ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާއި ޗެމްޕިއަން ބަޔާން މިޔުނިކުން ކުޅުނު މެޗުތައް ކާމިޔާބުކޮށް ތާވަލުގެ އެންމެ ކުރީގައި މަގާމުތައް ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ޑޯޓްމަންޑުން ވުލްފްސްބާގް ބަލިކުރީ 1-2 އިންނެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ޑޯޓްމަންޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ފުރަތަމަ ގޯލު ޖެހީ ރަފައެލް ގުއަރޭރޯއެވެ. މިއީ މި ސީޒަންގައި ގުއަރޭރޯ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިން އަށް ވަނަ ލަނޑެވެ.

ޑޯޓްމަންޑްގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. ވުލްފްސްބާގުން ފަރަގު ކުޑަ ކުރީ މެޗްގެ 82 ވަނަ މިނެޓްގައި ފެލިކްސް ކްލައުސް ޖެހި ލަނޑުންނެވެ.

ޑޯޓްމަންޓް މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅެ ބަޔާން މިއުނިކުން ފްރެންކްފަޓް ބަލިކުރީ 5-2 އިންނެވެ. މި މެޗުގައި ބަޔާނަށް ލަނޑުތައް ޖަހައިދިނީ ލިއޯން ގޮރެޓްޒްކާ އާއި ރޮބަޓް ލެވަންޑޯސްކީ އާއި އަލްފޮންސޯ ޑޭވިސް އަދި ތޯމަސް މުލާއެވެ. ބަޔާންގެ ފަސްވަނަ ގޯލަކީ ފްރެންކްފަޓް ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްރެންފަޓް އިން މެޗުގައި ޖެހި ދެ ގޯލް ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މާޓީން ހިންޓެރެގާއެވެ.

ޑޯޓްމަންޑުން ހޯދި މޮޅާއެކު އެ ޓީމާއި އެއް ވަނައިގައި އޮތް ބަޔާން މިޔުނިކާއި ދެމެދު އޮތް ފަރަގު ކުޑަވި ނަމަވެސް އޭގެ ފަހުން ބަޔާނުން އެޓީމްގެ މެޗް ކާމިޔާބު ކުރުމުން އެއްވަނައިގައި ބަޔާނަށް ވަނީ އަނެއްކާވެސް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ފަށައިގަތީދޯ. މިރާއްޖޭގެ ކަފާލާތު ޖަލުބޯއީ އާއި ކިއްލި ޢަލީ ވަޙީދު އާއި ދެމީހުންނެކޭ ތަފާތެއްނެތް.