ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ލޯނުގެ މުއްދަތު އިތުރު ކުރަން ބޭނުން ވާކަމަށް އިންޓާރ މިލާންއިން ހާމަކޮށްފިއެވެ. މެންޗެސްޓާ ޔުނައިޓަޑް އިން ލޯނުގެ އުސޫލުން މިދިޔަ އޮގަސްޓު މަހުގައި ސަންޗޭޒްވަނީ އިންޓާރ މިލާންއަށް ދޫކޮށްފައެވެ.

ޖޫން 30 ގައި ސަންޗޭޒްގެ ލޯނުގެ މުއްދަތު ހަމަވާއިރު އިންޓާރ މިލާންގެ ސްޕޯޓްސް ޑައިރެކްޓާރ ޕިއެރޯ އައުސީލިއޯ ބުނީ މި ސީޒަން ނިމެންދެން ސަންޗޭޒްގެ ކޮންޓްރެކްޓް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އިންޓާރ މިލާންއަަށް މިވަގުތު ސަންޗޭޒް އެ ޓީމަށް ގަތުމުގެ ފުރުސަތު ނެތުމުން ހަމައެކަނި އޮތް ގޮތަކީ އޭނާގެ ލޯނުގެ މުއްދަތު އިތުރުކުރުމެވެ.

އުމުރުން 31 އަހަރުގެ ސަންޗޭޒްވަނީ 45 މެޗުން 5 ގޯލް މެންޗެސްޓާ ޔުނައިޓަޑް އަށް އޮކްޓޫބަރު މަހު އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ކުރިން ކާމިޔާބުކޮށް ދީފައެވެ. ކުރީގެ އާސެނަލް އާއި ބާސެލޯނާގެ ތަރި ސަންޗޭޒް ވަނީ ޖަނުއަރީ މަހަށްފަހު އިންޓާރ އަށް ޖެހިޖެހިގެން ކުޅުނު 11 މެޗުގައި ލަނޑެއް ކާމިޔާބު ކުރުމަށް ނުކުޅެދިފައެވެ.

ޔުނައިޓެޑް ގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ސަންޗޭޒް އިންޓާރ މިލާންގައި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށާއި އޭނާ އަކީ މި ސީޒަންގެ ބާކީ ހުރި މެޗުތަކަށް މުހިންމު ކުޅުންތެރި އަކަށް ވެގެން ދާނޭކަމަށް އަުސިލިއޯ ވަނީ ބުނެފައެވެ.

" އަނިޔާއަށްފަހު އޭނާއަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއް އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ، ނަމަވެސް ސީޒަން އަނެއްކާ ފެށުމުން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނި އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ކުލަބަށް ހިފޭނެ ކަމަށް ގަބޫލުކުރަން " އައުސީލިއޯ ބުންޏެވެ.

ސީރިއާ އޭގައި މިސީޒަންގައި މިހާރު އިންޓާރ އޮތީ ތިންވަނައިގައެވެ . ބަކީ 13 މެޗު އިންޓާރ އަށް ކުޅެން ޖެހިފައި އޮތް އިރު އަދި އިންޓާރ އޮތީ އެއްވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެން 9 ޕޮއިންޓް ފަހަތުގައެވެ. ސީރިޔާ އޭ ކާމިޔާބު ކުރުމަށް އަދިވެސް އިންޓާރ އަށް ފުރުސަތު އެބައޮތެވެ.