލަ. 14 ދުވަސްނުކޮށް ކާކުތަ މި އެއްޗަކު ތިތަނަށްވެއްދީ.

  17
  2
 3. ބޭކާރު

  ތިކަމަށް ހަރަދު ކުރާކަށެއް ނުފެނޭ

  18
 4. މުހަންމަދު

  މިފަހަރު އައިއޯއައިޖީ ބާއްވާނީ އޮކްސިޖަން ގުޅާގެން ވެންޓިލޭޓަރު ޖަހައިގެން އަސީޔޫގެތެރޭގައި.. އެހެންނުން.

  13
 5. ާބޭކާރު

  ކުޅިވަރުގެ ހުރިހާ ހަރަދެެއް ހުއްޓާލާ ގައިމު މިއޮތީ ބަގުރޫޓް ވެފަ

 6. އެމަންޖެ

  މި ހުރިހާ މިނިސްޓަރުންގެ މުސާރަވެސް 15000 ވުރެ ދައްކުރަން ގޮވާލަން.

 7. ޓޮއިލެޓް ޕޭޕާ

  އަޖައިބެއް! މިއުޅެނީ މީހުން މަރުވާތީ! ކޮން އައިއޯއައިޖީ އެއްތަ؟!