ދިވެހި ފުޓްބޯޅަ ކުރި އެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ހަރަދުތައް މަދު ނޫންކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމް ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންދިޔަ ލައިވް "ލެޓްސް ޓޯލްކް ފްޓްބޯލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ މިދިޔަ އަހަރުގައިވެސް ގާތްގަނޑަކަށް 38 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައި ވާނޭ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ފްޓްބޯޅަ ސްކޫލެއް ހެދުމަށާއި ކުލަބްތަކަށާއި ގައުމީ ޓީމަށާއި އެހެނިހެން ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކި ގޮތްގޮތުން ހަރަދުކޮށްފައި ވާނޭ ކަަމަށާއި މިއީ ކުޑަ އަދަދެއް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް މި އަހަރުގައިވެސް ގާތް ގަނޑަކަށް 10 މިލިއަން ރުފިޔާ ހަރަދު ކުރެވިފައި ވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެ ތެރޭ ރަށްރަށުގައި ފްޓްބޯޅަ ދަނޑުތައް ހެދުމަށް ހިންގާ ޕްރޮޖެކްޓް ތަކަކީވެސް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ކަމަށް މަހްލޫފު ފާހަގަ ކޮށްފައިވެއެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފުޓްބޯޅައަށް ހަރަދު ނުކުރާ ކަމަށް ކިޔާ ފާޑުކިޔުން ތަކަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މިހާރުވެސް އެހެން ކުޅިވަރުތަކުގެ އިތުރަށް ފުޓްބޯޅައަށް އިސްކަން ދޭތީ މިނިސްޓަރަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދާކަމަށެވެ.

ރާއްޖޭގައި ފްޓްބޯޅަ ކްލަބްތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅުކަމަކީ ސަރުކާރުން ކުލަބްތަކަށް ކުރާ ހަރަދުތަކުން ރަނގަޅު ވިޔަފާރިއެއް ފެށި އޭގެން ކުޅުންތެރިންނަށް ހަރަދު ކުރުން ކަމުގައި މަހްލޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދު ކުލަބް ތަކަށް ހަރަދުކުރަން ދަތިވާނެ ކަމަށެވެ.

މިހާރުގެ ހާލަތް އޮތްގޮތުން ރާއްޖޭގައިވެސް ފްޓްބޯޅަ މުބާރާތްތަށް ވަނީ މެދު ކަނޑާލާފައެވެ. މީގެ ސަބަބުން ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ވަނީ އާންމްދަނީ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށު މިީހާ

    އެކަން އިނގޭ އަލިފުށި ދަނޑު ހަދަން ގެނައި ޓާރފް އަދި އެހެނިހެން ސާމާނުތައް ހުރި ތަނައް ވީރާނާ ވެގެން ދަނީ. މަސައްކަތް ކުރަން ހަވާލުވި ފަރާތް ވީ ހިސާބެއްވެސް އަދި ނޭންގޭ. އަމިއްލަ މީހަކު ހިލޭ އެހީގެ ދަށުން ހަދައިދިން ބޭސްމަންޓްވެސް ހަލާކު ވެގެން ދަނީ ވިނަ ބޯވެ 2 ފަހަރެއްގެ މަތިން ވިނަ ނޮޅަން ޖެހިފަވަނީ މީ ފުޓްބޯޅަ އަށް ލިބޭ ކުރިއެރުން ކަމަށް ވަންޔާ އަލިފުށި ފުޓްބޯޅަ އަށް ވަނީ ބޮޑު ހަރަދުކޮށް ކުރި އެރުން އައިސްފަ. ސުކުރިއްޔާ އެމްޕީ ސުކުރިއްޔާ މިނިސްޓަރ

  2. ތުރާ

    މަހޭ ކޮންމެ ސަރު ކާރަކުންވެސް ކުޅިވަރަށް ހަރަދުވެސްް ކުރޭ މަހޭމެން ތިއަޅާ އައިނު އެޅީމާ ނުފެންނަނީ... މެޑެލްތައް ލިބެނީ މަހޭމެން ކުރި ބުރަމަސައް ކަތަ ކުންނޫން، މާ ކުރިންފެށިގެން ކުރި ބުރަ މަސައް ކަތުގެ ނަތީޖާ. މަހޭމެން އެންމެ ބޭނުންވި ވަގުތުބުނީ ކޮން ފައިސާއެއްހޭ ކުޅިވަރު މިހާރު ނު ކުޅެއޭ. އެންމެންތިބީ ގޭގައޭ