ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝާހިދު އަފްރިދީ ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

އޭނާ އަކީ ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންއެވެ.

އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަ ކޮށްފައިވަނީ މިއަދު އޭނާ ކޮށްފައިވާ ޓުވިޓަކުންނެވެ. އެ ޓްވިޓުގައި އޭނާ ބުނެފައިވަނީ އޭނާ ބަލިކޮށް އުޅޭތާ 2 ދުވަސް ވެއްޖެ ކަމަށެވެ.

އޭނާއަށް ބަލި ޖެހިފައިވާތީ، ކުރީގެ ކްރިކެޓް ކުޅުންތެރިންގެ އިތުރުން މިހާރު އެގައުމުގެ ކްރިކެޓް ކުޅުންތެރިވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ޝަހިދް އަކީ ކޮވިޑް-19 ފެތުރެން ފެށުމާއެކު ފައިސާއެއް ނުނަގާ މަޝްހޫރު ގިނަ ބްރޭންޑްތައް ޕްރޮމޯޓް ކުރުމުގައި ހަރަކާތްރިވަމުން އައިސްފައިވާ މީހެކެވެ.

އޭނާ އަކީ 1996 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އެކި މުބާރާތްތަކުގައި ޕާކިސްތާނު ތަމްސީލު ކޮށްދީފައިވާ ކުޅުންތެރިއެކެވެ. މި މުބާރާތްތަކުގައި އޭނާ އަށް ވަނީ އެކި އިނާމްތައް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަގީގަތް

  މިވެސް ބްރޭކިންގް ނިއުސް

 2. ހުސޭނުބޭ

  މިއީ އަސްލު ބޫންބޫން

 3. ފޭންފްރޮމް މޯލްޑިވްސް

  ބޫމްބޫމް އާފްރީދީ.

  ބޫމް ބޫމް ޝާހިދް އަފްރީދީ.

 4. ޖjd

  އަވަސް ސިފައަކައް އެދެން

 5. އަހުމަދު

  އަވަސް ޝިފާ އަކަށް އެދެން އަފްރީދީ އަކި މޮޅު ކްރިކެޓް ކުޅުން ތެރެއެއް އަދި އަޚުލާގުވެސް ރަނގަޅު ކުޅުންތެރެއެއް

  10